އަންހެން ކެރަމް ޓީމަށް ވޯލްޑް ކަޕުން ރަން މެޑަލް ހޯދުމުގެ އަމާޒެއް

Nov 29, 2025, 10:46 AM
ގައުމީ އަންހެން ކެރަމް ޓީމުގެ ވިޝާމާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ގައުމީ އަންހެން ކެރަމް ޓީމުގެ ވިޝާމާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އަންނަ އަންގާރަ ދުވަހު މާލޭގައި ބާސެލޯސް ނަސަންދުރާގައި ފަށާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން ޓީމަށް ރަން މެޑަލެއް ނުހޯދެންވީ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އައިމިނަތު ވިޝާމާ ބުނެފި އެވެ.

ރާއްޖޭގައި، 11 އަހަރަށް ފަހު ކެރަމް ވޯލްޑް ކަޕް ކުރިއަށްދާނީ އަންނަ މަހުގެ 2-6 އަށެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ރާއްޖޭގައި، ކެރަމް ވޯލްޑް ކަޕެއް ބޭއްވީ، ސަން އައިލެންޑް ރިސޯޓުގަ އެވެ. މި ފަހަރު، ބާސެލޯސް ނަސަންދުރާގައި މުބާރާތް ކުރިއަށްދާއިރު، އެ މުބާރާތަށް ހާއްސަކޮށް ރާއްޖޭގެ ޓީމުން އަންނަނީ 45 ދުވަހުގެ ފޯކަސް ޓްރެއިނިންތަކެއް ކުރިއަށްގެންދަމުންނެވެ.

ވިޝާމާގެ އިތުރުން، ގައުމީ އަންްހެން ކެރަމް ޓީމުގައި ހިމެނެނީ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، ފާތިމަތު ރަޔާނާ އަދި އައިޝަތު ނަހުފާ އެވެ.

Advertisement

"އަންހެން ކެރަމް ޓީމާ ދޭތެރޭގައި ވަރަށް ޕޮޒިޓިވްކޮށް މީނީ. ދެން، ކުރިން މުބާރާތެއްގައި އެބައިން ފައިނަލެއް ކުޅެފައި. އެހެންވީމަ، އަޅުގަނޑުމެންނަށް ރަން މެޑަލަކަށް ދާން ވަރަށް ރަނގަޅު ފުރުސަތެއް މިއީ، އަޅުގަނޑުމެންނަށް ނުލިބޭނެ އެއްޗެއް ނޫން މި ގޯލްޑަކީ، މިހާރު ތިބި ކުޅުންތެރިން ތިބީ ވަރަށް ފޯމުގައި، ހަމަ އަޅުގަނޑު ދެކެނީ، ފައިނަލުގައި ރަނގަޅު ވަނައެއް ހޯދައި، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ރަނގަޅު ކާމިޔާބެއް ލިބޭނެ،" މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކެރަމް ވޯލްޑް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ވިޝާމާ ބުންޏެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

ގައުމީ ޓީމުގެ މެނޭޖަރު، ހުސެއިން އަލީ ބުނީ، ގައުމީ ކެރަމް ޓީމުުގެ ޓްރެއިނިން އަށް އިންޑިއާ އިން ގެނެސްފައިވާ ދެ ޓްރެއިނަރުން ވެސް ފާހަގަކޮށްފައިވާ މައިގަނޑު ކަމަކީ، ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރިކަން ކަމަށެެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގައި އެ ހުނަރުގެ ބޭނުންކޮށް ކާމިޔާބު ހޯދަން މަދުވާ ސަޕޯޓް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ހުސެއިން ވަނީ ބުނެފަ އެވެ.

"ކުޅުންތެރިންނަށް މަދުވާ އެއްޗަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ބޭރުގައި ކުޅޭ މުބާރާތްތަކުގައި ސަޕޯޓަރުން ނެތުން، ދެން، މި ފަހަރު ގަބޫލުކުރަނީ މި ފަހަރުގެ މުބާރާތުގައި މި ސަޕޯޓް ލިބޭނެ ކަމަށް ކުރީގައި އަޅުގަނޑުމެން ވޯލްޑް ކަޕް ލެވަލް މުބާރާތްތައް ކުޅުނުއިރު، މުޅިންހެން ރާއްޖޭން ބޭރުގައި ކުޅެފައި ހުރީ، ދެން، ރާއްޖޭގައި ކުޅުނު މުބާރާތުގަައި، އިއްތިފާގުން ކުޅެން ޖެހުނީ ރިސޯޓެއްގައި، އެހެންވެ، އާއިލާ އަށް ވެސް ރައްޓެހިންނަށް ވެސް އަދި ސަޕޯޓަރުންނަށް ވެސް މެޗުތަކަށް ނުދެވުނު އެކަމަކު މި ފަހަރު މި ފުރުސަތު އެބައޮތް. އެހެންވެ، މި ފަހަރު ސަޕޯޓަރުން މެޗުތަކަށް އައިސް ހިތްވަރު ދިނުމުން ރަން މެޑަލެއް ހޯދަން ހިތްވަރަކަށްވާނެ،" ހުސެއިން ބުންޏެވެ.

ފަހަކަށް ވުރެން ގިނަ ވޯލްޑް ޗެމްޕިއަނުން ވެސް ވާދަކުރާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި، 17 ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކުރާ ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ކެރަމް ވޯލްޑް ކަޕްގެ ޕްރޮމޯޝަނަށް ގިނަ ކަންތައްތަކެއް ކެރަމް އެސޯސިއޭޝަނުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox