އަނިޔާގެ މައްސަލަތައް ތަކުރާރުވާތީ އާޓެޓާ ބޮލުގައި ރިއްސަން ފަށައިފި

Feb 17, 2026, 1:55 AM
އަނިޔާގެ މައްސަލަތައް ތަކުރާރުވާތީ އާޓެޓާ ބޮލުގައި ރިއްސަން ފަށައިފި

ލަންޑަން (ފެބްރުއަރީ 17) - ސީޒަނުގެ މުހިންމު ހިސާބަކަށް އައިސް ގިނަ މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރަމުން އަންނަނިކޮށް ތަކުރާރުކޮށް އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނާތީވެ، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ އާސެނަލް އޮތީ ލީގުގެ ވެސް އެއް ވަނައިގަ އެވެ. އަދި، ވިގަން އެތުލެޓިކް އަތުން 4-0 އިން މޮޅުވެ، އާސެނަލް ވަނީ އެފްއޭ ކަޕްގެ ގަދަ 16 ބުރުން ޖާގަ ހޯދައިފަ އެވެ. އެ މެޗަށް ފަހު އާޓެޓާ ވަނީ އަނިޔާގެ މައްސަލަތަކުގެ ކަންބޮޑުވުން އިތުރުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ.

"އެންމެ ފުރަތަމަ އަނިޔާވާން ފެށީ ސްޓްރައިކަަރުންނަށް، ދެން، ފެށީ ޑިފެންޑަރުންނަށް މިހާރު، މިކަން މި އޮތީ މިޑްފީލްޑަރުންނާ ލައިގަނެފައި،" އާޓެޓާ ބުންޏެވެ.

އޭނާ ބުނީ މި ވަގުތަށް ތިބި ކުޅުންތެރިން ލައިގެން ކުރިއަށްދެވޭތޯ ބަލަމުން އަންނައިރު، އެ ކުޅުންތެރިންގެ ފިޓްނަސް ހުރީ ވެސް އެންމެ ބޭނުންވާ ލެވަލްގައި ނޫން ކަމަށެވެ. އަދި، މި ވަގުތު މެޗުތަކުގައި ބޭނުންކުރަމުން އަންނަ ކުޅުންތެރިން މެނޭޖްކުރުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި އެކަމަކު، ފުޓްބޯޅަ އަކީ "ކޮންޓެކްޓް ސްޕޯޓް" އެއް ކަމުން ހުރިހާ ވަގުތަކުން ސަމާލުވެގެން ކުޅުނަސް އަނިޔާވުމުގެ ބިރު އޮންނާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ އަވަހަށް އާސެނަލަށް ދެން އޮތީ ލީގު ތާވަލުގެ ފުލުގައި އޮތް ވުލްވްސްއާ ކުޅޭ މެޗެވެ. އެ މެޗު އޮތީ ވުލްވްސް ދަނޑުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބުރު އަތުން މޮޅެއް ހޯދައި މާޒިޔާ ދެ ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، މާޒިޔާ ތާވަލުގެ ދެވަނައަށް ޖެހިލައިފި. ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށްޓަކައި މި މެޗަށްފަހު ލީގުގެ ކުޅުން ވަނީ މަހެއްހާ ދުވަހަށް މެދުކަނޑާލާފައި. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބް

އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެން މޮޅުވެ އިންޓަ އެއް ވަނަ އަށް

އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އިންޓަ މިލާނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ގޯލާއެކު އިންޓަ މޮޅުވިއިރު، އެޓީމަށް އެއްވަނަ ލިބެނީ ލާޒިއޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ހެޑް-ޓު-ހެޑް ގަވާއިދުން

ލިވަޕޫލަށް މޮޅެއް، ބޯންމައުތުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލުން 2-0 އިން ބްރައިޓަން ބަލިކުރިއިރު، ބޯންމައުތުން ވަނީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައި. މި މޮޅާއެކު ލިވަޕޫލް ތާވަލުގެ ހަތަރުވަނައަށް ޖެހިލިއިރު، ޔުނައިޓެޑުން މި މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ނުލައި

ޓީސީ ބަލިކޮށް ބިސް ބުރު ފަސް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި. ވިއްސާރައިގެ ސަބަބުން ކުޅުން މެދުކަނޑާލަން ޖެހުނު މި މެޗުގައި ބިސް ބުރުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގާއި މުހައްމަދު ޒިދާން އީސާ

އެތުލެޓިކޯ ސަޕޯޓަރުން ކިބައިން އަލްވަރޭޒް މައާފަށް އެދިއްޖެ

މި ސީޒަން ފެށުމުގެ ކުރިން ކްލަބް ބަދަލުކުރުމާ ގުޅޭގޮތުން ދެވުނު އިންޓަވިއުއެއްގެ ސަބަބުން، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުންގެ ކިބައިން ފޯވާޑް ޖޫލިއަން އަލްވަރޭޒް މައާފަށް އެދިއްޖެ. އޭނާ ބުނިގޮތުގައި އެ ވަގުތު ކަންތައް ކުރެވުނު ގޮތް ގޯސްކަމަށާއި، ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރޭ

ސިފައިން ގައުމީ ފައިނަަލަށް، އެމްޓީސީސީ މެޗު އެޗްޑީސީ އަށް

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުން ސިފައިން ޖާގަ ހޯދިއިރު، އައިޓީސީގެ މައްސަލައެއްގައި އެމްޓީސީސީން މެޗު ދޫކޮށްލުމުން އެޗްޑީސީ ވަނީ ތިން ވަނަ ސެމީއަށް ދަތުރުކޮށްފައި. އެމްޓީސީސީން މެޗު ދޫކޮށްލީ ބިދޭސީ ކުޅުންތެރިންގެ އެގްރީމަންޓެއްގައި ސޮއިކުރަން ވީއޭއެމްއިން އެންގި ވަގުތު ކުޑަވުމާއި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ހުރުމުން

ސާފަށް ތައްޔާރުވާން ރާއްޖޭން އިންޑޮނޭޝިއާގައި ކޭމްޕްކުރަނީ

އަންނަ މަހު ބަންގްލަދޭޝްގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި މަހުގެ 26 އިން އަންނަ މަހުގެ 2 އަށް ކުރިއަށްދާ މި ކޭމްޕަށް ފަހު، ޓީމު މުބާރާތަށް ފުރާނީ އަލުން ރާއްޖެ އައުމަށް ފަހުގައި.

Newsletter

Get the latest news delivered straight to your inbox