ވިލާ ކޮލެޖުގެ ދަސްވެނިވުން: މި އަހަރު 70 އިންސައްތައަކީ އަންހެން ދަރިވަރުން

Oct 3, 2026, 8:05 PM
ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް  ނިންމާލައިފި

ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް ނިންމާލައިފި

ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ، ފެށީ 30 ސެޕްޓެމްބަރު 2026 ގައެވެ.

ތިން ދަންފަޅިއަކަށް ބަހާލައިގެން ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ދެ ދުވަހަށް ކުރިއަށްދިޔަ މި ހަފްލާގައި، މި އަހަރު ޖުމްލަ 1،237 ދަރިވަރުން ދަސްވެނިވި އެވެ. މީގެ ތެރެއިން  '70 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ.

Advertisement

މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަސްވެނިވާ ދަރިވަރުންގެ 60 އިންސައްތައަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ފުރިހަމަކުރި ދަރިވަރުންނެވެ.

ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް  ނިންމާލައިފި
ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް ނިންމާލައިފި

ބާކީ ދަރިވަރުން ދަސްވެނިވެފައިވަނީ ވިލާ ކޮލެޖުން ހިންގާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫ.ޑަބްލިޔު.އީ)  ޕްރޮގްރާމްތަކުންނެވެ.

މި އަހަރުގެ ދަސްވެނިންނާއެކު ވިލާ ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ ޖުމްލަ އަދަދު 27،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ކޮލެޖުން ބުނެއެވެ.

ތިން ދަންފަޅީގައިވެސް ދަސްވެނިންނާ މުޚާޠަބުކުރައްވައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، މި ހަފްލާއަކީ ހަމައެކަނި ކިޔެވުން ނިންމުން ފާހަގަކުރުމަށް ބާއްވާ ޙަފްލާއެއް ނޫން ކަމަށާއި، ދަރިވަރުން ހޯދި ކާމިޔާބީއާއި އެކަމަށް ކުރި ބުރަ މަސައްކަތާއި ހިތްވަރުގެ އަގުވަޒަންކުރުމަށް ބާއްވާ ހަފްލާއެއް ކަމަށެވެ.

"މިއަދު މި ދަރުބާރުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ، ތިޔަ ދަސްވެނިން ވޭތުވެދިޔަ މަސްތަކުގައި ނުވަތަ އަހަރުތަކުގައި އާއިލީ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުވެސް އުފުލަމުން ކުރި ބުރަ މަސައްކަތުގެ ކާމިޔާބީ،" ރެކްޓަރ ވިދާޅުވިއެވެ.

ރެކްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދަސްވެނިން ރަމްޒުކޮށްދެނީ ޢާއިލާތަކުގެ އުއްމީދާއި، އިލްމު ހޯދުމަށް ކުރި ގަދަ ހިތްވަރާއި ގުރުބާނީ އެވެ. ވިލާ ކޮލެޖަކީ އިންޑަސްޓްރީތަކަށް ބޭނުންވާ ގާބިލު މީހުން ތަމްރީނުކުރާ މަރުކަޒެއްކަން ފާހަގަކުރައްވައި، ދުނިޔެ އާދައާ ހިލާފު ބާރުމިނެއްގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ކޮންމެ ދަސްވެނިއަކުވެސް އިސްލާމީ މަތިވެރި އަގީދާގައި ސާބިތުވެހުރި، ދިވެހިންގެ ސަގާފަތަށް އިހްތިރާމްކުރާ، ތެދުވެރި ދިވެއްސަކަށް ވުމަށް ރެކްޓާ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox