ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ ފިރިހެން ކެރަމް ޓީމުގެ ފޯކަސް ބަހައްޓައިގެން ޓާގެޓްތަކާ ދިމާލަށް

Nov 29, 2025, 10:45 AM
ކެރަމް ވޯލްޑް ކަޕްގެ ތައްޔާރީތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަދީލް ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކެރަމް ވޯލްޑް ކަޕްގެ ތައްޔާރީތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަދީލް ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އަންނަ އަންގާރަ ދުވަހު، ބާސެލޯސް ނަސަންދުރާގައި ފަށާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަށް ގައުމީ ފިރިހެން ކެރަމް ޓީމުން ފޯކަސް ބަހައްޓައިގެން މަސައްކަތްކޮށް ޓާގެޓްތައް ހާސިލްކުރަން މަސައްކަތްކުރާނެ ކަމަށް ޓީމުގެ ކުޅުންތެރިޔާ، އާދަމް އަދީލް ބުނެފި އެވެ.

ގައުމީ ކެރަމް ޓީމުގެ މައުލޫމާތު ހިއްސާ ކުރުމަށާއި މުބާރާތަށް ތައްޔާރުކުރި، ރާއްޖެ ޓީމުގެ ޕްރޮމޯޝަނަލް ލަވަ ލޯންޗްކުރުމަށް، ބުރާސްފަތި ދުވަހު، ހެންވޭރު ބޯޅަ ގޭގައި ކުރިއަށްދިޔަ އިވެންޓްގައި، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި، އަދީލް ބުނީ، ފިރިހެން ޓީމުން ބައިނަލްއަގުވާމީ ކޮންމެ މުބާރާތަކަށް ނުކުންނައިރު ވެސް އޮންނާނީ މަދުވެގެން ގަދަ ތިނެއްގެ ތެރޭގައި ހިމެނުމުގެ ޓާގެޓެއް ކަމަށެވެ.

"މި ފަހުން އެކި ޓްރެއިނިންތަކުގެ އެހީތެރިކަމާ އެކު މި އައީ އިމްޕޫރްވަމުން، އަސްލު ޓީމު އައީ ޕްރޮގްރެސް ވަމުން، ސްކޮޑުގެ ތެރޭގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް އައީ ޕްރޮގްރެސް ވަމުން. ދެން، ޕްލޭޔަރުން އިންޓަޗޭންޖް ވިޔަސް، ޓޮޕް އަށް މި އަރާ ހަތަރެއް ނޫނީ ފަސް ކުޅުންތެރިން ވަރަށް ޗޭންޖް ނުވޭ. ދެން އޭގެ ތެރެއިން ޓާގެޓް ހަދައިގެން މި އައީ މަދުވެގެން ފައިނަލް ކުޅެން ޖެހޭނެއޭ،" އަދީލް ބުންޏެވެ.

Advertisement

ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޓީމުގެ ސްކޮޑުގައި އަދީލްގެ އިތުރުން ހިމެނެނީ، އިބްރާހިމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއިލް އަޒްމީން އަދި މުހައްމަދު މުންތަސިރު އެވެ.

އަދީލް ބުނީ، ފިރިހެން ޓީމުގެ ކުޅުންތެރިންގެ ކިބައިގައި ކަނޑައަޅާ ޓާގެޓަށް ވާސިލްވުމުގެ ހުނަރު އެބަހުރި ކަމަށެވެ. އަދި، އަމިއްލަ ހުނަރު ތަރައްގީ ކުރަން، ކުޅުންތެރިން އަމިއްލަ އަށް މަސައްކަތް ކުރާކަން ވެސް އަދީލް ފާހަގަކޮށްފައިވެ އެވެ.

"އެ ކޮލިޓީ، އެ ސްކިލް އެބަހުރި އަޅުގަނޑުމެންގެ ޕްލޭޔަރުންގެ، ދެން، ވަރަށް ގިނަ ޕްލޭޔަރުންނަކީ ނެޝަނަލް ޓީމުގައި މި ލިބޭ ޓްރެއިނިންގެ އިތުރުން ޕްރައިވެޓް ޓްރެއިނިން އަށް ވެސް ޓޮޕް ލެވަލް ގައުމުތަކަށް ގޮސް، ޓޮޕް ކޯޗުން ކައިރީ ވޯކް ކުރާ ޕްލޭޔަރުން، އެހެންވީމަ، ވަރަށް ޕޮޒިޓިވްކޮށް ފެންނަނީ، އަޅުގަނޑުމެންގެ ޓާގެޓަކީ، އަބަދުވެސް ޓީމު އިވެންޓްގައި އެންމެ ކުޑަމިނުން ފައިނަލުގައި ކުޅުން،" އަދީލް ބުންޏެވެ.

ޓީމުގެ ޓާގެޓްތަކުގެ އިތުރުން، އިންޑިވިޖުއަލް ޓާގެޓްތައް ވެސް ކުުޅުންތެރިންގެ އެބަހުރިކަން ފާހަގަކޮށް، އަދީލް ބުނީ، ގަދަ 8 ގެ ތެރޭގައި ހިމެނުމަކީ ވެސް ބޮޑު ކާމިޔާބަކަށްވާނެ ކަމަށެެވެ.

"އެންމެ ބޮޑަށް ސިންގަލްސް ކުޅޭ ކުޅުންތެރިން ގަދަ އަށަކަށް އެރުނު ކަމަށް ވިޔަސް އެއީ ވަރަށް ބޮޑު ކާމިޔާބެއް. އެ ހިސާބުން ވަރަށް ވާދަވެރިވާނެ. ގަދަ އަށަކަށް އަރާފައި ދެ މެޗަށް ފަހު ފައިނަލަށް މި ދެވެނީ. ސިންގަލްސް އިވެންޓްތަކުގައި އެންމެ ކުޑަމިނުން ގަދަ އަށެއް، ދެން، ޓީމު އިވެންޓްގައި ފައިނަލް ކުޅުން ޓާގެޓަކީ ފިރިހެން ޓީމުގެ،" އަދީލް ބުންޏެވެ.

މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.

ބާސެލޯސް ނަސަންދުރާގައި ހަތް ވަނަ ކެރަމް ވޯލްޑް ކަޕް އޮންނާނީ ޑިސެމްބަރު 2-6 އަށެވެ. މިއި، 2014 ވަނަ އަހަރުގެ ފަހުން، ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ފަހަރު ކެރަމް ވޯލްޑް ކަޕް އޮތީ ސަން އައިލެންޑް ރިސޯޓުގަ އެވެ. މި ފަހަރު، މާލެ ސަރަހައްދުގައި، ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް ވޯލްޑް ކަޕްގެ މެޗުތައް އޮތުމުން އޭގެ ފައިދާ ކުޅުންތެރިންނަށް ނެގެން އޮތީ ވީހާވެސް ގިނަ ބަޔަކު ޓީމަށް ސަޕޯޓްކުރުމަށް އައިސްގެންކަން، ޓީމުގެ ކުޅުންތެރިންނާއި މުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox