ރާއްޖޭގެ ޑައިމަންޑް ޖުބިލީ މުބާރާތުގެ ދައުވަތެއް ޕާކިސްތާނަށް

2023 ވަނަ އަހަރުގެ މާޗް މަހު ލ. ގަމުގައި ޕާކިސްތާން އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

2023 ވަނަ އަހަރުގެ މާޗް މަހު ލ. ގަމުގައި ޕާކިސްތާން އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޫން މަހު ކުޅެން ރާވާފައި އޮތް ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމުގެ ދައުވަތެއް ޕާކިސްތާންގެ ގައުމީ ޓީމަށް ލިބިފައިވާ ކަމަށް ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފި އެވެ. 

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ނަމުގައި، ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެއް ބާއްވަން އެފްއޭއެމް އިން އޮތީ ނިންމައިފަ އެވެ. އަދި، މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ. ލަންކާ އިން ވަނީ، އެ މުބާރާތުގައި ކުޅެން ނިންމިކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ބަންގްލަދޭޝް އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. ޖޫން މަހު ބަންގްލަދޭޝް އިން ދާނީ ޔޫރަޕްގައި، ސެން މެރީނޯއާ ދެކޮޅަށް ކުޅޭށެވެ. 

ޕީއެފްއެފް އިން ބުނީ، ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަަޕްގައި ކުޅެން ދައުަވަތު ލިބިފައިވާ ކަމަށާއި އެ ފުރުސަތުގެ ބޭނުންހިފުމަށްޓަކައި، އެފްއޭއެމްއާ އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި، ޕާކިސްތާނުން މި މުބާރާތަށް ޓީމެއް ފޮނުވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

ބަންގްލަދޭޝް އިން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗު ސެން މެރީނޯއާ ދެކޮޅަށް

ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުން ޔޫރަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހު، ސެން މެރީނޯއާ ދެކޮޅަށް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައި.

ޕާކިސްތާންގެ ގައުމީ ޓީމު އެންމެ ފަހުން ރާއްޖެ އަތުވެފައިވަނީ، 2023 ވަނަ އަހަރު މާޗް މަހުގައި. ލ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ. އެ މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފަ އެވެ.

އޭގެ ކުރިން، ޕާކިސްތާނުން ވަނީ 2013 ވަނަ އަހަރު ވެސް އެކުވެރިކަމުގެ މެޗުތަކަކަށް ރާއްޖެ އައިސްފަ އެވެ. އަދި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް، ރާއްޖެ އާއި ލަންކާގައި ހޯސްޓްކުރިއިރު ވެސް ޕާކިސްތާނުން ވަނީ ރާއްޖެ އަތުވެފަ އެވެ. 

ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް 19 އަހަރުން ދަށުގެ މުބާރާތެއް ވަނީ ސްކޫލްތަކަށް ބާއްވައިފަ އެވެ. އެފްއޭއެމް އިން މި މުބާރާތް ބޭއްވީ ދާދި ފަހުން ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ޓީމެއް އެކުލަވާލުމާ ވެސް އެކުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox