އުފާވެރި ހަބަރަކާ އެކު ބާސެލޯނާ ސުޕަ ކަޕް ފައިނަލަށް

Jan 9, 2025, 7:49 AM
އުފާވެރި ހަބަރަކާ އެކު ބާސެލޯނާ ސުޕަ ކަޕް ފައިނަލަށް

ޖިއްދާ، ސައުދީ އަަރަބިއްޔާ (ޖެނުއަރީ 9) - ކޯޓު މެދުވެރިކޮށް ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯ އަށް މެޗުތަކުގައި ކުޅުމުގެ ވަގުތީ ހުއްދައެއް ލިބުނުތާ އިރުކޮޅެއް ފަހުން، ސްޕެނިޝް ސުޕަ ކަޕްގައި އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލިކޮށް ބާސެލޯނާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބާސެލޯނާގެ މާލީ މައްސަލަތަކުގެ ސަބަބުން، އެ ޓީމުން މި ސީޒަނުގައި ގެނައި، ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯގެ ރެޖިސްޓްރޭޝަން ކެންސަލްކޮށްލި މައްސަލައިގައި، ބާސެލޯނާ އިން ވަނީ ކޯޓު މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދައިފަ އެވެ. އެއީ، މި އެޕީލް މަރުހަލާ ނިމެންދެން އޮލްމޯ އާއި ޕައު ވިކްޓޯ އަށް ކުޅެވޭ ގޮތަށެވެ.

އެހެން ކަމުން، ސުޕަ ކަޕް ފައިނަލުގައި އޮލްމޯ އާއި ޕައު ވިކްޓޯ އަށް ކުޅެވޭނެ އެވެ.

ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިިދިނީ 17 ވަނަ މިިނިޓްގައި ގަވީ ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ހަތް މިނިޓް ތެރޭ ބާސެލޯނާގެ އަނެއް ލަނޑު ޖެހީ، ލަމީން ޔަމާލް އެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި ބާސެލޯނާ އިން ކުޅެން ޖެހޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެ ވަނަ މެޗަށް ފަހު އެވެ. އެ މެޗުގައި މަޔޯކާ އިން ކުޅޭނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ބާސެލޯނާ އަތުން ރެއާލް ވަނީ 4-1 އިން މޮޅުވެފަ އެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ، 14 ފަަހަރު ހޯދި ބާސެލޯނާ އެވެ. ރެއާލުން ވަނީ 13 ފަހަރު ތަށި އުފުލާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox