ސިމްޑީން ދުނިޔޭގެ މަޝްހޫރު "ރިޕް ކާލް" މާފުއްޓަށް ގެންގޮސްފި

Sep 29, 2026, 4:11 PM
ސިމްޑީން  ދުނިޔޭގެ މަޝްހޫރު "ރިޕް ކާލް" ގެ ފިހާރައެއް ކާފު  މާފުށީގައި ހުޅުވައިފި

ސިމްޑީން ދުނިޔޭގެ މަޝްހޫރު "ރިޕް ކާލް" ގެ ފިހާރައެއް ކާފު މާފުށީގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ސާފް އަދި ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ ރިޕް ކާލް (Rip Curl) ގެ އުފެއްދުންތައް ރާއްޖޭގެ ރަށްތަކާއި، މޫދު ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިންނާ ގާތަށް ފޯރުކޮށްދިނުމަށްޓަކައި، ކ. މާފުށީގައި އެ ބްރޭންޑުގެ އާ ފިހާރައެއް ހުޅުވައި ރާއްޖޭގައި އެ ބްރޭންޑުގެ ވިޔަފާރި އިތުރަށް ފުޅާކޮށްފި އެވެ.

ސިމްޑީ ގްރޫޕުން (SIMDI Group) މާފުށީގައި ހުޅުވި މި ފިހާރައިން ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިންނަށް ހާއްސަ، އަސްލު ރިޕް ކާލް ބްރޭންޑުގެ ސާފް ވެއާ، ސްވިމް ވެއާ، ބީޗް ވެއާ އަދި ކެޝުއަލް ލައިފްސްޓައިލް ކަލެކްޝަންތައް ލިބެން ހުންނާނެ އެވެ. މާފުށީގައި މި ހުޅުވި އައުޓްލެޓާއެކު، ކްރޮސްރޯޑްސް މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑްސް، އަދާރަން ސެލެކްޓް ހުދުރަންފުށި އަދި ހުޅުމާލޭގައި ހިންގަމުންދާ ރިޕް ކާލްގެ ފިހާރަތަކުގެ ނެޓްވޯކް އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ރިޕް ކާލް މާފުށި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ސިމްޑީ ގްރޫޕްގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އާއި، އެ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާގެ އިތުރުން ރިޕް ކާލްގެ ފަރާތުން އެޑްވިން ސްޓީވަންސް އެވެ. ރާއްޖޭގައި ރިޕް ކާލް ބްރޭންޑް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވުނު މި ރަސްމިއްޔާތުގައި ދައުވަތު އެރުވުނު މެހެމާނުންނާއި މާފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

Advertisement

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިމްޑީ ގްރޫޕްގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވަނީ، މާފުއްޓަކީ ފަތުރުވެރިކަމާއި ކަނޑުގެ ހަރަކާތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށަކަށް ވުމުން، އެ ރަށުގައި ރިޕް ކާލްގެ ފިހާރައެއް ހުޅުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

"ކްރޮސްރޯޑްސް މޯލްޑިވްސް، އަދާރަން ސެލެކްޓް ހުދުރަންފުށި، ނިޔާމަ ޕްރައިވެޓް އައިލެންޑްސް އަދި ހުޅުމާލެ ފަދަ މުހިންމު މަންޒިލްތަކުގައި މިހާރު ވެސް ރިޕް ކާލްގެ އައުޓްލެޓްތައް އެބަހުރި. މާފުއްޓަށް މި ބްރޭންޑް ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މާފުއްޓަކީ ފަތުރުވެރިކަން ކުރިއަރާފައިވާ، ކަނޑާ ވަރަށް ބޮޑު ގުޅުމެއް އޮތް ރަށަކަށް ވުމުން، މިއީ ރިޕް ކާލްއަށް އެންމެ އެކަށީގެންވާ ތަނެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުމެންގެ އެންމެ ކާމިޔާބު އެއް އައުޓްލެޓަށް ވެގެންދާނެ. އަދި މާކެޓް އޮތް އެހެން ސަރަހައްދުތަކަށް ވެސް ރިޕް ކާލް ގެންދިއުމުގެ ފުރުސަތުތައް އަޅުގަނޑުމެން ހޯދަމުންދާނަން،" ޑރ. ޝަކީލާ ވިދާޅުވިއެވެ.

މި ފިހާރަ ހުޅުވުމުގެ އުފަލުގައި، މާފުށީގެ ރިޕް ކާލް ފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މިގޮތުން 2024 ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު 11 ގެ ނިޔަލަށް، ފިހާރައިގެ ހުރިހާ މުދަލަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މާފުށީގައި ހުޅުވި މި ފިހާރަ ފަރުމާކޮށްފައިވަނީ ރިޕް ކާލްގެ ތަފާތު "ކޯސްޓަލް އައިޑެންޓިޓީ" ނުވަތަ އަތިރިމަތީގެ ދިރިއުޅުމާ ގުޅޭ ސިފަތައް ރަމްޒުކޮށްދޭ ގޮތަށެވެ. މިއީ އެ ބްރޭންޑުގެ ސާފް ސަގާފަތާއި ރާއްޖޭގެ ރަށްތަކުގެ ހިތްފަސޭހަ މާހައުލު ގުޅުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. މި ފިހާރައިގެ ސަބަބުން މާފުށީގެ ރައްޔިތުންނަށާއި، ރާއްޖޭގެ މަގުބޫލު މި މަންޒިލަށް ޒިޔާރަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ސިމްޑީ ގްރޫޕާއި ރިޕް ކާލްގެ މެދުގައި ޕާޓްނަޝިޕް ގާއިމުކުރީ 2019 ވަނަ އަހަރުއެވެ. އެއަށްފަހު ރާއްޖޭގެ މުހިންމު ވިޔަފާރި މަރުކަޒުތަކާއި ރިސޯޓުތަކުގައި އެ ބްރޭންޑުގެ ފިޔަވަޅުތައް ދަނީ ފުޅާކުރަމުންނެވެ.

މާފުށީގައި ރިޕް ކާލްގެ ފިހާރަ ހުޅުވުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ސިމްޑީ ގްރޫޕުން ވަނީ އިހުލާސްތެރި ޝުކުރެއް އަދާކޮށްފައެވެ. އެ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ކުރިއަރާފައިވާ ބްރޭންޑުތަކާއި ތަޖުރިބާތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ރިޕް ކާލްގެ ފިހާރަތައް ހުޅުވުމަށް ވަނީ ރޭވިފަ އެވެ.

ފިހާރަ ހުންނަ ތަން: ރިޕް ކާލް ސްޓޯ މާފުށި ކ. މާފުށި، ދިވެހިރާއްޖެ ލޮކޭޝަން މެޕް: https://share.google/lVFk5a7RCjPWY261M ފޭސްބުކް: https://www.facebook.com/ripcurlmv އިންސްޓަގްރާމް: https://www.instagram.com/ripcurl_maldives/

ރިޕް ކާލްއާ ބެހޭ ގޮތުން: 1969 ވަނަ އަހަރު އުފެދުނު ރިޕް ކާލްއަކީ އައު އީޖާދުތަކާއި، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ ސާފް ބްރޭންޑެކެވެ. "ދަ އަލްޓިމޭޓް ސާފިން ކޮމްޕެނީ" ގެ ނަމުން މަޝްހޫރު މި ކުންފުނިން ދަނީ ރާޅާ އެޅުމާއި ކަނޑުގެ ހަރަކާތްތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ އުފެއްދުންތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.

ސިމްޑީ ގްރޫޕާ ބެހޭގޮތުން: ސިމްޑީ ގްރޫޕަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް ވިޔަފާރި ގްރޫޕެވެ. އެ ކުންފުނިން ދުނިޔޭގެ 200 އަށްވުރެ ގިނަ ބްރޭންޑު ތަމްސީލުކުރާއިރު، ތަފާތު ދާއިރާތަކުން 15،000 އަށްވުރެ ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި ބުއިންތަކާއި، ޓެކްނޮލޮޖީ، އެފްއެމްސީޖީ، ރިސޯޓު ސަޕްލައި، ރީޓެއިލް، ތައުލީމު، ސިއްހީ ހިދުމަތް އަދި ލައިފްސްޓައިލް ދާއިރާ ހިމެނެ އެވެ. ސިމްޑީގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގެ މުދަލާއި ހިދުމަތްތައް ދިވެހި މާކެޓަށް ތައާރަފްކުރުމެވެ.

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox