މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީން ސަނީހު އިސްތިއުފާ ދިފި

ހުޅުމާލެ މެދު ދާއިރާ ކައުންސިލަރު އަހުމަދު ސަނީހު: އޭނާ ވަނީ އޮޑިޓި ކޮމިޓީން މިއަދު އިސްތިއުފާދެއްވާފަ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލެ މެދު ދާއިރާ ކައުންސިލަރު އަހުމަދު ސަނީހު: އޭނާ ވަނީ އޮޑިޓި ކޮމިޓީން މިއަދު އިސްތިއުފާދެއްވާފަ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާ ކަމުން ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

ސަނީހު އެ ކޮމިޓީގެ ޗެއާ ކަމުން އިސްތިއުފާ ދެއްވި ކަން މާލެ ސިޓީ ކައުންސިލުން ވަނީ އަދަދަު ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދިން ސަބަބެއް ނޭނގެ އެވެ. 

ސަނީހަކީ މާލެ ސިޓީ ކައުންސިލުގައި ޕީއެންސީ ތަމްސީލުކުރައްވާ ދެ ކައުންސިލަރުންގެ ތެރެއިން އެކަކެވެ. ކައުންސިލުގެ ކޮމިޓީތައް ބެހިއިރު އޮޑިޓު ކޮމިޓީ އޭނާއާ ހަވާލުކޮށް، ފިނޭންސް ބަޖެޓު އެންޑް ރިސޯސް މޮބިލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަނަކަށް ހަމަޖެއްސި އެވެ. 

Advertisement

މާލެ ސިޓީ ކައުންސިލުގެ މި ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ސަބަބަކީ ބިންވެރިޔާ ގޯތިތަކުގެ މައްސަލައިގައި އަދި ވޯޓާ ތީމް ޕާކުން ސާމާނުތަކެއް ވަގަަށް ނެގި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކުރެވޭތީ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާގެ މަގާމު ޕީއެންސީގެ ސަނީހަށް ދީފި

މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ސިޓީ ކައުންސިލުގެ މި މަގާމުތައް އޭނާއަށް ދީފައިވަނީ، ބިންވެރިޔާ ގޯތިތަކުގެ ވައްކަމުގެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް. މާލޭ ސިޓީ ކައުންސިލުގެ އޮޑިޓް ރިޕޯޓްތައް ގަވާއިދުން ނެރެފައިނުވާއިރު، މިއީ ދައުލަތުން އެންމެ ބޮޑު ބަޖެޓެއް ހޭދަކުރާ އެއް އިދާރާ.

ސަނީހަކީ ބިންވެރިޔާ ގޯތި ވައްކަން ހިނގި ދުވަސްވަރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ރިއަލް އެސްޓޭޓު އޮފިސަރެވެ. މި މައްސަލައިގައި އެޗްޑީސީން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން ވަޒީފާ އިއާދަކޮށް ނުދެނީ ވެސް ސަނީހަށް އެކަންޏެވެ. 

ކައުންސިލަށް ފާޑުކިޔުން އަމާޒުވީ އަނެއް ސަބަބަކީ މި ދެ ކޮމިޓީގެ މަސައްކަތަކީ ސިޓީ ކައުންސިލަށް އެންމެ ފާޑުކިޔުން އަމާޒުވާ އެއް މައްސަލަ ކަމުގައިވާ މާލީ ހާމަކަމެއް ނެތް މައްސަލައާ ސީދާ ގުޅޭ މަސައްކަތަކަށް ވާތީ އެވެ. 

މާލެ ސިޓީ ކައުންސިލަކީ ކައުންސިލުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ލިބޭ ކައުންސިލެވެ. މިހެން ނަމަވެސް އެ ކައުންސިލު ގަވާއިދުން އޮޑިޓެއް ނުކުރެ އެވެ. އެހެންވެ ވޭތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލުން ހަރަދު ކުރި ގޮތެއް އެނގޭކަށް ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox