ޓޯޓަލް ފިޒިއޯ: ޒަމާނީ އާލާތްތަކާއެކު އެޑްވާންސް ފިޒިއޮތެރަޕީ

Aug 28, 2025, 7:03 AM
ޓޯޓަލް ފިޒިއޯ: ޒަމާނީ އާލާތްތަކާއެކު އެޑްވާންސް ފިޒިއޮތެރަޕީ

ޓޯޓަލްފިޒިއޯއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭންފެށި ކްލިނިކެވެ. މި ކްލިނިކަށް އަހަރެއްވާން ކައިރިވެފައިވާއިރު އެ ކްލިނިކްގެ ސަކްސަސް ރޭޓް ނުވަތަ ކާމިޔާބުވާ މިންވަރު ހުރީ 90 ޕަސެންޓުން މަތީގަ އެވެ.

"އެންމެ ބޮޑު އުފަލަކީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބެމުން ދިޔަ ތަކުލީފުތަކުން ފަސޭހެ ވެގެން ދިޔުން. އެ ނިސްބަތް ރަނގަޅު ހިސާބެއްގައި ހިފެހެއްޓުން" ޓޯޓަލް ފިޒިއޯގެ މެނޭޖިން ޑިރެކްޓަރު އަރީން އަހުމަދު ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރުން ފެށިގެން ހިދުމަތް ދެމުންއަންނަ ޓޯޓަލްފިޒިއޯ ހުންނަނީ ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގަ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ މަގުބޫލުކަމާއި އިތުބާރު ހޯދި މި ކްލިނިކަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާސަންދައިގެ ދަށުން ހިދުމަތް ދިނުމުގެ އިންތިޒާމްތައް އަދި ހަމަޖެހިފައި ނެތުމެވެ.

"އާސަންދަ ނުލިބޭތީ ބަލިމީހާއަށް އެބަހުރި ތަކުލީފުތަކެއް. އެކަމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން،" އަރީން ވިދާޅުވި އެވެ.

އާސަންދަ ނެތުމުގެ ދަތި ކަން އޮތް ނަމަވެސް އެ ކުލިނިކުން ވަނީ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަމައަށް ހިލޭ ކޮށްދީފަ އެވެ. ޖޫން މަހުގެ ފަހުން ވެސް ނަގަމުން އަންނަނީ އާއްމުކޮށް ކްލިނިކްތަކުން ނަގާ އަގުތަކާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެކެވެ.

"މިހާރު އެބަ ނަގަން 250 ރުފިޔާ ކޮންސަލްޓޭޝަން އެސެސްމަންޓަށް އެހެނިހެން ފީތަށް ވެސް މި ބަލަނީ ވިހާވެސް ކުޑަ އަގެއްގައި ބެހެއްޓުމަށް. މިއީ ގާތްގަނޑަކަށް 40 ޕަސެންޓު ޑިސްކައުންޓު ރޭޓެއް" އަރީން ވިދާޅުވި އެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފިޒިއޮތެރަޕީގެ އެންމެ އެޑްވާންސް ހިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދެނީ ހަމައެކަނި ކްލިނިކް ހެދިފައިވާ އިމާރާތުގެ ހަތަރުފާރުގެ ތެރޭގައެއް ނޫނެވެ.

ބަލީގެ ބާވަތުން އެނދުގައި އޮންނަން ޖެހިފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ގޮސްއުޅުމަށް ދަތި ފަރާތްތަކާއި ޕޯސްޓް ސާޖަރީ އާއި އިނީޝިއަލް ސްޓޭޖުގައި ވެސް ފިޒިއޮތެރަޕީ ދިނުމަށް ގޭގެއަށް ގޮސްގެން އެ ކްލިނިކުން ހިދުމަތް ފޯރުކޮށްދެ އެވެ.

"ހިޕް ސާޖަރީ ފަދަ ބައެއް އޮޕަރޭޝަންތަކަށްފަހު އެބަ ބޭނުންވޭ ދުވަސްކޮޅެއް ފިޒިއޮތެރަޕީ. އެ ހާލަތްތަކުގައި އަޅުގަނޑުމެންގެ ޓީމުން މި ދަނީ ބަލި މީހާގެ ގާތަށް."

ގެއަށް ދިޔަ ނަމަވެސް ބޭނުންކުރާ މެޝިނަރީއާ ފަރުވާގެ ފެންވަރަށް ބަދަލުތަކެއް ނާދެ އެވެ.

"މަދު ބައެއް ކަންކަން ހުންނާނެ ގެއަށް ގޮސްގެން ނުކުރެވޭ މިސާލަކަށް ކުޅިވަރުގެ ތެރެއިން ލިބޭ އަނިޔާއަށް ފަރުވާ ހޯއްދަވާ ފަރާތްތަކުން އާއްމުކޮށް މި ބޭނުންކުރައްވާ ޖިމްގެ ހިދުމަތްތައް. ޖިމްގެ ފުރިހަމަ ހިދުމަތް ހޯއްދެވޭނީ މިތަނަށް ވަޑައިގެން. އެނޫން ގިނަ ހިދުމަތްތަކެއް މޮބައިލްކޮށް ދެވޭނެ،" އަރީން ވިދާޅުވި އެވެ.

މި ކްލިނިކުން ފަރުވާ ހޯދުމަށްޓަކައި ކުރިއާލާ އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދާކަށް ނުޖެހެ އެވެ. މި ކްލިނިކްގެ ފިޒިއޯތެރަޕިސްޓުންގެ ޓީމުން ބެލުމަށްފަހު ފިޒިއޮތެރަޕީ ބޭނުންވާ ނަމަ އެ މީހަކަށް އެކަށީގެންވާ ފަރުވާ އަދި ފަރުވާގެ ތާވަލު އެމީހަކާ ހިއްސާ ކުރެވެ އެވެ.

"ބައެއް ފަހަރަށް ބައެއް ބޭފުޅުން ވިދާޅުވޭ މިވެނި އެވެނި ތަނެއްގަ ރިއްސަނީއޭ. އެކަމަކު އެ ވެދާނެ ހިނގާލަން ދިއުމުން ރަނގަޅުވެދާނެ ފަދަ ތަދަކަށް. އެހެންވީމަ ފިޒިއޮތެރަޕީ ހައްދަވަން ޖެހިވަޑައި ނުގަންނަވާނަމަ އެ ވާހަކަ ވެސް އަޅުގަނޑުމެން ދަންނަވަން."

ފަހުގެ މެޝިނަރީއާ ތަޖުރިބާކާރު ޓީމުގެ މަސައްކަތާއެކު ޓޯޓަލް ފިޒިއޯގެ އެންމެ ބޮޑު އެއް އަމާޒަކީ ބަލިމީހާއަށް އެންމެ އެކަށީގެންވާ ފަރުވާގެ ޕްލޭނެއް ކަނޑައަޅައި ރިކަވަރީ ނުވަތަ ބަލި ފަސޭހަވާ މުއްދަތު ވީހާވެސް އަވަސްވެގެން ދިއުމެވެ.

"މިސާލަކަށް ލޭޒާތެރަޕީ އަދި ކްރައޯތެރަޕީ އަކީ ވަރަށް އެފެކްޓިވް ޓްރީޓްމަންޓެއް. ލޭޒާތެރަޕީން އެކިއުޓް އަދި ކްރޮނިކް ތަދުތައް ކުޑަކޮށްދީ ދުޅަތިރިކޮށްދޭ. އަދި ކްރައޯތެރަޕީއަކީ ވެސް އެކިއުޓް އިންޖަރީސް އިން އަންނަ ތަދުތަކާއި ދުޅަތައް ތިރިކޮށް ދިނުމަށް ވަރަށް އެފެކްޓިވް ތެރަޕީއެއް. މީ ރިކަވަރީ ޓައިމް އަވަސްކޮށްދޭ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ޓޯޓަލްފިޒިއޯގެ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް ހޯދުމާ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ވައިބަރ ނަންބަރު 7661700 އަށް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކޮށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox