އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.