ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިންތިގާލީ ސަރުކާރެއް އެކުލަވާލެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިންތިގާލީ ސަރުކާރެއް އެކުލަވާލެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި -- ފޮޓޯ: އަދަދު

ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ. 

ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހެނީ ބޭނުންޖެހިފައިވާ އެކި އިސްލާހުތައް ގެނައުމުގެ އިތުރުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކަމަށެވެ. 

"ބޭނުން ޖެހިފައިވާ އަސާސީ، އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން، އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލެއްވުމަށް ގޮވާލަން،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ. 

Advertisement

ނަޝީދު ވިދާޅުވީ މުހައްމަދު މުއިއްޒުގެ އިތުބާރު ކެބިނެޓަށް ގެއްލިފައިވާ ކަމަށެވެ. އަދި މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށެެވެ. 

މީގެއިތުރުން މި ދަނޑިވަޅުގައި ހަނގުރާމައިގެ ނޭދެވޭ އަސަރު ވެސް ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގެ ޖުމްލަ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވީ އިސްލާހަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މިއަދު ކެބިނެޓުން ވަކިވި މިނިސްޓަރުން 

 1- މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫން

2- މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ހަލީލް

3- މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް 

4- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް

5- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އައިޝަތު ޝިހާމް

6- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް އާދަމް ނަސީރު އިބްރާހީމް

7- މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މަރްޔަމް މާރިޔާ

8- މިނިސްޓަރ އޮފް ޔޫތު، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު

9- މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފު އުމަރު

10- މިނިސްޓަރ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އަލީ ހައިދަރު 

ސަރުކާރުގެ މިނިސްޓަރުންތައް މިއަދު ވަކިކޮށްފައި މިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާފައި ވަނިކޮށެވެ.

ކައުންސިލް އިންތިހާބާއެކު ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރުން ހުށަހެޅި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ހުށަހެޅުމަށް ވެސް ބޮޑުތަނުން ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox