Advertisement

ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އަނެއްކާ ވެސް ބޮޑުވެއްޖެ

8 އޭޕްރީލް 2024 - 15:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަނޑޫދޫ މިރުސް މީހަކު ގަންނަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އަނެއްކާ ވެސް ބޮޑުވެއްޖެ

8 އޭޕްރީލް 2024 - 15:34 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު އަނެއްކާ ވެސް ބޮޑުވެެއްޖެ އެވެ.

ބާޒާރުގައި މިއަދު ކަނޑޫދޫ މިރުހުގެ 100 ގްރާމު 30ރ. އަށް ހުރިއިރު، އިއްޔެ 100 ގްރާމު ލިބެން ހުރީ 25ރ. އަށެވެ. އަދި ކިލޯއެއް ލިބެން ހުރީ 270ރ. އަށެވެ.

އިއްޔެ 20ރ. އަށް ލިބެން ހުރި ކަނޑޫދޫ ދޮން މިރުހުގެ 100 ގްރާމު މިއަދު ލިބެން ހުރީ 25ރ. އަށެވެ.

ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ 100 ގްރާމު 80ރ. އާއި 85ރ. އަށް ހުރިއިރު، ކިލޯއެއް ލިބެން ހުރީ 800ރ. އާއި 850ރ. އަށެވެ.

ބާޒާރުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ ކަނޑޫދޫ މިރުހުގެ އެންމެ ފަހު ސްޓޮކް ލިބިފައި ވަނީ އަގުބޮޑުކޮށް ކަމަށާއި، އެގޮތުން ވިއްކާ އަގުވެސް ބޮޑުކުރަން މަޖުބޫރުވީ ކަމަށެވެ.

ބާޒާރުގައި ރޯދަ މަސް ފެށިގެން ލާމު މިރުހުގެ އިތުރުން ލަންކާ މިރުސް ލިބެން ހުރި ނަމަވެސް، ރޯދަ މަސް ދެބައިވި ފަހުން ލަންކާ މިރުސް އަދި ލާމު މިރުސް ލިބުން ވަނީ ހުއްޓިފަ އެވެ.

މިއަދު ބާޒާރުން ބޮޑު ކުރުނބާ އެއްކޮށް ހުސްވެފައިވާއިރު، ކުދި ކުރުނބާ ލިބެން ހުރީ 30ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކުރުނބާ ފުޅިއެއް ލިބެން ހުރީ 180ރ. އާއި 200ރ. އާ ދެމެދު އެވެ.

ކަރާގެ އަގު ބާޒާރުގައި މިއަދު 30ރ. އާއި 35ރ. އަށް ހުރިއިރު، އާފަލު ލިބެން ހުރީ 6ރ. އާއި 8ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި އޮރެންޖެއް ލިބެން ހުރީ 7ރ. އަށެވެ.

މިއަދު ކެރެޓް ކިލޯއެއް 45ރ. އާއި 50ރ. އަށް ހުރިއިރު، ކެބެޖް ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. އަދި ލެޓިއުސް ކިލޯއެއް ލިބެން ހުރީ 80ރ. އާއި 100ރ. އަށެވެ.

މީގެއިތުރުން މަހުގެ އަގުތަކަށް ބަލާއިރު ކަނޑު މަސް ކިލޯއެއް ހުރީ 30ރ. އާއި 35ރ. އަށެވެ. އަދި ކަންނެލި ކިލޯއެއް 35ރ. އާއި 40ރ. އަށް ހުރިއިރު، ރެހި ޖޯޑެއް ލިބެން ހުރީ 50ރ. އަށެވެ.