މިދިޔަ އަހަރު ނިމުނުއިރު ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،000 މެންބަރުން

މިދިޔަ އަހަރު ނިމުނުއިރު ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،000 މެންބަރުން

މިދިޔަ އަހަރު ނިމުނުއިރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެންބަރުން ތިބިއިރު، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ތިބީ 43،784 މެންބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީން މިދިޔަ އަހަރު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކުރި ލިސްޓުގައި 10،000 މެންބަރުން ހަމަވަނީ ދަފްތަރުގައި ތިބި ނުވަ ޕާޓީގެ ތެރެއިން ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކަންޏެވެ. ޖޭޕީގައި މިދިޔަ އަހަރުގެ ނިޔަލަށް 12،343 މެންބަރުން ތިއްބެވެ.

ޕީއެންސީއަށް ގިނަ މެންބަރުންތަކެއް މިދިޔަ އަހަރު ވައްދާފައިވާއިރު، އެ ޕާޓީއަށް ބައެއް މީހުން ވަގަށް ވައްދާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެގޮތުން އެފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިގެން ދަނީ ތަހުގީގު ވެސް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު:

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 74،048 މެންބަރުން
  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43،784 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 12،343 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 9،686 މެންބަރުން
  5. އަދާލަތު ޕާޓީ (އޭޕީ) - 8،267 މެންބަރުން
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 5،133 މެންބަރުން
  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - 3،012 މެންބަރުން
  8. ދަ ޑިމޮކްރެޓްސް - 2،952 މެންބަރުން
  9. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 1،710 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތިބި މެންބަރުންނާއި އަޅާކިޔާއިރު ޕީއެންސީއަށް އަހަރުގެ ބާކީ ދުވަސްތަކުގެ ތެރޭގައި 5،383 މެންބަރުން ވަނީ އިތުރުވެފަ އެވެ. އެ މުއްދަތުގައި އެމްޑީޕީއަށް އިތުރުވީ 19 މެންބަރުންނެވެ.

އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވަކިވެފައިވަނީ ޖޭޕީންނެވެ. އެގޮތުން ޕާޓީން ޖުމްލަ 1،113 މެންބަރުން ވަނީ ވަކިވެފަ އެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 703 މެންބަރުންނާއެކު އެންއެންޕީންނެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ވަކިވީ 595 މެންބަރުންނާއެކު ޑިމޮކްރެޓްސްއިންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޖޫން 30، 2025، ގެ ނިޔަލަށް ތިބި މީހުންގެ އަދަދު:

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) - 68.665 މެންބަރުން
  2. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 43،765 މެންބަރުން
  3. ޖުމްހޫރީ ޕާޓީ (ޖޭޕީ) - 13،456 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) - 9،011 މެންބަރުން
  5. އަދާލަތު ޕާޓީ (އޭޕީ) - 8،844 މެންބަރުން
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 5،836 މެންބަރުން
  7. ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) - 3،046 މެންބަރުން
  8. ދަ ޑިމޮކްރެޓްސް - 3،547 މެންބަރުން
  9. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 1،874 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 2024 ވަނަ އަހަރު ނިމުނުއިރު 68،968 މެންބަރުންނާއެކު އޮތީ ޕީއެންސީ އެވެ. ޕީއެންސީއާ ޖެހިގެން 43،142 މެންބަރުންނާއެކު އޮތީ އެމްޑީޕީ އެވެ. ތިންވަނައިގައި 13،826 މެންބަރުންނާއެކު ޖޭޕީ އޮތްއިރު، އޭރު ދަފްތަރުގައި އޮތް ޕީޕީއެމްގައި 12،174 މެންބަރުން ތިއްބެވެ.

މީގެއިތުރުން 2024 ވަނަ އަހަރު ނިމުނުއިރު އެމްޑީއޭގައި 9،210 މެންބަރުން ތިބިއިރު، އަދާލަތުގައި ތިބީ 9،049 މެންބަރުންނެވެ. ޑިމޮކްރެޓްސްގައި އެ މުއްދަތުގައި 3،667 މެންބަރުން ތިބިއިރު، އޭރު ދަފްތަރުގައި އޮތް އެމްޓީޑީގައި 2،359 މެންބަރުން އަދި ޕީއެންއެފްގައި 2،822 މެންބަރުން ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox