ދެ މީހަކަށް ރަމަޟާން މަހުގެ އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އައިކެއާއިން ހުޅުވާލައިފި

Dec 1, 2025, 1:48 AM
ދެ މީހަކަށް ރަމަޟާން މަހުގެ އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އައިކެއާއިން ހުޅުވާލައިފި

ރަމަޟާން މަހުގެ އުމްރާގެ އަޅުކަން އަދާކުރަން ދިޔުމުގެ ފުރުސަތު ދެ މީހަކަށް ލިބޭ ޕްރޮމޯޝަނެއް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދޭ، އައިކެއާ އޮޕްޓިކަލްސް އިން ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 2026ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އައިކެއާގެ ކޮންމެ އައުޓްލެޓަކުން 1,000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ހަރަދުކުރާ ކަސްޓަމަރުންނަށް މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ގުރުއަތުގައި ބައިވެރިވާނެ ގޮތް:

  • އައިކެއާގެ ކޮންމެ އައުޓްލެޓަކުން މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިއެއް ކުރުން.
  • ކޮންމެ 1,000 ރުފިޔާއަކަށް އެއް ކޫޕަން ލިބޭނެ
  • ކޫޕަން ފުރާލުމަށްފަހު ހުށަހެޅުމުން ގުރުއަތުގައި ބައިވެރިވެވޭނެ

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތު ހޮވޭ ފަރާތަކަށް ލިބޭ ދެ މީހެއްގެ އުމްރާ ދަތުރުގެ އިންތިޒާމުތައް ހަމަޖައްސާނީ، އައިކޭއިން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށެވެ.

Advertisement

މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިޔަކު ހޮވުން އޮންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ނަސީބުވެރިޔަކަށް ހޮވޭ ފަރާތަށް ލިބޭ އުމްރާ ދަތުރުން އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އައިކެއާއިން ބުނެ އެވެ.

މި ގުރުއަތުގައި އައިކެއާގެ މުވައްޒަފުންނާއި، އެމީހުންގެ އާއިލާގެ މީހުންނާއި، ފަތުރުވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ބައިވެރިނުވެވޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.

ލަކީ ޑްރޯގެ އިތުރުން ބައެއް ބްރޭންޑްތަކުން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އަދި 3،000ރ. އަށްވުރެ މަތިން ހައްދާ ކޮންމެ އައިނަކާއެކު، އާއިލާ އާއި ރައްޓެހި ރަހްމަތްތެރިންނަށް ހަދިޔާ ކުރެވޭ 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ލިބެ އެވެ.

އައިކެއާގެ ހިދުމަތް 2003 ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox