ޖަރުމަނު ލީގަކީ ދުނިޔެއިން ދެ ވަނަ: ކޮމްޕެނީ

Aug 8, 2026, 7:09 PM
ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ

މިއުނިކް (އޮގަސްޓް 8) - އޭނާ ދެކޭ ގޮތުގައި، ޖަރުމަނު ބުންޑަސްލީގާގައި އަކީ މުޅި ދުނިޔެ އަށް ބަލާއިރު ދެ ވަނަ ލީގު ކަމަށް ބަޔާން މިއުނިކްގެ ކޯޗު ވިންސެންްޓް ކޮމްޕެނީ ބުނެފި އެވެ. 

ކުރިން މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ކުރި، ބެލްޖިއަމްގެ ކޮމްޕެނީ ކޯޗިން ކެރިއަރު ފަށައި، އިންގްލެންޑްގެ ބާންލީ އަށް ކޯޗުކޮށްދިނުމަށް ފަހު، އޭގެ ފަހުން ވަނީ ޖަރުމަނުގެ ގަދަބާރު ބަޔާންއާ ހަވާލުވެފަ އެވެ. އެ ޓީމު ގޮވައިގެން ޖެހިޖެހިގެން ދެ ސީޒަނުގައި ކޮމްޕެނީ ވަނީ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ބަޔާނާ އެކު ކޮމްޕެނީގެ އެންމެ ބޮޑު ޓާގެޓަކީ ޔުއެފާ ޗެމްޕިއަންސް ލީގެވެ. އެކަމަކު، މިދިޔަ ދެ ސީޒަނުގައި ވެސް އެކަން ހާސިލްނުވެދިޔައިރު، ޗެމްޕިއަންކަން ހޯދީ ފްރާންސްގެ ޕީއެސްޖީންނެވެ. ބަޔާން ގޮވައިގެން ތިން ވަނަ ސީޒަނަކަށް ނުކުންނަ ކޮމްޕެނީ ބުނީ، މީގެ ކުރިން ގަބޫލުކުރެވިފައި އޮތް ގޮތަށް ލީގު ތަކުގެ ރޭންކިން މިހާރު ނެތް ކަމަށެވެ. 

"އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު އެބައޮތް ވަސީލަތްތައް އެހެން އެއްވެސް ލީގެއްގައި މި ވަގުތު ނެތް މިންވަރަށް. އެއީ އެއް ސަބަބު އެ ލީގަކީ ދުނިޔެއިން އެއް ވަނަ ލީގު ކަމަށް މީހުން ބުނާ. އަހަރެންގެ ނަޒަރުގައި ޖަރުމަނު ބުންޑަސްލީގާ އަންނަނީ ދެ ވަނަ އަށް. އެއީ، ބައިވަރު ސަބަބުތަކާ އެކު މިހެން މި ބުނަނީ، ސަޕޯޓަރުންގެ ރަނގަޅު ސަގާފަތެއް އެބައޮތް. ހުނަރުވެރި ގިނަ ކުޅުންތެރިންނާއި ވަރުގަދަ ޓީމުތައް ވެސް ގިނަ،" ކޮމްޕެނީ ބުންޏެވެ. 

ދުނިޔޭގެ އެއް ވަނަ ލީގުގެ ގޮތުގައި، އިނގިރޭސި ޕްރިމިއާ ލީގު އޮތީ ގިނަ އަހަރުތަކެއް ވަންދެން ފައިސާގެ ނުފޫޒާއި އެހެނިހެން ގޮތްގޮތުން ވެސް ލީގު ވިޔަފާރި މޮޑެލެއްގައި ކުރިއަށްދިއުމަށްޓަކައި ނިންމާފައިވާ ނިންމުންތަކުގެ ސަބަބުންނެވެ. 

"ޕްރިމިއާ ލީގަށް އެ އެޑްވާންޓޭޖް ނެގެން އެ އޮތީ ޒަމާނުއްސުރެން ވިޔަފާރި މޮޑެލް އަށް ކަންކަން ކުރުމާއި ފައިސާ އަށް ބަލާއިރު ހުނަރު ގަނެވޭނެ ލެވަލަށް ގިނަ ޓީމުތަކެއް އައިސްފައި އޮތުމުން،" ކޮމްޕެނީ ބުންޏެވެ. 

ބަޔާނުން ވަނީ އެންމެ ފަހުން، ކުޅުނު 14 ސީޒަނުގެ ތެރެއިން 13 ފަހަރު ޖަރުމަނު  ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި އެ ޓީމުން ލީގު ޗެމްޕިއަންކަން މި ހޯދީ ތާރީހަށް ބަލާއިރު، 35 ވަނަ ފަަހަރު އެވެ.

ބަޔާނަށް މިދިޔަ 14 އަހަރު ތެރޭ ލީގު ގެއްލުނު ފަހަރަކީ، މީގެ އެއް އަހަރު ކުރިން، ޒަބީ އަލަޮންސޯގެ ކޯޗުކަމުގައި ބަޔާ ލެވަކޫސަނުން ލީގު ނެގިއިރު އެވެ. ބަޔާނުން ފާއިތުވި ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދީ ބާކީ ހަތަރު މެޗު އޮއްވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox