ޕާކިސްތާންގެ އެސިސްޓަންޓް ކޯޗަކަށް ޕްރިމިއާ ލީގުގައި ކުޅުނު ބްރާމްބަލް ހަމަޖައްސަނީ

Sep 8, 2026, 11:57 AM
ލިވަޕޫލްގެ ފެނާންޑޯ ޓޮރޭސް ކައިރިން ވިގަންގެ ބްރާމްބަލް ބޯޅަ ހިފައިގެންދަނީ.

ލިވަޕޫލްގެ ފެނާންޑޯ ޓޮރޭސް ކައިރިން ވިގަންގެ ބްރާމްބަލް ބޯޅަ ހިފައިގެންދަނީ.

އިސްލާމްއާބާދު، ޕާކިސްތާން (ސެޕްޓެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ސަންޑަލެންޑް އަދި ވިގަން އެތުލެޓިކް އަށް ކުރިން ކުޅުނު އިނގިރޭސި ޑިފެންޑަރު، ޓައިޓަސް ބްރާމްބަލް، ޕާކިސްތާން ޓީމުގެ އެސިސްޓަންޓް ކޯޗުކަމާ ހަވާލުވާން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި 290 މެޗު ކުޅެފައިވާ ބްރާމްބަލް، ޕާކިސްތާންގެ ކޯޗިން ޓީމާ ގުޅެން ވާހަކަ ދައްކަމުން އަންނަނީ އެ ޓީމުގެ ކޯޗަކަށް ހުރި ޕެރޫގެ ނޮލްބާޓޯ ސޮލާނޯގެ އެދުމަށެވެ. ސޮލާނޯ އާއި ބްރާމްބަލް ވަނީ އެކުގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ. 

މިދިޔަ އަހަރު ޕާކިސްތާންގެ ކޯޗުކަމާ ހަވާލުވި ސޮލާނޯ، އެ ޓީމުގެ ކޯޗިން ޓީމަށް ބްރާމްބަލް ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ޑިފެންސިވް ކަންކަމުގެ ސެޓަޕްގައި މަސައްކަތް ކުރުމުގެ އިތުރުން، ޕާކިސްތާންގެ ޒުވާން ޓީމުތަކަށް ވެސް ޓްރެއިނިންތަކެއް ނަގައިދިނުމުގެ ގޮތުންނެވެ. 

Advertisement

އެ ގޮތުން، މި އަހަރުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއް ބްރާމްބަލް އަށް ދޭން ވާހަކަ ދައްކަމުން އަންނައިރު، އޭނާ މައިގަނޑު ގޮތެއްގައި މަސައްކަަތް ކުރަން ހަމަޖެހިފައިވަނީ، އަންނަ މަހު ކުޅޭ ފީފާ އާސިއާން ކަޕާއި ނޮވެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕްގަ އެވެ. 

އިޕްސްވިޗް ޓައުން އާއި އިނގިރޭސި އެހެން ކްލަބްތަކުގެ ޔޫތު ޓީމުތަކުގައި ކޯޗިން މަސައްކަތް ކުރަމުން އަންނަ ބްރާމްބަލް އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާނީ ކުރު ކޮންޓްރެކްޓްގެ މުއްދަތުގައި އޭނާ ކުރާ މަސައްކަތްތަކަށް ބެލުމަށް ފަހު އެވެ. 

ރާއްޖޭގައި މިދިޔަ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުން އަންނަނީ ފުޓްބޯޅައިގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، އާސިއާން ކަޕާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ވެސް އެ ޓީމުގެ ޓާގެޓްތަކެވެ. 

މި މަހު ފަހުކޮޅު ފަށާ އާސިއާން ކަޕްގެ ޕްރިމިއާ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭއިރު، ގްރޫޕް އޭގައި އޮތީ އިންޑޮނޭޝިއާ، ބަންގްލަދޭޝް، މެލޭޝިއާ އަދި ސިންގަޕޫރު އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ވިއެޓްނާމް، ޕާކިސްތާން، ތައިލެންޑް އަދި ފިލިޕީންސް އެވެ. ކޮންމެ ގްރޫޕެއްގެ އެއް ވަނަ ފައިނަލަށް ހޮވޭއިރު، ޖުމްލަ އެކު ހަތަރު މެޗު ކުޅެގެން، އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ޗެމްޕިއަންކަން ހާސިލްކުރާ ޓީމަކަށް ހޯދޭނެ އެވެ. 

ބަންގްލަދޭޝްގެ ޑާކާގައި ނޮވެމްބަރު މަހު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވާދަކުރަން ޖެހެނީ ރާއްޖެ އާއި އިންޑިއާއާ އެއް ގްރޫޕެއްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox