އިގުތިސޯދުން ރުފިޔާ މަދުކުރަން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ރިޒާވު މަތިކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް އިމާރާތް: އެމްއެމްއޭއިން ބުނީ އަންނަ އަހަރުގެ ނިޔަލަށް އެމްއާރުއާރު %13 މަތިކުރާނެ ކަމަށް --- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މައި އޮފީސް އިމާރާތް: އެމްއެމްއޭއިން ބުނީ އަންނަ އަހަރުގެ ނިޔަލަށް އެމްއާރުއާރު %13 މަތިކުރާނެ ކަމަށް --- ފޮޓޯ: އަދަދު

އިގުތިސޯދު ތެރޭގައި ހުރި ދިވެހި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމުގެ ގޮތުން ރުފިޔާގެ މިނިމަމް ރިޒާވް ރިކުއާމެންޓް (އެމްއާރުއާރު) މަތިކޮށް، އޮޕަން މާކެޓް އޮޕަރޭޝަންސްތައް ފުޅާކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނިންމައިފި އެވެ.

އެމްއެމްއޭގެ މަނިޓަރީ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ދަށުން ވަނީ، އަންނަ މަހުން ފެށިގެން ބޭންކުތަކުން އެ އިދާރާގައި ބަހައްޓަން ޖެހޭ އެންމެ މަދު މިންވަރު (އެމްއާރުއާރު) 10.5 ޕަސެންޓުން 11 ޕަސެންޓަށް މަތިކުރާނެ ކަމަށެވެ.

އެމްއެމްއޭގެ ބޯޑުން ވަނީ އަންނަ އަހަރު ކޮންމެ ތިން މަހަކުން ރިޒާވުގެ އަދަދު ރިވިއުކުރުމަށް ފަހު، މަތިކުރަމަުން ދާން ނިންމާފަ އެވެ. އެ އިދާރާއިން ބުނީ މަޑުމަޑުން މަތިކުރަމުން ގޮސް އަންނަ އަހަރުގެ ނިޔަލަށް އެމްއާރުއާރު 13 ޕަސެންޓަށް މަތިކުރާނެ ކަމަށެވެ. 

އޭގެ އިތުރުން، އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) ފުޅާކޮށް، 10 ބޭސިސް ޕޮއިންޓަށް އިތުރުކުރަން ނިންމާފަ އެވެ. މި ބޭސިސް ޕޮއިންޓުތައް އިތުރުކުރުމުގެ ބޭނުމަކީ މި މުއާމަލާތުން ބޭންކުތަކަށް ލިބޭ އިންޓްރެސްޓް އާމްދަނީ އިތުރުކޮށް، އެ ފައިސާ އެމްއެމްއޭގައި ބަހަައްޓަން ބޭންކުތަކުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.

އެމްއެމްއޭއިން ބުނީ، މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޯމޯ ހިންގައިގެން ބޭންކިން ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. މިއާ އެކީ ޝޯޓް ޓާމް ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

އެމްއެމްއޭއިން މި ފިޔަވަޅުތައް އަޅާފައި މި ވަނީ ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 21.80ރ. އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox