އައިކެއާ އިން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކެޓަރެކްޓް ސާޖަރީ ކޭމްޕެއް ހިންގައިފި

Oct 1, 2026, 6:56 PM
ގދ. ތިނަދޫގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ކެޓަރެކްޓް  އޮޕަރޭޝަން ކޭމްޕް ނިންމާލައިފި.

ގދ. ތިނަދޫގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ކެޓަރެކްޓް އޮޕަރޭޝަން ކޭމްޕް ނިންމާލައިފި.

ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ ކެޓަރެކްޓް ސާޖަރީ އައި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ސެޕްޓެމްބަރު މަހުގެ 26 އިން 28 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އައި ކޭމްޕަކީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން، ލޮލުގެ ފަރުވާ އާއި ކެޓަރެކްޓް ސާޖަރީގެ ހިދުމަތް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ބޭއްވުނު ކޭމްޕެކެވެ.

އޭޖްޑް ކެއާ މޯލްޑިވްސް އިސްނަގައިގެން، އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އައިކެއާ ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

މި ކޭމްޕުގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްދެއްވީ އައިކެއާ ހޮސްޕިޓަލުގެ ޕީޑިއަޓްރިކް އޮފްތަލްމޮލޮޖީ އަދި ކެޓަރެކްޓް ސާޖަރީގެ ހާއްސަ ޑޮކްޓަރު، ޑރ. އަރްޖުން މައްލާ އެވެ. އަދި މި މަސައްކަތުގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކްލިނިކަލް ޓީމުން ބައިވެރިވެ، ފެސިލިޓީތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.

ގދ. ތިނަދޫގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ކެޓަރެކްޓް  އޮޕަރޭޝަން ކޭމްޕް ނިންމާލައިފި.
ގދ. ތިނަދޫގައި އައިކެއާ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ކެޓަރެކްޓް އޮޕަރޭޝަން ކޭމްޕް ނިންމާލައިފި.

މި ކޭމްޕުގެ ތެރެއިން އުމުރުން ދުވަސްވީ ނުވަ މީހެއްގެ ކެޓަރެކްޓް ސާޖަރީ ކާމިޔާބުކަމާއެކު ވަނީ ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން، ކުރިން ރަޖިސްޓްރީވި ފަރާތްތަކާއި އާންމުން ހިމެނޭހެން ޑޮކްޓަރުގެ ކޮންސަލްޓޭޝަން އަދި ލޮލުގެ ނަންބަރު ޗެކްކުރުމުގެ (ރިފްރެކްޝަން) ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ. އަދި އޮޕަރޭޝަން ކުރެވުނު ފަރާތްތަކަށް އޮޕަރޭޝަނަށް ފަހު ބޭނުންވާ އިރުޝާދުތަކާއި ބޭސް ވަނީ ހިލޭ ފޯރުކޮށްދީފަ އެވެ.

މި ކޭމްޕާއި އެކު ސާޖަރީ ހެދި އުމުރުން ދުވަސްވީ ފަރާތްތަކަށް ފަރުވާ ހޯދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައް ހުއްޓުމަކަށް އައިސް، އާއިލާގެ ގާތުގައި ތިބެގެން ލުއިފަސޭހަކަމާއެކު ފަރުވާ ލިބިގެން ދިޔަ އެވެ.

އައިކެއާ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމަށް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގައި އެ ހޮސްޕިޓަލުން އަބަދުވެސް ދެމިއޮންނާނެ އެވެ. އަދި ތިނަދޫގައި މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހި ކޮށްދެއްވި އޭޖްޑް ކެއާ މޯލްޑިވްސް، އެޓްމޮސްފިއަރ ފައުންޑޭޝަން އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ޓީމަށް އައިކެއާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox