އާބާދީ އަށް ބަލާނަމަ ޗައިނާ އާއި އިންޑިއާ ވޯލްޑް ކަޕް ކުޅޭނެ: ސުޒޭން

Jun 9, 2025, 3:50 PM
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ފުޓްބޯޅައިގައި ކަންކަން ހާސިލްވަނީ އާބާދީ އަށް ބަލައިގެން ކަމަށްވާނަމަ، ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާ ވާދަކުރާނެ ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން މި ގޮތަށް ބުނެފައިވަނީ، އޮސްޓްރޭލިއާގެ ޑާވިންގައި މާދަމާ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ގޮތުން، އެ ޕްރެސް ކޮންފަރެންސްގައި، ސުޒޭނަށް އަމާޒުވި ސުވާލަކީ، ރާއްޖެ އަކީ ކުޑަ އާބާދީއެއް އޮތް ގައުމަކަށް ވެފައި، ފުޓްބޯޅައިގައި ކުރިއަށްދާން އެ ބޭނުންވާ ކަންކަން ހާސިލްކުރުމުގައި ގޮންޖެހުން ބޮޑުކަމާ މެދު ދެކޭ ގޮތެއް ހާމަކުރުމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދީ ކޯޗިންގައި ވެސް ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ ކާމިޔާބު ކޯޗު، ސުޒޭން ބުނީ، ފުޓްބޯޅައިގެ ކަންކަން ހާސިލްކުރަން ބަލާއިރު، އާބާދީ އަކީ އެންމެ މުހިންމު ކަމެއް ނޫން ކަމަށެވެ.

"އެއީ އާބާދީ އަށް ބަލަންޏާ، އިންޑިއާ އާއި ޗައިނާ ވޯލްޑް ކަޕް ފައިނަލުގައި ކުޅޭނެ. ފުޓްބޯޅައިގެ ސަގާފަތެއް ގައުމުގައި އޮތުން މުހިންމީ، އަހަރެމެންގެ ގައުމުގައި ފުޓްބޯޅަ ދެކެ ލޯބިވާ ސަގާފަތެއް މި އޮންނަނީ. އަހަރެެމެން ވަރަށް ރަނގަޅަށް ކުޅެމުން މި އަންނަނީ ރީޖަނަލް ފުޓްބޯޅައިގައި، ސާފް ޗެމްޕިއަންޝިޕް، އިންޑިއާ ވެސް ކުޅޭ މި މުބާރާުތުގައި، އެކަމު އަހަރެމެންގެ ވެސް ވަރަށް ރަނގަޅު މުބާރާތްތަކެއް އެބައޮތް. ފުޓްބޯޅަ އަށް އެ އޮންނަން ޖެހޭ ޖޯޝާއި ފޯރި ރާއްޖޭގައި އެބައޮތް. އެއީ، ހަގީގަތުގައި ފުޓްބޯޅައިގައި ކުރިއަށްދާން ލިބޭ ހިތްވަރަކީ،" ސުޒޭން ބުންޏެވެ.

"އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ މިދިޔަ ތިން އަހަރު އެ މުބާރާތްތައް ވެސް ރަނގަޅަކަށް ނޫން ދިޔައީ ރާއްޖޭގެ ފުޓްބޯޅަ އަށް، އެއީ، ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ ސަބަބަކީ،"

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ވާހަކަ ދައްކަނީ.--- ފޮޓޯ: އެފްއޭއެމް

ރާއްޖޭން ޓިމޯ ލެސްޓޭ މެޗަށް ތައްޔާރީތައް ފަށާފައިވަނީ، މިދިޔަ މަހު 29 ވަނަ ދުވަހު އެވެ.

ސުޒޭން ބުނީ، ރާއްޖޭގައި މިދިޔަ މަހު ކުޅުނު، ކުރު މުބާރާތެއް ކަމަށްވާ އެފްއޭއެމް ލީގު ކަޕަށް ފަހު ކުޅުންތެރިން ކޮންފިޑެންސް ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަމަށެވެ. އަދި، ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވާން ލިބުނު ސިންގަޕޫރު މެޗުން، 3-1 އިން ރާއްޖެ ބަލިވި ކަމުގައި ވިޔަސް، އެ މެޗުގެ ނަތީޖާ ނޫން ކަންކަމަށް ހާއްސަކޮށް ދެ ވަނަ ހާފުގެ ކުޅުމަށް ބަލާއިރު، ރަނގަޅު މެޗެއް ކަމަށް ސުޒޭން ފާހަގަކުރި އެވެ.

ސުޒޭން ބުނީ، ޓިމޯ ލެސްޓޭ އަކީ ފުޓްބޯޅައިގައި ރަނގަޅު ކުރަމުން އަންނަ ޓީމެއް ކަމަށާއި އެ ޓީމު ކުޅޭ ގޮތް ވެސް އެނގޭ ކަމަށެެވެ.

"އަހަރެމެން އެ މީހުންނަށް އިހުތިރާމް ކޮށްގެންކުޅެން ޖެހޭނީ، އަހަންނަށް އެނގޭ. އެ މީހުން ސިންގަޕޫރާ ދެކޮޅަށް ވެސް ކުޅެފައިވޭ، ދެން އާސިއާން ގައުމުތަކާ އެކު ކުޅުނު މެޗުތައް ވެސް ފެނުނު، އެ މީހުން ރަނގަޅު އެބަކުރޭ ދުވަހެއް ދުވަަކަށް،" ސުޒޭން ބުންޏެވެ.

"ދެން، އަހަރެމެންނާ އަޅާކިޔާއިރު، އަހަރެމެންގެ މި ވަގުތު ލޯކަލް ލީގެއް ނެތް، މިދިޔަ ދެ އަހަރު އަހަރެމެން ލީގެއް ނުކުޅެ އޮތީ ފުޓްބޯޅަ ދަނީ ކުޑަކޮށް ފަހަތަށް، އެކަމަކު ވެސް ކުޑަ މުބާރާތަކަށް ފަހު (ލީގު ކަޕަށް ފަހު)، ކުޅުންތެރިންގެ މޮޓިވޭޝަން ވެސް ރަނގަޅުވަމުން އަންނާތީވެ، މި މެޗުން ތިން ޕޮއިންޓް ހޯދަން މަސައްކަތް ކުރާނަން،"

ރާއްޖޭގައި، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ރަސްމީ ލީގުގެ މެޗެއް ނެތި، އޭޝިއަން ކަޕް ކޮލިފައިން އަށް ނުކުމެ، ފުރަތަމަ މެޗުގައި، ފިލިޕީންސް އަތުން މާޗް މަހު 4-1 އިން ބަލިވި މެޗުގައި ކުޅެން ޖެހުނީ ޑިފެންސްކޮށްގެން ކަން ސުޒޭން ވަނީ ބުނެފަ އެވެ. އަދި، އެ ގޮތަށް އެ މެޗުގައި ނުކުންނަން ޖެހުނީ، ގިނަ ދުވަސްތަކެއް ވަންދެން ކުޅުންތެރިން އެ ލެވަލްއާ ގާތަށް ވެސް ކުޅެފައިނުވާތީ، "ޓަޗް ގެއްލިފައި" ހުރުމުން ކަމަށް ސުޒޭން ފާހަގަކުރި އެވެ.

ސުޒޭން ބުނީ، ރާއްޖޭން ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭނީ އެންމެ ބޭނުންވާ ގޮތަށް ބޯޅަ ހިފަހައްޓައިގެން އެޓޭކިން ގޭމެއް ކަމަށެވެ.

"އަހަރެމެން ފަހަތަށް ޖެހިގެން ޑިފެންސެއް ނުކުރާނަން މި ޓީމާ (ޓިމޯ ލެސްޓޭއާ) ދެކޮޅަށް. އަހަރެެމެން ކުޅޭނީ ނޯމަލް މެޗެއް، ބޯޅަ ހިފަހައްޓައިގެން އެޓޭކް ކުރެވޭތޯ އުޅޭނީ، ފިލިޕީންސް މެޗުގައި ކުޅުނު ގޮތަކަށް ނޫން މި މެޗުގައި ކުޅޭނީ،" ސުޒޭން ބުންޏެވެ.

ރަސްމީ ފުޓްބޯޅަ ނެތި ދިޔަ މުއްދަތުގައި، ރާއްޖޭގެ ރަށްރަށުގައި ބޭއްވި މުބާރާތްތަކުގައި ކުޅުންތެރިން ކުޅެފައިވާ ކަމަށާއި އެ މުބާރާތްތަކީ، އިންޓަނޭޝަނަލީ މި ބަލާ މިންގަނޑުތައް މިންވަރަށް އޮގަނައިޒް މުބާރާތްތަކެއް ނޫން ކަމުގައި ވިޔަަސް، ކުޅުންތެރިންނަށް ކުޅެލަން ފުރުސަތު ލިބުނުކަން ސުޒޭން ފާހަގަކުރި އެވެ. އަދި، ދިގު މުއްދަތަކަށް، ރާއްޖޭގައި ޕްރެކްޓިސް ކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގިނަ ކުޅުންތެރިންތަކެއް ނަގައި، ބާކީ ކުޅުންތެރިން ނެގިއިރު، ނިމިދިޔަ ލީގު ކަޕަށް ބެލިކަމަށް ވެސް ސުޒޭން ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގައި، ބަންގްލަދޭޝް އަތުން ރާއްޖެ ބަލިނުވިނަމަ، އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނިސް ކަމަށާއި އެ ފުރުސަތު ނުލިބުނީ ނަސީބު ވެސް ދެރަވުމުން ކަމަށް ސުޒޭން ވަނީ ބުނެފަ އެެވެ.

ޓިމޯ ލެސްޓޭ އަތުން ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށް ސުޒޭން ބުނުމުން، ރާއްޖެ ޓީމުން ނަތީޖާ ނެރުމަށް ބަރޯސާވާނެ ކުޅުންތެރިންނަކީ، ކޮބައިތޯ އެހި އެވެ. އެ ގޮތުން، ސުޒޭން ފާހަަގަކުރީ، 37 އަހަރުގެ އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން، ޓީމުގައި ދެން ތިބި ހަލުވި އެޓޭކަރުންގެ ހުނަރުގެ ވާހަކަ އެވެ.

ފީފާ/އޭއެފްސީ މިންގަނޑުތަކަށް ފެތޭ ދަނޑެއް ޓިމޯ ލެސްޓޭގައި ނެތުމުން، އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭގެ ހޯމް މެޗުތައް ކުޅޭނެ ދަނޑެއް ހޯދުމަށް އޮތީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށެވެ. އެ ގޮތުން، މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅެން އޮތް މެޗު އެންމެ ފުރަތަމަ ޝެޑިއުލްކުރެވޭތޯ މަސައްކަތް ކުރީ ތައިލެންޑްގައި ކުޅުމަށެވެ. އެކަމަކު، އެ ނިންމުން ކޮޅެއްގައި ނުޖެހި، އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ޓިމޯ ލެސްޓޭ އިން ނިންމީ އެވެ.

ޓިމޯ ލެސްޓޭ އާއި ރާއްޖެއާ ކުޅޭ މެޗު އޮތީ، އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގަ އެވެ. ޖުމްލަ އެކު، 10،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ރަގްބީ އަށް ބޭނުންކުރި ދަނޑެއް ނަމަވެސް، ފުޓްބޯޅަ މެޗުތައް ވެސް ކުޅޭ ސްޓޭޑިއަމެކެވެ. މި މެޗު ވެގެންދާނީ އޮސްޓްރޭލިއާގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށެވެ. މެޗު ފަށާނީ، ރާއްޖެ ގަޑިން މާދަމާ ހެނދުނު 11:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox