ކުދި ވިޔަފާރިތަކާ އެކީ ބޮޑުފެންޑާ އިން މި ފަހަރު ގެނެސްދެނީ "ފެންޑާ ފްލޭވާސް"

ބޮޑުފެންޑާގެ އިވެންޓު ހޯލް: މިތަނުގައި މިފަހަރު "ފުޑް ފްލޭވާސް" ނަމުގައި ފުޑް ފެއާއެއް އަންނަ މަހު--- ފޮޓޯ: ސޯޝަލް މީޑިއާ

ބޮޑުފެންޑާގެ އިވެންޓު ހޯލް: މިތަނުގައި މިފަހަރު "ފުޑް ފްލޭވާސް" ނަމުގައި ފުޑް ފެއާއެއް އަންނަ މަހު--- ފޮޓޯ: ސޯޝަލް މީޑިއާ

"ފެންޑާ ފްލޭވާސް" ގެ ނަމުގައި ފުޑް ފެއާ އެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ބޮޑުފެންޑާގެ ވެރިޔާ ޖެނިފާ މުސްތަފާ ބުނެފި އެވެ.

"އަދަދު" ނޫހާއި ވާހަކަދައްކަމުން ޖެނިފާ ބުނީ މި ފެއާ އަކީ ގޭގައި އަމިއްލަ ވިޔަފާރިކުރަމުން އަންނަ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފެއާއެއް ކަމަށެވެ. އަދި އަތުން ކުދިކުދި ކެވެލި، ފަށް ތަކެތި އުފައްދާ މީހުންނަށް ވެސް އެއްޗެހި ވިއްކުމުގެ ފުރުސަތު މި ފެއާގައި ފަހިވެގެން ދާނެ ކަމަށް އޭނާ ބުންޏެވެ.

"މި ފެއާއަކީ ގޭގައި ތަކެތި ހަދައިގެން ވިއްކާ މީހުންނަށް އަމާޒުކޮށްގެން ބާއްވާ ފެއާއެއް. މި ފެއާގައި އެމީހުން ހަދާ ކާ ތަކެތީގެ އިތުރުން ކްރާފްޓްސް އެއްޗެހި ވެސް ވިއްކޭނެ" ޖެނިފާ ބުންޏެވެ.

Advertisement

މި އިވެންޓުގައި ތަކެތި ވިއްކަން ޖެހެނީ 500 ރުފިޔާ ދީފައި މޭޒެއް ގަނެގެންނެވެ. އެ ތަނުން ތަކެތި ވިއްކައިގެން ލިބޭ ރުފިޔާ ލިބޭނީ އެ ތަކެތި ވިއްކާ މީހާއަށެވެ. އަދި އިތުރު އެހެން ފައިސާތަކެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ޖެނިފާ ބުންޏެވެ.

ބޮޑުފެންޑާ އިން 2021 ގައި ވެސް "ބޭކާސް ފެއާ" ގެ ނަމުގައި ވަރަށް ކާމިޔާބު ފެއާއެއް ބޭއްވި އެވެ. މި ފެއާ ކުރިއަށް ގެންދަން ނިންމާފައި ވަނީ ބޮޑުފެންޑާ އިން ކުރިއަށް ގެންދާ އެހެން އިވެންޓުތައް ވެސް ކުރިއަށް ގެންދާ ގޮތަށް "ޕްލާސްޓިކް ފްރީ" ކޮށެވެ.

އަންނަ މަހުގެ ހަތެއްގައި ބޭއްވުމަށް ނިންމާފައިވާ "ފެންޑާ ފްލޭވާސް" ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7777649 ނުވަތަ 7870331 އަށް ގުޅުއްވައިގެން މޭޒެއް ނެގޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox