މާޒިޔާ ހާޑްވެއާއިން ކްރިސްބޯ ބްރޭންޑުގެ ޓޫލްސް ވިއްކަން ފަށައިފި

May 21, 2025, 2:33 PM
މާޒިޔާ ހާޑުވެއާ ފިހާރަ: މި ފިހާރައިން ކްރިސްބޯގެ ގިނަ ސާމާނުތަކެއް ލިބޭނެ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާޒިޔާ ހާޑުވެއާ ފިހާރަ: މި ފިހާރައިން ކްރިސްބޯގެ ގިނަ ސާމާނުތަކެއް ލިބޭނެ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާޒިޔާ ހާޑްވެއާއިން އިންޑޮނޭޝިއާގެ މޮޅު މަރުކާއެއް ކަމުގައިވާ، ކްރިސްބޯ ބްރޭންޑުގެ ޕަވާ ޓޫލްސް އާއި ސާފު ކުރަން ބޭނުންކުރާ އާލާތްތަކާއި ހިފާގެންގުޅޭ އާލާތްތަކާއި އެހެން ގިނަ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މާޒިޔާއިން މި ތަކެތި ބާޒާރަށް ނެރެމުން ފަށާފައިވާ ޕްރޮމޯޝަނެއްގެ ދަށުން ހުރިހާ އައިޓަމަކުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފަ އެވެ. އަދި 200ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް، ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.

"ގެޓް ލަކީ ޑިޕް" ގެ ނަމުގައި ހިންގ ލަކީޑްރޯގައި ބައިވެރިވެގެން ކްރިސްބޯގެ "13 އިން 1 ޕޮކެޓް" ޓޫލް އިނާމެއްގެ ގޮތުގައި ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް މާޒިޔާ ހާޑްވެއާއިން މައުލޫމާތު ދީފައިވެ އެވެ.

Advertisement
މާޒިޔާ ހާޑްވެއާއިން ބާޒާރަށް ނެރެފައިވާ ކްރިސްބޯގެ ބައެއް އުފެއްދުންތައް: މިއީ އިންޑޮނޭޝިއާގައި މަގުބޫލުކަން ހޯދާފައިވާ މޮޅު އުފެއްދުމެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
މާޒިޔާ ހާޑްވެއާއިން ބާޒާރަށް ނެރެފައިވާ ކްރިސްބޯގެ ބައެއް އުފެއްދުންތައް: މިއީ އިންޑޮނޭޝިއާގައި މަގުބޫލުކަން ހޯދާފައިވާ މޮޅު އުފެއްދުމެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މާޒިޔާ ހާޑްވެއާއިން ބާޒާރަށް ނެރެފައިވާ ކްރިސްބޯގެ ބައެއް އުފެއްދުންތައް: މިއީ އިންޑޮނޭޝިއާގައި މަގުބޫލުކަން ހޯދާފައިވާ މޮޅު އުފެއްދުމެއް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މީގެ 12 ވަރަކަށް އަހަރު ކުރިން އުފައްދަން ފެށި ކްރިސްބޯ މަރުކާގެ ސާމާނަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ހޯދައި، ކޮލިޓީ އުފެއްދުންތަކެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ އާލާތްތަކަކެވެ.

މާޒިޔާއިން ބުނި ގޮތުގައި ކްރިސްބޯގެ ނަރުކެނޑި އާއި އިސްކޫރު އަނބުރާ ކަށިން ފެށިގެން ގޮސް ކޮންސްޓްރަކްޝަނާއި އިމާރާތްކުރުމުގައި ބޭނުންކުރާ ޕަވާ ޓޫލްތަކާއި އެއަށް ބޭނުންވާ ސާމާނު ލިބެ އެވެ. އޭގެ އިތުރުން ވެކިއުމް ކްލީނަރާއި ޖަނަރޭޓަރުތައް ވެސް އަދި ސޭފްޓީ އާލާތްތައް ވެސް އެ ފިހާރައިން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox