ގިނަ އިނާމުތަކާއެކު ރެފްކޫލް އިން ވީޑިއޯ ކޮންޓެންޓު މުބާރާތެއް ބާއްވަނީ

Feb 23, 2025, 4:42 PM
ގިނަ އިނާމުތަކާއެކު ރެފްކޫލް އިން ވީޑިއޯ ކޮންޓެންޓު މުބާރާތެއް ބާއްވަނީ

ކުރިއަށް އޮތް ރޯދަމަހާ ގުޅުވައިގެން ރާއްޖޭގެ ކޮންޓެންޓު ކްރިއޭޓަރުންނަށް އަމާޒުކޮށް ވީޑިއޯ ކޮންޓެންޓު މުބާރާތެއް ބާއްވަން ރެފްކޫލް އިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަ ރޯދަ ނިމެންދެން ކުރިއަށްދާ މުބާރާތަށް ކިޔަނީ "ރޯދަ ކޫލް ކުރުން" ކަމަށެވެ.

މި މުބާރާތުގެ މަގުސަދަކީ ދިވެހި ކޮންޓެންޓް ކްރިއޭޓަރުންގެ ހުނަރު އެއްތަނަކުން ދައްކާލުމުގެ ފުރުސަތު ދިނުމާއި އެ ފަންނުވެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފަންނާނުންނަށް ކުރިއަށް ދިއުމަށް ހިތްވަރުދީ، އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

ރޯދަ ކޫލް ކުރުން މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް -/60،000 ރުފިޔާ އަދި -/35،000 ރުފިޔާގެ ތަކެތީގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އިނާމުތަކަކީ؛

ޑައިމަންޑް ކެޓަގެރީގެ؛

1 ވަނަ: -/12،000 ރުފިޔާ އާއި 9000 ބީޓީޔޫ ގެ ގްރީ އޭސީ އެއް

2 ވަނަ: -/8،000 ރުފިޔާ އާއި 55 އިންޗީގެ ޖޭވް ސްމާޓް ޓީވީ އެއް

3 ވަނަ: -/5،000 ރުފިޔާ އާއި ގްރީ އެއަރ ޕިއުރިފަޔަރ

ޕްލެޓިނަމް ކެޓަގެރީގެ؛

1 ވަނަ: -/10،000 ރުފިޔާ އާއި 50 އިންޗީގެ ޖޭވް ސްމާޓް ޓީވީ އެއް

2 ވަނަ: -/6،000 ރުފިޔާ އާއި ޖެނޯމީ ރޯޒް 12 ގެ ފަހާފޮއްޓެއް

3 ވަނަ: -/4،000 ރުފިޔާ އާއި ކެންވުޑު އެއަރ ފްރަޔަރ އަވަނެއް

ގޯލްޑް ކެޓަގެރީގެ؛

1 ވަނަ: -/8،000 ރުފިޔާ އާއި 8 ކިލޯގެ ކޮފްލީ ދޮންނަ މެޝިނެއް

2 ވަނަ: -/4،000 ރުފިޔާ އާއި ގްލޭންޒް އިލެކްޓްރިކް އަވަނެއް

3 ވަނަ: -/3،000 ރުފިޔާއާއި ޕިއްޒާ މޭކަރެއް

މުބާރާތުގެ ކޮންމެ ބައިވެރިޔަކަށް ނުވަތަ ޓީމަކަށް ތިން ކެޓަގަރީގައި ވެސް ބައިވެރިވެވޭނެ އެވެ. އަދި އެއް ކޮންޓެންޓަށް ވުރެ ގިނައިން މުބާރާތަށް ހުށަހެޅިދާނެ އެވެ.

ސޯޝަލް މީޑިއާގައި ރެފްކޫލް ޓެގުކޮށް މި ކޮންޓެންޓު ހިއްސާކުރުމަށްފަހު marketing@refcool.com.mv އަށް ނުވަތަ 7778330 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް ކުރުމުން މުބާރާތުގައި ބައިވެރިވެވުނީ އެވެ.

ރެފްކޫލަކީ އެސީ އާއި ފިނިކުރުމަށް ބޭނުންވާ ސާމާނު ރާއްޖެ އެތެރެކޮށް، އެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ދެމުން އަންނަ، 25 އަހަރުވެފައިވާ، އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ. އަދި އެއީ ދުނިޔޭގެ އެއްވަނަ ބްރޭންޑުގެ އޭސީ ގްރީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ގްރީގެ އޭސީ އާއި ގްރީގެ އެހެނިހެން ޕްރޮޑަކްޓްތައް ރެފްކޫލުން ރާއްޖެ އެތެރެކޮށް މާކެޓް ކުރާތާ 22 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox