އެމްއޭސީއެލްގެ "ކޮރަޕްޝަންތަކާމެދު" ނޫރައްދީންގެ ކަންބޮޑުވުން

އިބްރާހިމް ނޫރައްދީން:

އިބްރާހިމް ނޫރައްދީން:

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ބޯޑުން ވަކިކުރީ ޓެންޑާ ނުކޮށް 93 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެކަމުގެ ތަހުރިބާ ނެތް ކުންފުންޏަކާ ހަވާލުކުރަން ދެކޮޅު ހެދުމުން ކަމަށް ވިދާޅުވެ، އެ ކުންފުނީގެ މިހާރުގެ ހާލަތާމެދު ކުރީގެ ބޯޑު މެންބަރު، އިބްރާހިމް ނޫރައްދީން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނޫރައްދީން ވިދާޅުވީ އެމްއޭސީއެލްގެ މިހާރުގެ ހާލަތާމެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.

"މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މިހާރު ދިމާވަމުންދާ ކަންތައްތަކަކީ ފެންނަން ވަރަށް ހިތާމަވެރި މަންޒަރެއް،" ނޫރައްދީން ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ބޯޑު މެންބަރުކަމުން އޭނާ ވަކިކުރި ސަބަބު ވެސް މިއަދު އޭނާ ވަނީ ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެމްއޭސީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައި އޭނާ ހުންނަވަނިކޮށް، 93 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެމްއާރުޑީސީ އާ ހަވާލުކުރުމަށް "އެންމެ މަތިން" އެންގެވި ކަމަށެވެ. ނަމަވެސް، އެކަމާ އޭނާ ދެކޮޅު ހެއްދެވި ކަމަށް ނޫރައްދީން ވިދާޅުވި އެވެ.

"އެ ކުންފުނީގެ ބޯޑުގައި އަޅުގަނޑު ހުރިއިރު، 93 މިލިއަން ރުފިޔާގެ މަޝްރޫއެއް އެއްވެސް ބިޑް ކުރުމަކާ ނުލައި އަދި އެ މަސައްކަތުގެ ތަޖުރިބާ ނެތް އެމްއާރުޑީސީއާ ހަވާލުކުރަން އުޅުމުން އަޅުގަނޑު އެކަމާ ދެކޮޅު ހެދިން. ނަމަވެސް، އެ މަޝްރޫއަކީ "އެންމެ މަތީ ފަރާތުގެ" އިރުޝާދުގެ މަތިން ކުރިއަށްގެންދާ ކަމެއް ކަމަށް އަޅުގަނޑަށް އޭރު އެންގި،" ނޫރައްދީންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"ބޯޑު ބައްދަލުވުން ނިންމާލުމަށްފަހު އަޅުގަނޑަށް ގެއަށް ވެސް ނުދެވެނީސް، އެމްއޭސީއެލްގެ ބޯޑު މެންބަރުކަމުން އަޅުގަނޑު ވަކިކުރިކަމުގެ އީމެއިލް އަޅުގަނޑަށް ލިބުނު."

މި ތުހުމަތުތައް ނޫރައްދީން ކުރައްވާފައި ވަނީ އެމްއޭސީއެލްއިން އާދަޔާ ހިލާފަށް ގިނަ ސިޔާސީ މުވައްޒަފުންނަށް ވަޒީފާ ދީފައިވާ ކަމަށާއި އެ ކުންފުނިން މީޑިއާތަކަށް ސްޕޮންސާގެ ގޮތުގައި ދޭ ކަމަށް ބުނާ ފައިސާގެ ލިސްޓެއް އެކްސްގައި އާންމު ކޮށްފައިވަނިކޮށެވެ. އަދި، މިހައިތަނަށް ކަށަވަރު ކުރެވިފައި ނުވާ އެ މައުލޫމާތުތައް އާންމުކޮށްފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުންނެވެ.

ނޫރައްދީންއަކީ 2019 އިން ފެށިގެން އެމްއޭސީއެލްގެ ބޯޑު މެންބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ އޮކްޓޫބަރު 27، 2024، ގަ އެވެ.

އެމްއޭސީއެލްގެ ބޯޑަށް 2019 ގައި ނޫރައްދީން އައްޔަން ކުރުމުގެ ކުރިން 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެއާޕޯޓު ކޮމްޕެނީގެ ބޯޑުގައި އޭނާ ހުންނެވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް އެ ބޯޑުގެ ޗެއާމަނަކަށް ވެސް ހުންނެވި އެވެ.

އޭގެ އިތުރުން ނޫރައްދީނަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެމްބަރެއް ވެސް މެ އެވެ. އެ ބޯޑުގައި އިންނަވަނީ ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުފެ ފަރާތުންނެވެ. ކާސާ ހޯލްޑިވްސްގްއަކީ މީރުފެންފުށި ރިސޯޓު ހިންގާ ކުންފުންޏެވެ. ސީގަލް ގްރޫޕްސްގެ ކުންފުނިތައް ވެސް ހިންގަނީ ކާސާގެ ދަށުންނެވެ. އަދި މޯލްޑިވްސް އިންފްލައިޓް ކެޓަރިންގެ ބޯޑުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.

ނޫރައްދީނަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ވެސް ޑިރެކްޓަރެކެވެ. ކްރައުންގެ ދަށުން ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބޯޑުގައި ވެސް ނޫރައްދީން އިންނަވަ އެވެ. އަދިި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ނުވަތަ މަޓީގެ ބޯޑުގައި ވެސް ނޫރައްދީން މަސައްކަތް ކުރައްވަ އެވެ.

ނޫރައްދީން މަގާމުން ވަކިކުރި ސަބަބު މީގެ ކުރިން ޕީސީބީން ހާމަކޮށްފައެއް ނުވެ އެވެ. އަދި، މިއަދު އޭނާ ކުރެއެްވި ތުހުމަތުތަކާ ގުޅިގެން ވެސް ސަރުކާރުން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox