އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް އޮޅިގެން ދިން ބޯނަސް ހަ މަސް ފަހުން އަނބުރާ އަތުލަން ފަށައިފި

Jun 21, 2026, 9:24 AM
އެޗްޑީސީގެ އެމްޑީ ޒުހައިރު އަދި ޑެޕިއުޓީ އެމްޑީ އަސްބާހު

އެޗްޑީސީގެ އެމްޑީ ޒުހައިރު އަދި ޑެޕިއުޓީ އެމްޑީ އަސްބާހު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާ، ހަ މަސް ދުވަސް ފަހުން އަނބުރާ އަތުލަން އެ ކުންފުނިން ފަށައިފި އެވެ.

އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 18،600 ރުފިޔާ ދީފައިވީ ނަމަވެސް، ބައެއް މުވައްޒަފުންނަކީ އެ އަދަދަށް ބޯނަސް ހައްގުވާ ބައެއް ނޫނެވެ. އެގޮތުން ބޯނަސް ދިނުމުގައި ހެދިފައިވާ ގޯހަކުން، ކުންފުނީގައި ހިދުމަތް ކުރި މުއްދަތަށްވުރެ އިތުރަށް ބައެއް މުވައްޒަފުންނަށް ވަނީ ފައިސާ ޖަމާކޮށްފަ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި އެޗްޑީސީގެ ބައެއް މުވައްޒަފުން ބުނީ އޮޅިގެން އިތުރަށް 15000ރ. ޖަމާކޮށްފައިވާ މުވައްޒަފުން ވެސް އެބަ ތިބި ކަމަށެވެ. 

"އެއީ މުވައްޒަފުންގެ ކުށެއް ނޫން. ނަމަވެސް ހަ މަސް ދުވަސް ފަހުން މިއެންގީ އެ ފައިސާ ވަކި ތާވަލެއްގެ ދަށުން ދޭން. ނުދިނަސް މުސާރައިން ކަނޑާނެ،" މުވައްޒަފަކު ބުންޏެވެ. 

"މިގޮތަށް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން އެބަ އުޅޭ. ވެރިންނަށް އޮޅިގެން ކުރެވުނު ކަމެއްގެ އުނދަގޫ މި ޖެހުނީ މުވައްޒަފުންނަށް. ފިޔަވަޅު އަޅަންޖެހޭނީ ހަގީގަތުގައި ވެރިންނަށް."

އެޗްޑީސީގެ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައިވާ ގޮތުން، އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމަށް އެޗްޑީސީން މުވައްޒަފުންނަށް ދެ ގޮތެއް ވަނީ ހުށަހަޅާފައެވެ. އެއީ ޖޫން 26 ގެ ކުރިން ކުންފުނީގެ ބޭންކް އެކައުންޓަށް އެ ފައިސާ އެއްކޮށް ޓްރާންސްފާ ކުރުން ނުވަތަ މުސާރައިން އުނިކުރުމެވެ. މުސާރައިން އުނިކުރާ ނަމަ އެއް މަސް ދުވަހުގެ ތެރޭގައި އެއްކޮށް، ނުވަތަ ދެ މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކޮންމެ މަހަކު ވަކިވަރެއް އުނިކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

މިދިޔަ އަހަރުގެ ބޯނަސް ދިނުން ލަސްވެގެން މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެޗްޑީސީން ބޯނަސް ބަހަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.

މުވައްޒަފުން ބުނާ ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން ކޮންމެ އަހަރެއްގެ ވެސް ޖުލައި ނުވަތަ އޯގަސްޓް ހިސާބުގައި ބޯނަސް ލިބެ އެވެ.

އެޗްޑީސީއަކީ އާންމުކޮށް ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއްވާ އެއް ކުންފުންޏަށް ވީ ނަމަވެސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2024 ގައި ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox