ސްކޫލް ޓެބްލެޓުތަކަށް މެކްސްކޮމްއަށް 23 މިލިއަން ދައްކަން އެޑިޔުކޭޝަނަށް ހުކުމްކޮށްފި

ރާއްޖެއަށް އިލެކްޓްރޯނިކްސްގެ ބާވަތްތައް ގެނެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މެކްސްކޮމް: މި ޓެބްލެޓުތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ސްކޫލް ކުދިންނަށް ޓެބްލެޓު ދޭން ވެގެން ގެނައި އެއްޗެއް -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއަށް އިލެކްޓްރޯނިކްސްގެ ބާވަތްތައް ގެނެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މެކްސްކޮމް: މި ޓެބްލެޓުތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ސްކޫލް ކުދިންނަށް ޓެބްލެޓު ދޭން ވެގެން ގެނައި އެއްޗެއް -- ފޮޓޯ: އަދަދު ފައިލް

ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންނާއި ޓީޗަރުން ބޭނުން ކުރަން ޓެބްލެޓުތަކެއް ފޯރުކޮށްދިނުމަށް 2017 ގައި މެކްސްކޮމް ޓެކްނޮލިޖީސް އާއެކު އެޑިއުކޭޝަން މިނިސްޓަރީން ވެފައި އޮތް އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ދޭންޖެހޭ ފައިސާގެ ތެރެއިން ދައުލަތުން ހިފަހައްޓާފައި ހުރި 15 ޕަސެންޓު ވެސް އެ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ކޯޓުން އިއްޔެ ކުރި ހުކުމް ކުރީ އެޑިއުކޭޝަން މިނިސްޓަރީ އާއި މެކްސްކޮމް އާ ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ދަށުން މިނިސްޓަރީއަށް ފޯރުކޮށްދިން ޓެބްލެޓުތަކަށް ދޭންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން، ނުދީ ހިފަހައްޓާފައި ހުރި 23.6 މިލިއަން ރުފިޔާ، އަންނަ ޑިސެމްބަރު 1 ގެ ކުރިން އެ ކުންފުންޏަށް ދޫކުރުމަށެވެ.

މިއީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރު ސްކޫލްތަކަށް 71،400 ޓެބްލެޓު ފޯރުކޮށްދިނުމަށް ކުރެވުނު މުއާމަލާތުގެ 15 ޕަސެންޓު ފައިސާ އެވެ. ދައުލަތުން މި ފައިސާތައް ހިފަހައްޓާފައި ހުރީ ސްކޫލްތަކަށް ޓެބުލެޓުތައް ފޯރުކޮށްދޭން އޮތް މުއްދަތުގައި އެކަން ކޮށްފައި ނުވާ ކަމަށް ބުނެ ދައުލަތުން ހިފަހައްޓާފައި ހުރި ފައިސާ އެވެ.

Advertisement

މެކްސްކޮމް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ޓެބްލެޓުތައް ފޯރުކޮށްދިނުން ލަސްވީ އެޑިއުކޭޝަނުގެ ޒިންމާ އަދާ ނުކުރުމުން ކަމަށް ކަނޑައަޅައި، ދައުލަތުން ހިފަހައްޓާފައި ހުރި ފައިސާ ހޯދައިދިނުމަށް އެދި އެވެ.

ނަމަވެސް ދައުލަތުން ކޯޓުގައި ބުނެފައި ވަނީ އެ ފައިސާ ހިފަހެއްޓީ، ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި މެކްސްކޮމްއިން މަސައްކަތް ނިންމާފައި ނުވާތީ، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.71 ވަނަ މާއްދާގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ދައުލަތުން އެއްބަސްވުމުގައި ބުނާ މުއްދަތަށް މެކްސްކޮމްއިން މަސައްކަތް ނިންމާފައި ނުވަނީ އެޑިއުކޭޝަން މިނިސްޓަރީން އަދާ ކުރަންޖެހޭ އަދާ ނުކުރުމުގެ ސަބަބުން ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދެފަރާތުގެ ދެމެދުގައި ވެފައި އޮތް އެއްބަސްވުމުގައި ބުނެފައި ވަނީ:

  • މަސައްކަތުގެ ޖުމުލަ އަގަކީ 157.7 މިލިއަން ރުފިޔާ
  • މަސައްކަތް ފެށޭ ތާރީހެއް ކަމަށް އޮތީ ޑިސެމްބަރު 9، 2017
  • މަސައްކަތް ނިންމަންޖެހޭ ތާރީހަކީ ފެބްރުއަރީ 2، 2018

މެކްސްކޮމް އާ އެއްކޮޅަށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގެ ފަސްފަހަތަށް ބެލުމުން، މަސައްކަތް ނިންމަންޖެހޭ ތާރީހު ޖޫން 19، 2018 އަށް އިތުރު ކޮށްދީފައިވާކަން އެނގޭ ކަމަށެވެ.

ނަމަވެސް އެ މުއްދަތަށް ވެސް މަސައްކަތް ނިންމިފައި ނުވަނީ އެޑިއުކޭޝަނާ އެކު މެކްސްކޮމް އިން ވީ އެއްބަސްވުމުގައި އެ ޓެބްލެޓުތައް ޑެލިވާ ކުރަންޖެހޭ ސްކޫލްތަކުގެ ތަފުސީލުތައް ނެތުމުން ކަމަށެވެ. އަދި ސްކޫލްތަކަށް ފޯރުކޮށްދިން ޓެބްލެޓުތައް އެކްޓިވޭޓު ކުރުމުގައި ވެސް ސްކޫލްތަކުން ލަސްކަމެއް ގެންގުޅެފައިވާތީ ކަމަށް ސިވިލް ކޯޓުން ފާހަގަ ކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox