ލެބަނަން އިން ރާއްޖެ އާއި ކިރްގިސްތާން މެޗު ނަގަނީ ޓީމެއް ބިނާކުރަން، ނަތީޖާ ވެސް މުހިންމު

Oct 1, 2026, 8:27 AM
ލެބަނަންގެ ކޯޗު، މަޖީދު ބުގޭރާ: އޭނާ ވަނީ އަލްޖީރިއާ ގައުމީ ޓީމަށް ކުރިން ކުޅެފައި.

ލެބަނަންގެ ކޯޗު، މަޖީދު ބުގޭރާ: އޭނާ ވަނީ އަލްޖީރިއާ ގައުމީ ޓީމަށް ކުރިން ކުޅެފައި.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މި ފަހަރުގެ ފީފާ ބްރޭކުގައި ރާއްޖެ އާއި ކިރްގިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކަކީ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ލެބަނަން އިން ކުރާ މަަސައްކަތުގައި މުހިންމު މެޗުތަކެއް ކަމަށާއި ނަތީޖާ ނެރުން ވެސް މުހިންމު ކަމަށް ލެބަނަންގެ ކޯޗު، އަލްޖީރިއާގެ މަޖީދު ބުގޭރާ ބުނެފި އެވެ. 

އުމުރުން 43 އަހަރުގެ ބުގޭރާ، ލެބަަނަންގެ ކޯޗުކަމާ މި އަހަރުގެ ޖެނުއަރީ މަހު ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ލެބަނަން އިން ކުޅުނީ ރަސްމީ އެންމެ މެޗެއްގަ އެވެ. އެ މެޗުން، ޔަމަން އަތުން 2-0 އިން ވަނީ މޮޅުވެފަ އެވެ. އަދި، ގަތަރުގެ ދޯހާގައި ޓްރެއިނިން ހަދަމުން އަންނަ ލެބަނަން އިން ވަނީ، ރާއްޖެ އާއި ކިރްގިސްތާނާ ކުޅުމުގެ ކުރިން، މިދިޔަ މަހުގެ 27 ވަނަ ދުވަހު، ގަތަރުގެ ކްލަބް، އަލް ސާދާ އެކު. މެޗެއް ކުޅެފަ އެވެ. އެ މެޗުން، ލެބަނަން ވަނީ 2-1 އިން މޮޅުވެފަ އެވެ. 

ޔަމަން އަތުން ބަލިވެ، އޭޝިއަން ކަޕުން ލެބަނަން އަށް ޖާގަ ގެއްލުމަކީ، މުސްތަގުބަލަށް މަސައްކަތް ކުރަން ލިބުނު ފުރުސަތެއް ކަމަށް ކުރިން އަލްޖީރިއާ ގައުމީ ޓީމަށް ކުޅުނު ބުގޭރާ ވަނީ ބުނެފަ އެވެ. އަދި، ކުރިން ކޯޗުން ވެފައިވާ ގޮތަށް ވައުދުތަކެއް ވެގެން ހަމައެކަނި މަގާމުގައި ހުރެލަން ބޭނުންނުވާ ކަމަށާއި މާނައެއް ފެންނަ މަސައްކަތެއްކޮށް، ނަތީޖާ ނެރެގެން މުސްތަގުބަލަށް ޓީމެއް ބިނާކުރަން ވީ އެންމެ އަވަހަށް މަސައްކަތް ފަށަން ބޭނުންވާ ކަމަށް ބުގޭރާ ވަނީ ބުނެފަ އެވެ. 

Advertisement

"ބޭނުންވަނީ ޖީލެއް ބިނާކުރަން. ކުރިއަށް އޮތް ފަސް އަހަރު ނޫނީ 10 އަހަރު ވިޔަސް ގައުމީ ޓީމުގައި ވަރުގަދަ އަށް ކުޅޭނެ ކުޅުންތެރިން ހިމެނޭ ޓީމެއް ބާއްވަން. މިކަން ކުރަން އިސްނެގިޔަސް ވިސްނަން ޖެހޭ އިންޓަނޭޝަނަލް ފުޓްބޯޅައިގައި ނަތީޖާ ނެރެން ވެސް ޖެހޭ. ޓީމެއް ބިނާކުރަން ފުރުސަތު އޮންނާނީ ނަތީޖާ އަށް ވެސް ބަލައިގެން،" ބުގޭރާ ބުންޏެވެ. 

އޭނާ ބުނީ، ދެން އޮތް ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިން އަންނަ އަހަރު ފަށާއިރު، ލެބަނަން އިން ރަނގަޅަށް ތައްޔާރަށް އޮތުމަށް ރާއްޖެ އާއި ކިރްގިސްތާން މެޗުގެ އިތުރުން، ނޮވެމްބަރު މަހުގެ ފީފާ ބްރޭކުގެ ތެރޭގައި ޕްލޭނެއް އޮވެގެން މަސައްކަތް ކުރާނެ ކަމަށެވެ. 

"މިއީ، ލޯންގް ޓާމް ޕްރޮޖެކްޓެއް. އެކަމަކު، ޝޯޓް ޓާމްގަައި ވެސް ހާސިލްކުރެވެން ޖެހޭ ކަންކަން ހުންނާނެ،" ބުގޭރާ ބުންޏެވެ. 

މި އަހަރު ތެރޭ ލެބަނަންގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އަދި، ބައެއް ކުޅުންތެރިން ދޮށީ އުމުރަށް ދިއުމުން ގައުމީ ޓީމަށް ނެގުން ވެސް ބުގޭރާ ވަނީ މަޑުޖައްސާލައިފަ އެވެ. ބުގޭރާ ބުނީ، ލެބަނަން ކޯޗުކަމާ ހަވާލުވީ އުނދަގޫ ޕްރޮޖެކްޓެއްކަން އެނގި ހުރެ ވެސް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.  

ލެބަނަން އިން ވަނީ މިހާތަނަށް ރާއްޖެއާ ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުން، ލެބަނަން އިން ރާއްޖެއާ ކުޅުނީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. ލެބަނަން އިން ވަނީ އެ މެޗުގައި ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ.

މިއަދު ލެބަނަން އާއި ރާއްޖޭން ބައްދަލުކުރާ  މެޗު ފަށާނީ ރާއްޖެ ގަޑިން، 19:00 ގަ އެވެ. 

ރާއްޖެއާ ކުޅުމަށް ފަހު، އަންނަ އާދިއްތަ ދުވަހު، ލެބަނަން އިން ކިރްގިސްތާނާ ވެސް ކުޅޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox