Advertisement

ރަޝިއާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި

23 މާރިޗު 2024 - 10:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގައި ހަމަލާދިން ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި: ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރާފައި -- ފޮޓޯ: ރޮއިޓާސް


ރަޝިއާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި

23 މާރިޗު 2024 - 10:39 0

ރަޝިއާއަށް ދިން ޓެރެރިސްޓު ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް އަރާފައިވާއިރު، ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި އެވެ.

އިއްޔެ މޮސްކޯގެ ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި ފަސް ވަރަކަސް މީހުން ވަދެ، ގިނަ އަދަދެއްގެ މީހުން އެއްވެފައި އޮތް ކޮންސެޓު ތެރެއަށް ބަޑި ޖަހައި އަދި އެއްޗެހިތަކެއް ވަނީ ގޮއްވާލައިފަ އެވެ.

ހަމަލާގައި 145 އަށްވުރެ ގިނަ މީހުން ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، 60 މީހުންގެ ހާލު ސީރިއަސްކަމަށް ރަޝިއާގެ ނޫސްތަކުން ބުނެ އެވެ.

ހަމަލާގެ ޒިންމާ ނެގުމަށްފަހު އައިއެސްއިން ބުނެފައި ވަނީ ހަމަލާ ދިން މީހުން އެތަނުން ފިލާފައިވާ ކަމަށެވެ. ނަމަވެސް ހަމަލާދީފައި ވަނީ އައިއެސްއިން ކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ސަލާމަތީ ބާރުތަކުން ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ. އެގޮތުން ހަމަލާދިން މުޅި ސަރަހައްދު ބަންދުކޮށް އަންނަނީ ފޯރި މަރަމުންނެވެ.

މި ހަމަލާއާ ގުޅިގެން ރަޝިއާގައި ހަފުތާއެއް ވަންދެން ގިނަ ބަޔަކު އެއްވެވޭ ގޮތަށް އިވެންޓުތައް ނުބޭއްވުމަށް ވަނީ އަންގައިފަ އެވެ. އަދި ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފަ އެވެ.