ޝަހާގެ މޮޅުކުޅުމާ އެކު، ފުރަތަމަ ކޯޗު ޝުއައިބް އަށް ބޮޑު ފަހުރެއް

ޝަހާގެ މޮޅުކުޅުމާ އެކު، ފުރަތަމަ ކޯޗު ޝުއައިބް އަށް ބޮޑު ފަހުރެއް

ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގެ ބެސްޓް އޮޕަސިޓް ސްޕައިކާގެ މަގާމު ހޯދި އާމިނަތު ޝަހާ ޝާމިން ހޯދި ކާމިޔާބީއާ އެކު, އެކަމުގެ އެންމެ ބޮޑު އުފަލެއް ލިބުނު އެއް ފަރާތަކީ އޭނާގެ ފުރަތަމަ ކޯޗު ޝުއައިބް އަހުމަަދު އެވެ.

ކޯޗު ޝުއައިބް އަކީ ޝަހާގެ ފުރަތަމަ ކޯޗެވެ. ސްކޫލު ދައުރު ޝަހާ އަށް ވޮލީގެ ބޭސިކް ދަސްކޮށްދިން ފަރާތަކީ ޝުއައިބް އެވެ. ވޮލީގެ ބިންގާ އެޅީ ޝުއައިބްގެ އިރުޝާދުގެ ދަށުންނެވެ. އެ ފަހުން ގައުމީ ޓީމުން ލިބުނު ފުރުސަތާއެކު ޝަހާ, ވޮލީގައި ވިދާލި އެވެ. މިއަދު އެއީ ގައުމީ ވޮލީ ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ.

މީގެ ކުރިން "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ވެސް ޝަހާ ވަނީ އޭނާގެ އެންމެ ފުރަތަމަ ކޯޗުގެ ހައިސިއްޔަތުން ޝުއައިބް ކޯޗު ކޮށްދިން މަސައްކަތް ފާހަގަކޮށް އޭނާ އަށް ޝުކުރުއަދާކޮށްފަ އެވެ.

ގައުމީ ވޮލީ ޓީމުން ކިރްގިސްތާން އަތުން 3-2 ސެޓުން ބަލިވި މެޗުގައި ވެސް ޝަހާގެ މޮޅު ކުޅުން ފާހަގަވި އެވެ. އެކަން އެ ވަގުތު ކޮމެންޓަރީ ބޮކްސްގައި އެނަލިސްޓަކަށް އިން ޝުއައިބް ފާހަގަ ވެސް ކުރި އެވެ.

މެޗަށް ފަހު ކޯޗު ޝުއައިބް ވަނީ ޝަހާއާ ވަކިން ބައްދަލުވެސް ކޮށްފަ އެވެ. ފަހުރުވެރިކަމާ އެކު، ޝަހާ ހޯދި ކާމިޔާބަށް މަރުހަބާ ކިޔުމަށް ފަހު ކޯޗު ޝުއައިބް ވަނީ ޝަހާ އަށް އިތުރަށް ކުރިއަށް ދިޔުމުގައި، އަމަލުކުރަންވީ ގޮތުގެ ނަސޭހަތް ދީފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ވެސް މީގެ ކުރިން ޝުއައިބު ވަނީ މަސައްކަތްކުރައްވާފައި: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެެރެއިން ޝުއައިބު (ވ) އާއި ގައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު އަދީލް (ބޭބެ).--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ކޯޗު ޝުއައިބް ބުނީ, ޝަހާ އަކީ ނަމޫނާ ކުޅުންތެރިއެއް ކަމަށެވެ. އަދި ޝަހާ އަކީ ޓާގެޓެއް އޮވެގެން އެކަން ހާސިލްކުރަން މަސައްކަތް ކުރާ ކުޅުންތެރި އެއް ކަމަށެވެ. އެއީ، ޝަހާގެ މޮޅު ކުޅުމުގެ އަސްލު ކަމަށް ވެސް ޝުއައިބް ވަނީ ފާހަގަކޮށްފަ އެވެ.

"ޝަހާގެ ކުރިއެރުމަކީ ހަގީގަތުގަ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ޝަހާގެ ޕާފޯމެންސް މިހާރު އެހުރި ވަރަކީ ހަމަ ރާއްޖޭގެ ޓޮޕް ލެވަލް އެއް ޕްލޭޔަރެއްގެ ގޮތުގައި ޝަހާ މިހުރީ އެހެންވެ ޖުމްލަ ގޮތެއްގައި ވަރަށް އުފާވި އަޅުގަނޑު ޝަހާ އަށް ބެސްޓް އޮޕަޝިޓް ކުޅުންތެރިޔާ ލިބުނީމަ." ގައުމީ އަންހެން ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ޝުއައިބް ފާހަގަކުރި އެވެ.

ޝުއައިބް ބުނީ ޝަހާގެ ކުޅުމަކީ ރާއްޖޭގެ ވޮލީ އަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަން ޝުއައިބް ފާހަގަކުރި އެވެ.

"އަޅުގަނޑާ ޝަހާ ފުރަތަމަ ދިމާވީ ސްކޫލް އޯވަރޯލް ސިލެކްޝަނުން އެ ދުވަހު ވެސް އަޅުގަނޑު ލޮލުގަ ޝަހާ އަޅައިގަން. އޭރުވެސް އަޅުގަނޑު ބުނިން ޝަހާ ކައިރީ ޝަހާގެ މަސައްކަތުގެ ރޭޓް ރަނގަޅުކުރަން. ގައުމީ ޓީމަށް އެރޭނެ ފެންވަރު ހުރި ކުޅުންތެރި އެއް ކަން ޝަހާ އަކީ. އެކަން ޝަހާ ހާސިލްކުރި. މިހާރު އަޅުގަނޑު ދެކެން ބޭނުންވަނީ ޝަހާ ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކުރާ ދުވަސް" ޝުއައިބް ފާހަގަކުރި އެވެ.

ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ނަމޫނާ މަސައްކަތެއް ކުރާ ކޯޗެއްގެ ގޮތުގައި ފާހަަގަކުރެވޭ ޝުއައިބު ވަނީ ޝަހާގެ އިތުރުން ވެސް ގިނަ އަންހެން ވޮލީ ކުޅުންތެރިންނަށް ކުރިއެރުވުން ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox