ތާރީހީ ކާމިޔާބެއް، ނަބާ އާއި ނަބީގެ ޕެއާ އިޓަލީ މުބާރާތުގެ ކުއާޓާ އަށް

Jun 27, 2026, 5:59 PM
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ނަބާ އާއި ނަބީގެ ޕެއާ ވާދަކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން ނަބާ އާއި ނަބީގެ ޕެއާ ވާދަކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު (އިއްސެ)

ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ)، މިހާރު ކުރިއަށްދާ ޔޮނެކްސް އިޓާލިއަން އޯޕަންގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައި، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ. 

މިއީ، ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ ޔޫރަޕްގެ އެލީޓް މުބާރާތެއްގެ ކުއާޓާ ފައިނަލަށް ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ. 

ރިވައިވަލް އިން ޔޫރަޕް ޓުއާއެއްގައި ވާދަކުރަމުން އަންނައިރު، އިޓަލީ މުބާރާތުގެ އަންހެން ޑަބަލްސް ގަދަ 16 ބުރަށް ދަތުރުކުރިއިރު، މިސްރުގެ ފަރީދާ އެލްތަވީލް އާއި ނޫރު އެލްތަވީލް އަތުން ވަނީ 21-10، 21-07 އިން މޮޅުވެފަ އެވެ. ގަދަ 16 ބުރުގައި ނަބާ އާއި ނަބީގެ ޕެއާ ކުޅުނީ ޔޫއޭއީގެ ތާބިއާ ހާން އާއި ސްރީޖިތު ޕަރޯލްއާ ދެކޮޅަށެވެ. އެ މެޗުން ނަބާ އާއި ނަބީ މޮޅުވީ 22-20، 24-22 އިންނެވެ.

ކުއާޓާ ފައިނަލުގައި ނަބާ އާއި ނަބީގެ ޕެއާ އިން ކުޅެން ޖެހޭނީ، ތުރުކީގެ ޔާސްމީން ބެކްޓާސް އާއި ސިނެމް ޔިލްޑީޒްގެ ޕެއާއާ އެވެ. އެއީ، މުބާރާތުގައި ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ ޕެއާ އެވެ. 

ނަބީ އާއި ނަބާ ވަނީ ބައިނަލްއަގުވާމީ އެކި ލެވަލްގެ މުބާރާތްތަކުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެ އަށް މެޑަލް ގެނެސްފަ އެވެ. އެ ގޮތުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ ޖުމްލަ 13 މެޑަލް ހޯދައިފަ އެވެ. ތަފްސީލަށް ބަލާއިރު، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

އިޓަލީ މުބާރާތުގެ ގަދަ 16 ބުރުގައި، ރިވައިވަލް އާއި ގައުމީ ޓީމުގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވަނީ ފިރިހެން ޑަބަލްސްގައި ވާދަކޮށްފަ އެވެ. ގަދަ 16 ބުރުގައި، މުބާރާތުގެ ދެ ވަނަ އަށް ސީޑުކޮށްފައިވާ ޖަރުމަނުގެ މަލިކް ބޫރަކާދީ އާއި ކެނެތު ނެއުމަންއާ ކުޅެގެން، ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބަލިވީ، 21-08، 21-07 އިންނެވެ.  

ރިވައިވަލްގެ ޔޫރަޕް ޓުއާގައި ކުޅުނު ފުރަތަމަ މުބާރާތް، ޗެކް އިންޓަނޭޝަނަލް ފިއުޗާ ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުގެ ގަދަ 16 ބުރުގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރި އެވެ. އެ ބުރުގައި ބަލިވީ، ސްވިޒަލެންޑުގެ ހާޒެންމޯސާ އާއި މެޓްޒްގާ އަތުން 21-05، 21-14 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox