އަހުމަދު ރިލްވާން
2 ލިޔުން
ފަހުގެ
ހަބަރުރިލްވާންގެ އާއިލާއާ މުއިއްޒު ބައްދަލެއް ނުކުރެއްވި!
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއާއި ބަންޑާރަނައިބާ ބައްދަލުކުރަން އާއިލާއިން އެދިފައިވީ ނަމަވެސް، އެ ފުރުސަތު މިހާތަނަށް ލިބިފައިނުވާކަން "އަހާ" ފޯރަމްގައި އާއިލާއިން ހާމަކޮށްފިއެވެ. ބަންޑާރަނައިބު ވަނީ އާއިލާއާ ބައްދަލުނުކުރެވި ގިނަ ދުވަސްވުމުން މައާފަށް އެދިވަޑައިގެން، މި ހަފުތާ ތެރޭގައި ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ހަބަރުމާރާމާރީއެއްގައި އިސޫ ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އިތުރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫން ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އިސޫއަކީ މީގެ ކުރިން ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވި، މިހާރު ސިޔާސީ ގޮތުން ހަރަކާތްތެރިވާ ފަރާތެކެވެ.
