ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން ފުލުފުލުގައި އިސްތިއުފާ ދެނީ

ޕެންޝަން އޮފީހުން އިސްތިއުފާ ދެއްވި ފިކުރީ (ކ) އާއި އިރުތިޔާޝާ (މ) އާއި ހައިފާ (ވ): މި ތިން މުވައްޒަފުންގެ ކުރިން ޗެއާޕާސަނާއި ބޯޑު މެންބަރުންނާއި ސީއީއޯ އާއި ސީއެފްއޯ އިސްތިއުފާ ދީފި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން އޮފީހުން އިސްތިއުފާ ދެއްވި ފިކުރީ (ކ) އާއި އިރުތިޔާޝާ (މ) އާއި ހައިފާ (ވ): މި ތިން މުވައްޒަފުންގެ ކުރިން ޗެއާޕާސަނާއި ބޯޑު މެންބަރުންނާއި ސީއީއޯ އާއި ސީއެފްއޯ އިސްތިއުފާ ދީފި --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ އެ އަގުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި ޕެންޝަން އޮފީހުގެ އެގްޒެކެޓިވް ފަންތީގެ މުވައްޒަފަކާއި ސީނިއާ މެނޭޖުމަންޓު ފަންތީގެ ދެ މުވައްޒަފަކު މިއަދު އިސްތިއުފާ ދީފި އެވެ. 

އަދަދު އަށް މިހާތަނަށް ކަށަވަރުކުރެވިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު، އަބްދުالله ފިކުރީ އާއި އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު، އައިމިނަތު އިރުތިޔާޝާ އާއި ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް، ހައިފާ އަހުމަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މިއާއެކީ މި މައްސަލައިގައި ޕެންޝަން އޮފީހުން އިސްތިއުފާ ދިން އިސް މުވައްޒަފުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ. މީގެ ކުރިން އެ އޮފީހުގެ ސީއީއޯއަކަށް ހުންނެވި ސުޖާތާ ހަލީމް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 

ޕެންޝަން އޮފީހުގެ އިސް މުވައްޒަފުންތަކެއް އިސްތިއުފާ ދެމުން އަންނައިރު، އެކި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދެނީ މިއަދުގެ ވަގުތެއްގައި ބޮންޑު މުއާމަލާތުގެ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށެވެ. މިކަން ކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރަތަކާއި އެހެން ބައެއް ހަރަދުތައް ހަމަޖައްސަން ކޮންމެހެން ވެސް ފައިސާ ބޭނުންވެގެން ކަމަށް މި ނޫހަށް މައުލޫމާތު ދިން ސިއްރު މަސްދަރަކުން ބުންޏެވެ. 

ސަރުކާރުން ވިއްކާ ބޮންޑު ގަންނަން ބޭނުންވާ ފައިސާ ޕެންޝަން ފަންޑުން ހޯދީ ކުރިން ގަނެފައި ހުރި ޓީބިލުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލައިގެންނެވެ. މި ބޮންޑަކީ މީގެ ކުރިން ސަރުކާރުން ވިއްކާފައި ނުވާ ބާވަތުގެ ރިވާސް ޑުއަލް ކަރަންސީ ބޮންޑެކެވެ. ޕެންޝަން އޮފީހުން މި ބޮންޑަށް ދިވެހި ރުފިޔާއިން އަގު ދެއްކިޔަސް ޕެންޝަން ފަންޑަށް ރުފިޔާ އާއި ޑޮލަރުން ފައިދާ ލިބެ އެވެ.

ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައިވާ އެސެޓުތައް

  • ޖުމްލަ ފަންޑު ސައިޒު - 29.4 ބިލިއަން ރުފިޔާ
  • ޓީބިލު - 11.7 ބިލިއަން ރުފިޔާ
  • ޓީބޮންޑު - 5.6 ބިލިއަން ރުފިޔާ
  • ރެކޮގްނިޝަން ބޮންޑު - 4.2 ބިލިއަން ރުފިޔާ
  • ފިކްސްޑް ޑިޕޮސިޓު - 1.9 ބިލިއަން ރުފިޔާ
  • ވަކާލާ ބި އަލް-އިސްތިތުމާރު - 1.3 ބިލިއަން ރުފިޔާ
  • އިކުއިޓީ (ހިއްސާ) - 2.2 ބިލިއަން ރުފިޔާ
  • ވަކާލާ ޑިޕޮސިޓު - 1.1 ބިލިއަން ރުފިޔާ
  • ސުކޫކު - 367.1 މިލިއަން ރުފިޔާ
  • ކޯޕަރޭޓު ބޮންޑު - 252.3 މިލިއަން ރުފިޔާ
  • ނަގުދު ފައިސާ - 50.7 މިލިއަން ރުފިޔާ

ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި މުއާމަލާތާކީ ޕެންޝަން ފަންޑާއި ޕެންޝަން ފަންޑުގެ މަސްލަހަތުވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ އިންވެސްޓްމަންޓެކެވެ. އޭގެ ތެރޭގައި ޕެންޝަން ފަންޑުގެ އިންވެސްޓުމަންޓުތައް ސިންދަފާތުކުރެވުމާއި، ޑޮލަރުގެ ރިޒާވެއް އުފެއްދުމާއި، އިންވެސްޓުމަންޓުން ފައިދާ ލިބޭ މުއްދަތު އިތުރުކުރެވުން އެ އޮފީހުން ފާހަގަކުރެ އެވެ.

މިހެން ނަމަވެސް ޕެންޝަން އޮފީހުން އިސްތިއުފާ ދިން ޗެއާޕާސަން އަހުމަދު އިނާޒާއި ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ހިމެނޭހެން ގިނަ ބަޔަކު ބުނަނީ މިއީ ޕެންޝަން ފަންޑަށާއި އިގުތިސޯދަށް ގެއްލުން ބޮޑު މުއާމަލާތެއް ކަމަށެވެ. އަދި މިއީ ގާނޫނުގައި ހުރި ބާގަނޑުތަކެއް ހޯދައިގެން ޕެންޝަން ފަންޑު ބައްސައިގެން ސަރުކާރާއި އެމްއެމްއޭއިން ހިންގާ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ގިނަ ހަބީރުން އެއްބަސްވެ އެވެ. 

ޕެންޝަން ފަންޑަށް ވަދެފައިވާ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ 70 ޕަސެންޓު މިހާރު ވެސް އިންވެސްޓުކޮށްފައި ހުރީ ސަރުކާރުގެ ސެކިއުރިޓީތަކަށެވެ. 

ޕެންޝަން އޮފީހުގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ފަންޑުގެ ބައިވެރިން ފަންޑަށް ޖަމާކުރި 1.9 ބިލިއަން ރުފިޔާ އާއި ފައިދާގެ ގޮތުގައި ވަން 1.2 ބިލިއަން ރުފިޔާ ހިމަނައިގެން 3.1 ބިލިއަން ރުފިޔާ ފަންޑަށް ވަނެވެ. މީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ އިންވެސްޓުކުރިއިރު، ބޮޑު ބައި އިންވެސްޓުކުރީ ސަރުކާރަށެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox