ސެމްސަންގްއިން ޓްރައިފޯލްޑް (ތިން ފަޅިއަށް ފަތްޖަހާލެވޭ) ފޯނު ތައާރަފުކޮށްފި އެވެ.
އިއްޔެ ތައާރަފުކުރި ގެލެކްސީ ޒެޑް ޓްރައިފޯލްޑް ފޯނު ފަތުރާލުމުން 10 އިންޗީގެ ޓެބްލެޓަކަށް ބަދަލުވެ އެވެ. ފަތްޖަހާލުމުން އަތަށް ހެޔޮވަރު ފޯނެކެވެ. އާދައިގެ ފޯނެއް ހެން އެއް އަތުން ބޭނުންކުރަން ފަސޭހަ ވާނެ އެވެ.
މި ފޯނު އަންނަ ހަފުތާގައި ބާޒާރަށް ނެރޭނެ އެވެ.
ހުއާވޭ މޭޓް އެކްސްޓީ ފަދަ ބޭރަށް ފަތްޖެހޭ ފޯނުތަކާ ހިލާފަށް، މި ފޯނު ފަތްޖަހަނީ އެތެރެއަށެވެ. އޭގެ ސަބަބުން، ފޯނުގެ ސްކްރީން ރައްކާތެރިކޮށްދެ އެވެ.
ފޯނުގެ ފޯޗާތައް
- ޕްރޮސެސަ: ކްއަލްކޮމް ސްނެޕްޑްރަގަން 8 އެލީޓު ފޯ ގެލެކްސީ
- ރެމް: 16ޖީބީ
- ސްޓޯރޭޖް: 512 ޖީބީ ނުވަތަ 1 ޓީބީ
- ބެޓެރީ: 5600 މިލިއެމްބަޔާ/އަވާ (mAh)
- ޑިސްޕްލޭ: 6.5 އިންޗި
މި ފޯނު، ޓެބްލެޓަކަށް ބަދަލުކޮށްލުމަށް ފަހު، މައުސްއަކާއި ކީބޯޑެއް ގުޅާލުމުން އެއޮތީ ކޮމްޕިއުޓަރަކަށް ބަދަލުކުރެވިފަ އެވެ. މިފޯނުގެ ބަރުދަނީ 309 ގްރާމެވެ. ފޯނުގެ އަގު އުޅެނީ 2450 ޑޮލަރަށެވެ.

ގެލެކްސީ އެސް އަދި ޒެޑް ފޯލްޑް ސީރީޒްގެ މޮޅު ކެމެރާ ސިސްޓަމް މި ފޯނުގައިވެސް ހިމެނެ އެވެ
- މައި ކެމެރާ: 200MP ސެންސަރު
- އަލްޓްރާވައިޑް: 12MP
- ޓެލެފޮޓޯ: 10MP (3x އޮޕްޓިކަލް ޒޫމް)
- ސެލްފީ:10MP ގެ ދެ ކެމެރާ










