އިންޑިއާ އާއި ޕާކިސްތާން ވާދަކުރާ ފީފާ އާސިއާން ކަޕްގެ ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު

Jul 30, 2026, 8:06 AM
2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެެރެއިން ސުނިލް ޗެތުރީ، ޕާކިސްތާން ކޮޅަށް ޕެނަލްޓީ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެެރެއިން ސުނިލް ޗެތުރީ، ޕާކިސްތާން ކޮޅަށް ޕެނަލްޓީ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ އެންޑޯޒްމަންޓާ އެކު މުޅިން އަލަށް ބާއްވާ ފީފާ އާސިއާން ކަޕްގައި ވާދަކުރުމުގެ ފުރުސަތު ސައުތު އޭޝިއާގެ އިންޑިއާ އާއި ޕާކިސްތާނަށް ދީފައިވާއިރު، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ނިންމައިފި އެވެ. 

އަންނަ އޮކްޓޫބަރު މަހު ބާއްވާ ފީފާ އާސިއާން ކަޕްގައި އޮތީ ދެ ޑިވިޝަނެކެވެ. އެއީ، ޖުމްލަ އަށް ޓީމު ކުޅޭ ޕްރިމިއާ ޑިވިޝަނަކާއި ހަ ޓީމު ކުޅޭ ޗެލެންޖު ޑިވިޝަނެކެވެ.

ޕްރިމިއާ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭއިރު، ގްރޫޕް އޭގައި އޮތީ އިންޑޮނޭޝިއާ، އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ވިއެޓްނާމް، ޕާކިސްތާން، ތައިލެންޑް އަދި ފިލިޕީންސް އެވެ. ކޮންމެ ގްރޫޕެއްގެ އެއް ވަނަ ފައިނަލަށް ހޮވޭއިރު، ޖުމްލަ އެކު ހަތަރު މެޗު ކުޅެގެން، އެއް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ޗެމްޕިއަންކަން ހާސިލްކުރާ ޓީމަކަށް ހޯދޭނެ އެވެ. 

ޗެލެންޖު ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ، ހޮންގް ކޮންގް، މިޔަންމާ އަދި ބުރުނާއީ އެވެ. އަދި، ގްރޫޕް ބީގައި އޮތީ ކެމްބޯޑިއާ، ލާއޯސް އަދި ޓިމޯ ލެސްޓޭ އެެވެ. މި ތަނުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލުން މޮޅުވާ ޓީމަކަށް 300،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ޗެލެންޖު ޑިވިޝަނުން، ޖުމްލަ ތިން މެޗު ކުޅެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ އެވެ. 

މީގެ އިތުރުން، ފީފާ އާސިއާން ކަޕްގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. 

އަންނަ ސެޕްޓެމްބަރު މަހުގެ 23 އިން އޮޮކްޓޫބަރު މަހު ތިން ވަނަ ދުވަހަށް އާސިއާން ކަޕް ކުޅޭއިރު، ޕްރިމިއާ ޑިވިޝަން އޮތީ އިންޑޮނޭޝިއާގަ އެވެ. އަދި، ޗެލެންޖު ޑިވިޝަން ކުޅެނީ ހޮންގް ކޮންގްގަ އެވެ. 

ފީފާ ކައުންސިލް އިން އެންޑޯޒް ކޮށްފައިވާ ފީފާ އާސިއާން ކަޕްގައި އިންޑިއާ ކުޅެން ނިންމުމުން، މި އަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕް ވަނީ ނޮވެމްބަރު މަހަށް ފަސްކޮށްފަ އެވެ. އިންޑިއާގެ އިތުރުން، ޕާކިސްތާނުން ވެސް ފަހުން، އާސިއާން ކަޕްގައި ކުޅެން ލިބުނު ފުުރުސަތުގެ ބޭނުންހިފަން ނިންމީ އެވެ. ޕާކިސްތާނުން ވަނީ ޖޫން މަހު، ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މުބާރާތެކެވެ. 

ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން، އާސިއާން ކަޕްގައި ކުޅެން އިންޑިއާ އާއި ޕާކިސްތާނަށް ޖާގަ ލިބިފައި އޮތުމަކީ، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުރިއަށްދިއުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox