ދަރިފުޅަށް އެންމެ އެކަށީގެންވާ އައިނު ހިޔާރު ކުރާނީ ކިހިނެއް؟

Jan 22, 2026, 4:54 PM
ދަރިފުޅަށް އެންމެ އެކަށީގެންވާ އައިނު ހިޔާރު ކުރާނީ ކިހިނެއް؟

އާ ދިރާސީ އަހަރަށް ތައްޔާރުވާއިރު، ދަރިވަރުންގެ ކިޔެވުމަށާއި އުނގެނުމަށް އެންމެ މުހިންމު އެއް ކަމަކީ ސާފު ފެނުމެވެ. އެހެންކަމުން، އައިނު އަޅަންޖެހޭ ދަރިވަރުންނަށް އެންމެ އެކަށީގެންވާ، އަދި އަޅައިގެން އުޅެން ފަސޭހަ އައިނެއް އިހުތިޔާރު ކުރުމަކީ ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.

އައިނު އިހުތިޔާރު ކުރާއިރު ބެލެނިވެރިންނަށް އެހީތެރިވެދިނުމަށް ތައްޔާރުކޮށްފައިވާ މި ގައިޑުގައި، އައިނުގެ އަރާމުކަމާއި، ހަރުދަނާކަމާއި އަދި ސްޓައިލަށް ބަލައި އައިނު އިހުތިޔާރު ކުރާނެ ގޮތުގެ މައުލޫމާތު ހިމަނާލަމެވެ.

ސަމާލުވާންވީ ކަންތައްތައް

އާ އައިނެއް ބަލަން ފެށުމުގެ ކުރިން ނުވަތަ ކުރީގެ އައިނު އާ ކުރުމުގެ ކުރިން، ކުއްޖާގެ ލޯ ރަނގަޅަށް ޗެކްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގަވާއިދުން ލޯ ޗެކްކުރުމުން ކުއްޖާގެ ފެނުމަށް އަންނަ ބަދަލުތައް ދެނެގަނެވި، ކުލާސްރޫމުގައި ކިޔަވައިދޭ އެއްޗެހި ސާފުކޮށް ފެނުމަށާއި ކިޔެވުމަށް ސަމާލުކަން ދިނުމަށް ފަސޭހަވެގެންދާނެއެވެ.

އައިކެއާ އޮޕްޓިކަލްސްގެ އައުޓްލެޓްތަކުން މިހާރު އެއް ފުރާޅެއްގެ ދަށުން ލޯ ޗެކްކުރުމާއި ކުއްޖާއާ ގުޅޭ އައިނު އިހުތިޔާރު ކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މިހާރު ކުރިއަށްދާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގެ ދަށުން، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްތައް މެދުވެރިކޮށް އިތުރު ހަރަދަކާ ނުލައި ލިބޭ އައިނު ފްރޭމްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، ހޮވާލެވޭ ބްރޭންޑްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ވިޔަފާރި ކުރާ ފަރާތްތަކަށް ގިފްޓް ވައުޗަ ވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޖެނުއަރީ 2026 ގެ ނިޔަލަށެވެ.

ގިނަ ވަގުތު އަޅައިގެން އުޅެން އަރާމު އައިނެއް

ސްކޫލުގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ދަރިވަރުންނަށް އެންމެ ފަސޭހަވާނީ ލުއި ފްރޭމްތަކެވެ. މީގެ ސަބަބުން ކުއްޖާގެ މޫނުމަތީގައި އައިނު އޮންނަ އިރު ބަރު ނުވެ، ފަސޭހަކަމާއެކު މުޅި ދުވަހު އަޅައިގެން އުޅެވޭނެއެވެ.

ހަރަކާތްތެރި ކުދިންނަށް ވަރުގަދަ އައިނެއް

ކުޅިވަރު ކުޅުމާއި ދުވެ ހަދާ ކުދިންނަށް އެންމެ ރަނގަޅީ ފަސޭހައިން ނުބިނދޭ، އަދި ބާރަކަށް އެއްޗެއްގައި ޖެހުނަސް ގެއްލުން ނުވާ ފަދަ "އިމްޕެކްޓް ރެސިސްޓަންޓް" ފްރޭމްތަކެވެ.

ފިޓްވުމާއި ސްޓައިލް

ކުއްޖާގެ މޫނާ ގުޅޭ، އަދި ކުއްޖާ ގަޔާވާ ފަދަ ސްޓައިލެއްގެ އައިނެއް އިޚްތިޔާރު ކުރުމުން، ކުއްޖާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އައިނު އެޅުމަށް ޝައުގުވެރިކަން އުފެދެއެވެ.

މި ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ހިފުމަށް 31 ޖެނުއަރީ 2026 ގެ ކުރިން އައިކެއާ އޮޕްޓިކަލްސްގެ އައުޓްލެޓަކަށް ޒިޔާރަތް ކުރައްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox