ދިރާގުގެ މެޖޯރިޓީ ނަގަން މަދުވެގެން 72 މިލިއަން ޑޮލަރު ހަރަދުވާނެ

ދިރާގުގެ ހެޑް އޮފީސް: މިދިޔަ ކްއާޓާގައި ދިރާގަށް ލިބުނު އާމްދަނީ އާއި ފައިދާ ވަނީ ދަށަށް ގޮސްފައި. -- ފޮޓޯ:ދިރާގު

ދިރާގުގެ ހެޑް އޮފީސް: މިދިޔަ ކްއާޓާގައި ދިރާގަށް ލިބުނު އާމްދަނީ އާއި ފައިދާ ވަނީ ދަށަށް ގޮސްފައި. -- ފޮޓޯ:ދިރާގު

ދިވެހި ދައުލަތުގެ މެޖޯރިޓީ އޮންނަ ކުންފުންޏަކަށް ދިރާގު ބަދަލުކުރަން ބޭނުންވާ 9.2 ޕަސެންޓު ހިއްސާ, މިހާރު ހިއްސާއަކަށް ޖެހޭ މޫނުމަތީ އަގުގައި ގަންނަން 71.7 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ސަރުކާރުން ހަރަދުކުރަން ޖެހޭ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ދިރާގަކީ ޕަބްލިކް ކުންފުންޏެކެވެ. މިހެންކަމުން އެ ކުންފުނީގެ އަގު ނުވަތަ މާކެޓް ކެޕިޓަލައިޒޭޝަން ހިސާބުކުރަނީ ހިއްސާއެއްގެ އަގާއި ހިއްސާތަކުގެ އަދަދު ގުނަކޮށްގެންނެވެ.

ދިރާގުގައި އޮންނަނީ 76 މިލިއަން ހިއްސާ އެވެ. މީގެ ތެރެއިން 39.5 މިލިއަން ހިއްސާ އޮންނަނީ ކުންފުނީގެ މެޖޯރިޓީ އޮންނަ ބަހުރެއިންގެ ބިޔޯން ނުވަތަ ބީޓީސީ އައިލެންޑްސް ލިމިޓެޑުގަ އެވެ. ދިވެހި ސަރުކާރުގެ ހިއްސާތަކުގެ އަދަދަކީ 31.7 މިލިއަނެވެ. ބާކީ 6.2 މިލިއަން ހިއްސާ އޮންނަނީ އާންމުންނަށް ވިއްކާލާފަ އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައިވާ ގޮތުގައި ދިރާގުގެ ހިއްސާއެއްގެ އަގަކީ 158.31ރ. އެވެ. މިހާރު ހިއްސާ ހުރި އަގުގައި ދިރާގަކީ  780 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ އަގުހުރި ކުންފުންޏެކެވެ.

ދިރާރުގެ ޝެއާހޯލްޑިން

  •   ބީޓީސީ އައިލެންޑްސް (ބިޔޯން) - 52 ޕަސެންޓު
  • ދިވެހި ސަރުކާރު - 41.8 ޕަސެންޓު
  • އާންމު ހިއްސާދާރުން - 6.2 ޕަސެންޓު

އިހަށް ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތަށް، ސަރުކާރަށް މެޖޯރިޓީ ނަގަން، އެއީ 51 ޕަސެންޓަށް ޝެއާހޯލްޑިން ބޮޑުކުރަން 9.2 ޕަސެންޓު ހިއްސާ ބޭނުންވާނެ އެވެ. އެހެންކަމުން  ބިޔޯންގެ ހިއްސާތަކުގެ ތެރެއިން 6.9 މިލިއަން ހިއްސާ ސަރުކާރަށް ގަންނަން ޖެހެ އެވެ.

ހިއްސާ ވިއްކުމުގެ މުއަމަލާތްތައް ހިންގާއިރު، މޫނުމަތީ އަގުގައި ހިއްސާ ވިއްކަނީ މަޖުބޫރުވެގެން ނޫނީ ކުންފުނީގެ މާލީ ހާލަތާއި މުސްތަގުބަލު ގޯސް ނަމަ އެވެ.  ދިރާގަކީ މާލީ ހާލަތު ވަރަށް ރަނގަޅު، ބޮޑު ފައިދާއެެއް ނެރޭ ކުންފުންޏެކެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބަލާއިރު، ރަނގަޅު މުސްތަބަލެއް އޮތް އަދި ހިދުމަތްތައް ފުޅާކުރަން ބޮޑެތި އިންވެސްޓުމަންޓުތައް ވެސް އަންނަނީ ކުރަމުންނެވެ.

މި ހާލަތުުގައި އޮތް ކުންފުންޏެއްގެ ހިއްސާ ގަންނަން ސަރުކާރުން ހުށަހަޅަން ޖެހޭނީ މުސްތަގުބަލުގައި ދިރާގަށް ލިބޭނެ އާމްދަނީގެ ބަޔެއް ވެސް ހިމަނައިގެންނެވެ. މި ގޮތަށް މި މުއާމަލާތް ހިންގާއިރު، ބިޔޯންއިން ކޮށްފައިވާ އިންވެސްޓުމަންޓުތަކާއި އެ ކުންފުނީގެ މެޖޯރިޓީ ދޫކޮށްލަން ޝައުގުވެރިވާނެ ފަދަ އަގެއް ސަރުކާރުން ހުށަހަޅަން ޖެހެ އެވެ.

މި ކަމުގައި ދިރާގުން އެއްވެސް ބަހެއް ނުބުނާތީ ސަރުކާރުން ހުށަހެޅުމެއް ލިބުނުތޯ އަދި ލިބުނީ ކޮން އަގެއްތޯ ނުވަތަ ކޮން ގޮަތަކަށް ހިއްސާތައް ގަންނަން ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox