ޓީސީ ބަލިކޮށް އީގަލްސް ރެކޯޑް ދަމަހައްޓައި ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

Oct 11, 2026, 10:53 PM
ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަަހު އީގަލްސްގެ ފޯވާޑް، ވެން ޑޭމް އުފާފާޅުކުރަނީ.

ޓީސީ ކޮޅަށް ލަނޑު ޖެހުމަށް ފަަހު އީގަލްސްގެ ފޯވާޑް، ވެން ޑޭމް އުފާފާޅުކުރަނީ.

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. 

އަބްދުﷲ ހަނީފް (ބެންޖޯ)ގެ ކޯޗުކަމުގައި ކުޅޭ އީގަލްސް އަކީ މި ފަަހަރުގެ ސީޒަނުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމެވެ. އީގަލްސް އިން ފުރަތަމަ މެޗުގައި 3-1 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ވަނީ ގދ. ގައްދޫ އަތުން 2-0 އިން މޮޅުވެފަ އެވެ. އީގަލްސް އިން މިރޭގެ މޮޅާ އެކު، ނުވަ ޕޮއިންޓް ވަނީ ހޯދައިފަ  އެވެ. 

ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ފަހެއްގައި އޮތް ބިސް ބުރު އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ހަތް ވަނައިގައި އޮތް ހއ. ދިއްދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ ތިން މެޗު ކުޅުނުއިރު، ދިއްދޫން ވަނީ ހަތަރު މެޗު ކުޅެފަ އެވެ. 

Advertisement

އަށް ވަނައިގައި އޮތް ޓީސީން ތިން މެޗުން ތިން ޕޮއިންޓް ހޯދިއިރު، ނުވަ ވަނައިގައި އޮތް ބުރު ސްޕޯޓްސް ކްލަބާއި އެންމެ ފުލުގައި އޮތް ގައްދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގައްދޫ ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. ބުރު ވަނީ ކުޅުނު ތިން މެޗުން ބަލިވެފަ އެވެ. ލީގުގައި އެންމެ އަވަހަށް ދެން އޮތީ އަންގާރަ ދުވަހު ހަވީރު ގައްދޫ އާއި ބުރުން ބައްދަލުކުރާ މެޗެެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްގެ ލަނޑު ޖެހީ 44 ވަނަ މިނިޓްގައި ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން އެވެ. އީގަލްސް އަށް ކުޅޭ މިސްރުގެ އެލް ސަޑެކް މުހައްމަދު ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން، ވެން ޑޭމް ހާމޮން މި ލަނޑު ޖެހީ ބޮލުންނެވެ.

ދެ ވަނަ ހާފުގައި ޓީސީން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުގެ ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް ފޮނުވާލި ބޯޅައެއް ވަނީ ގޯލު ކުރިމަތިން ހުރަސްވެގެން ގޮސްފަ އެވެ. އަދި، ޓީސީން ދެ ވަނަ ހާފުގައި ފޮނުވާލި ގިނަ ބޯޅަތަކެއް އީގަލްސްގެ ގޯލުގައި ހުރި ޕާކިސްތާންގެ ގޯލްކީޕަރު، ހަނީފް ސާގިބް ވަނީ ހުއްޓުވައިފަ އެވެ. 

މެޗުގައި އީގަލްސް އިން ދެ ވަނަ ލަނޑު ޖެހީ ވެސް ހިލޭ ޖެހުމަކުންނެވެ. އެ ގޮތުން، އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ނެގި ބޯޅައެއް އެ ޓީމުގެ ސާބިއާ ކުޅުންތެރިޔާ މާކޯ އިވަނޮވިޗް ވަނީ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.  އަދި، އީގަލްސް އިން ވަނީ 84 ވަނަ މިނިޓްގައި، ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ކޯނަރަކުން ޒައިން ޒަފަރު ނަގައިދިން ބޯޅައެއް އޭރިއާތެރެއިން އިވަނޮވިޗް ޖައްސާލުމާ އެކު، ހުސްކޮށް އޮތް ގޯލަށް ބޯޅަ ވައްދާލީ ވެން ޑޭމް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox