ޓްރަމްޕްއާ މެދު ގްރީންލޭންޑް ރައްޔިތުންގެ ނުރުހުން

Jul 9, 2026, 8:41 PM
ގްރީންލޭންޑް

ގްރީންލޭންޑް

ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ކުރެއްވި އިލްތިމާސްއާ މެދު އެ ގައުމުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަގާފީ ބޯޓު ދުއްވުމުގެ ރޭހެއްގައި ބައިވެރިވި ގްރީންލޭންޑްގެ ރައްޔިތުން ރޮއިޓާޒްއަށް ބުނީ މުސްތަގުބަލާ މެދު ގޮތް ނިންމަން ޖެހޭނީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ. 

ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ މިނިވަން ދައުލަތެއް ކަމަށްވާ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ބޭނުންވާ ކަމަށް ތަކުރާރުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ކަމެކެވެ.

ގްރީންލޭންޑްގެ ވެރިރަށް ނޫކްގެ ބަނދަރުގައި ކުރިއަށްދިޔަ މުބާރާތުގައި ބައިވެރިވި މީހުން ބުނީ ޓްރަމްޕް އިސްކަންދެއްވަނީ އެ ގައުމުގެ ރައްޔިތުންގެ އެދުމަށް ވުރެ ބޮޑަށް އެ ރަށުގައި ހުރި ގުދުރަތީ ވަސީލަތްތަކަށް ކަމަށެވެ.

"އޭނާ ހަމައެކަނި ވިސްނަނީ މުދަލާއި ތެލާ މެދު،" ގްރީންލޭންޑަށް އުފަން އުމުރުން 72 އަހަރުގެ ފްރެޑްރިކް ލާސަން ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާއާ ނުލައި ވެސް އަހަރެމެންނަށް އުޅެވޭނެ."

ސަރުކާރު ސުކޫލެއްގެ މުދައްރިސެއް ކަމަށްވާ އުމުރުން 60 އަހަރުގެ ބިރްގިތޭ ގައިސްލާ ބުނި ގޮތުގައި ގްރީންލޭންޑަކީ ގްރީންލޭންޑްގެ ރައްޔިތުންގެ މިލްކެކެވެ.

"އަހަރެމެންގެ ބަދަލުގައި ގޮތް ނިންމުމުގެ ހައްގު އެހެން އެއްވެސް މީހަކަށް ލިބިގެންނެއް ނުވޭ،" އޭނާ ބުންޏެވެ.

ގްރީންލޭންޑް ޑެންމާކްގެ ދަށުގައޮ އޮންނާތީ ޓްރަމްޕް ހިތްހަމަނުޖެހެ އެވެ. އަދި ގުދުރަތީ ގޮތުން މުއްސަނދި އެ ސަރަހައްދު އެމެރިކާގެ ދަށަށް ގެންދަވާނެ ކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

އަލަށް ހުޅުވި ބްރިޖް ހުރަސްކޮށް ކިމް ޗައިނާއަށް ވަޑައިގެންފި

އުތުރު ކޮރެއާ އާއި ޗައިނާ ގުޅުވައިދޭ "ނިއު ޔާލޫ ރިވާ ބްރިޖް" ހުޅުވުމާއެކު، އެ ބްރިޖް މެދުވެރިކޮށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާއަށް ވަޑައިގެންފިއެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުދާ އުފުލުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އައު ބްރިޖުގެ ސަބަބުން ދެ ގައުމުގެ މުދާ އުފުލުމުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރި އިތުރަށް ފުޅާވާނެ ކަމަށް ބެލެވެއެވެ.

މިއަދު މުޒާހަރާ ކުރާތީ ފްރާންސްގެ ލަގްޒަރީ ފިހާރަތައް ބަންދު

ފްރާންސްގައި ކުރިއަށްދާ މުޒާހަރާތަކުގައި ފިހާރަތަކުން މުދާ ފޭރި ގެއްލުންދެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ އަގުބޮޑު ލަގްޒަރީ ފިހާރަތައް ބަންދުކުރަން ފަށައިފިއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނޭއިރު، މި ނިންމުން ނިންމާފައިވަނީ ދިރިއުޅުމުގެ އަގުބޮޑުވުމާ ދެކޮޅަށް އާންމުން މިއަދު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން މުދަލާއި ތަންތަނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައެވެ.

ހަމަލާދީފި ނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނަން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދީފި ނަމަ، ރައްދުގައި ގަލްފް ސަރަހައްދުގެ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މިގޮތުން ހޯރްމޫޒް ކަނޑުއޮޅި އަޑީގައިވާ މުހިންމު ކޭބަލްތަކަށް ހަމަލާދީ، އެ ތަންތަން މަރާމާތުކުރުމަށް ހުރަސްއެޅުމުގެ ފުރިހަމަ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މޮސްކޯގައި ދިރިއުޅުން ހުރިގޮތް ހުޅަނގުގެ ޑިޕްލޮމޭޓުން ކިޔައިދީފި

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ފާރަލަމުންދާ މިންވަރު ބީބީސީއަށް ދިން އިންޓަވިއުތަކެއްގައި ހާމަކޮށްފިއެވެ.

މިލެއިގެ މައްޗަށް ކުރި ކްރިޕްޓޯ މަކަރުގެ މައްސަލަ ބޭރުކޮށްލައިފި

އާޖެންޓީނާގެ ރައީސް ހަވިއޭ މިލެއި ކްރިޕްޓޯކަރަންސީއެއް އިޝްތިހާރުކޮށްގެން އޮޅުވާލި ކަމަށް ބުނާ މައްސަލަ، އެއީ ޖިނާއީ ކުށެއް ނޫން ކަމަށް ނިންމައި އެ ގައުމުގެ ކޯޓުން ބޭރުކޮށްލައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް މިލެއި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ކޮއިންއެއްގެ އަގު ކުއްލިއަކަށް ވެއްޓި އިންވެސްޓަރުންނަށް ގެއްލުންވުމާ ގުޅިގެންނެވެ. ނަމަވެސް ފަނޑިޔާރު ނިންމެވީ މި ކަމުގައި ޖިނާއީ ގޮތުން ފާހަގަކުރެވޭ ފަދަ އޮޅުވާލުމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox