ވެން ޑައިކް ވެސް ލިވަޕޫލްގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންވޭ

Sep 9, 2024, 2:40 AM
ވެން ޑައިކް ވެސް ލިވަޕޫލްގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންވޭ

ލިވަޕޫލް (ސެޕްޓެމްބަރު 9) - ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވެސް އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރަން ބޭނުންވާ ކަަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ވެން ޑައިކް އާއި މުހައްމަދު ސަލާހު އަދި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ. އެ ތިން ކުޅުންތެރިންނާ އެކު ވެސް ލިވަޕޫލުން މި މަސް ތެރޭގައި ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތައް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭގެ ތެރެއިން، ސަލާހު އާއި ވެން ޑައިކް ހުރީ ކޮންޓްރެކްޓް އާ ކުރަން ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Advertisement

އެ ގޮތުން، ވެން ޑައިކް، 33، ގެ ވިސްނުން ހުރީ، ލިވަޕޫލާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދައި، 2026 ވަނަ އަަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް އެ ކްލަބްގައި މަޑުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ވެން ޑައިކް މި ނިންމުން ނިންމީ، ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންގެ ވެސް މަޝްވަރާގެ މަތިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުތެމްޓަން ދޫކޮށް، 2018 ވަނަ އަހަރުގެ ޖެނުއަރީގައި ވެން ޑައިކް ލިވަޕޫލަށް ބަދަލުވީ 94 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިއީ އޭރަށް ބަލާނަމަ ޑިފެންޑަރަކަށް ކްލަބަކުން ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލާ ގުޅުމަށް ފަހު ވެން ޑައިކް ތަފާތު މޮޅަށް ކުޅުނެވެ. އަދި އިންޑިވިޖުއަލް އެވޯޑްތަކަށް ވެސް ވަނީ ވާދަކޮށްފަ އެވެ.

މި ސީޒަނުގައި، އާނާ ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޓީމުގެ ފަހަތުގައި ވެން ޑައިކް ވެސް ކުޅެމުން އަންނަނީ ރަނގަޅު ފޯމެއްގަ އެވެ. ލީގުގެ ތިން މެޗުން ލިވަޕޫލް މޮޅުވީ، ކޮޅަށް ގޯލެއް ނުވަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox