އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށް އުޝަމް ވިދާޅުވެއްޖެ

އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސަރުކާރުން ކަނޑައަޅާ ސަރަހައްދެއްގައި ނޫން ގޮތަކަށް މާލޭގައި އެއްވެ އުޅުން މަނާ ކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިފަދައިން ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތް ގާނޫނުއަސާސީ އާއި ހިލާފު ކަމަށް މީގެ ކުރިން އޭނާ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"އާދެ. މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަ ހިމެނިފަ އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމަ އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.

އޭނާގެ މި ޖަވާބާއެކު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ވަނީ ރާއްޖެ އަކީ ބިން ކުޑަ ގައުމެއް ކަމުން މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނޭތޯ އުޝާމް އާއި ސުވާލުކުރައްވާފަ އެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ، އެއްވެ އުޅުން ހިމެނޭހެން ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ އިމެއްނެތި، ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫން ކަމަށެވެ. އެ ބާބުން ލިބިދޭ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ އެހެންވެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ ހައްގުތައް ބޭނުންކުރަންވާނީ ހަމަ އެހެން މީހުންގެ ހައްގުތަކަށް ވެސް ރިއާޔަތްކޮށްގެން. އިހުތިރާމް ކޮށްގެން،" ނަސީރަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވި އެވެ.

އުޝާމް ހިމެނުނު 19 ވަނަ މަޖިލީހުން ވެސް މި ގާނޫނަށް ޔާމީނުގެ ސަރުކާރުން ގެނައި ބަދަލު ބާތިލުކުރަން މަސައްކަތްކުރި އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ގާނޫނު އޮތްގޮތަށް އޮއްވަ އެވެ.

އެކަން ފާހަގަކޮށް އުޝާމް މިއަދު ވިދާޅުވީ، އެ ގާނޫނު މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހަށް ބިލެއް ފޮނުވާނެ ކަމަށެވެ. ނަމަވެސް، އެ ބިލުގައި ގެންނަ ބަދަލުތަކުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

"އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާއިރު، އިއްޒަތްތެރި މެންބަރު ތި ވިދާޅުވިހެން ރާއްޖެ ފަދަ ގައުމުތަކުގެ އެކަން ކުރާގޮތަށް އެކަން ކުރާނީ. ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފަ އޮންނަނީ މިނިވަން ދިމަކްރާތިކް މުޖުތަމައުތަކުގަ ހައްގުތައް މިނިވަންކުރާ މިންވަރަށްށޭ ރާއްޖޭގަ ވެސް އެކަން ކުރާނީ،" އުޝާމް ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރުމުގެ ވާހަކަ މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވަނީ ހިމަަނުއްވައިފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެމަނިކުފާނުގެ މެނިފެސްޓޯގެ 19.11 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްވެ އުޅުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ބަލައި ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ބެލުމަށްފަހު އިސްލާމް ދީނާ ހިލާފުނުވާނެ ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެއްވެ އުޅުން ހަނިކޮށްފައި އޮތް އޮތުން އުވާލަން ނުވަތަ އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރަން ސަރުކާރުން މިހާތަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި، މި ސަރުކާރާއި ދެކޮޅަށް މާލޭގައި ކުރި އެކި މުޒާހަރާތައް ވަނީ ރޫޅާލާފަ އެވެ. އޭގެތެރެއިން މި އަހަރު އެކަނި ވެސް ނޫސްވެރިން، ޒުވާނުން، އަދި އިދިކޮޅު އެމްޑީޕީން ބޭއްވި ވަކިވަކި މުޒާހަރާތައް ރޫޅާލައި މީހުން ހައްޔަރުކޮށް ބައެއް މީހުންނަށް ދައުވާ ވެސް އުފުލި އެވެ.

އެންމެ ފަހުން ސަރުކާރާއި އިދިކޮޅަށް އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަ މީހަކު މިހާރު ވެސް ތިބީ ބަންދުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox