6 މޭ 2024 - 13:00 0
ލީވާން އަލީ ނާސިރު
ގަތަރުގައި ހިންގަމުން އަންނަ އަލްޖަޒީރާގެ ހެޑްކުއާޓާއެއް -- ފޮޓޯ: ގެޓީ އިމޭޖަސް
6 މޭ 2024 - 13:00 0
އިޒްރޭލުގައި އަލްޖަޒީރާ އޮޕަރޭޓުކުރުން އެ ގައުމުގެ ސަރުކާރުން ހުއްޓުވައިފި އެވެ.
އިޒްރޭލުގެ ކެބިނެޓުން ވަނީ އެ ގައުމުގައި އޮޕަރޭޓު ކުރަމުން އަންނަ އަލްޖަޒީރާގެ ހުރިހާ ހަރަކާތެއް ހުއްޓުވައި، އޮފީސްތައް ބަންދު ކުރުވަން ވޯޓަކުން ނިންމާފަ އެވެ.
އިޒްރޭލުގެ ނިންމުން ކުށްވެރިކޮށް އަލްޖަޒީރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންސާނީ ހައްގަށް ހުރަސް އެޅި، އިޒްރޭލު ރައްޔިތުންނަށް ހަބަރު ހޯދުމަށް އޮތް ހައްގު ހަނިވެފައިވާ ކަމަށެވެ.
ނަމަވެސް އަލްޖަޒީރާއިން ވަނީ ހަބަރާއި މައުލޫމާތު މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި، ތެދު މައުލޫމާތު ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އިޒްރޭލުން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި، ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ވެސް އަލްޖަޒީރާއިން ވަނީ ގޮވާލާފަ އެވެ.
އަލްޖަޒީރާއިން ދޮގު ހަބަރު ފަތުރާ ކަމަށް އިޒްރޭލުގެ ސަރުކާރުން ތުހުމަތު ކުރާއިރު، އެ ތުހުމަތުތައް އަލްޖަޒީރާއިން ވަނީ ދޮގު ކޮށްފަ އެވެ.
އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް، އަދި ވަނީ މަރާލާފަ އެވެ. މަރާލި ނޫސްވެރިންގެ ތެރޭގައި 140 ފަލަސްތީން ނޫސްވެރިން ހިމެނެ އެވެ.
Comment