އޮލިމްޕިކްސްގެ ނުވަ ވަނަ ރަން މެޑަލް ހޯދައި ލެޑެކީ ރެކޯޑަކާ ހަމަކޮށްފި

Aug 4, 2024, 10:00 AM
އޮލިމްޕިކްސްގެ ނުވަ ވަނަ ރަން މެޑަލް ހޯދައި ލެޑެކީ ރެކޯޑަކާ ހަމަކޮށްފި

ޕެރިސް (އޮގަސްޓް 4) - އެމެރިކާގެ އަންހެން ފެތުންތެރިޔާ، ކޭޓީ ލެޑެކީ، މިހާރު ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސްގެ 800 މީޓަރު ފްރީސްޓައިލް އިވެންޓުން ރަން މެޑަލް ހޯދައި، ގޭމްސްގެ ތާރީހުގައި އެންމެ ގިނަ ރަން މެޑަލް ހޯދި އަންހެން އެތުލީޓުގެ ރެކޯޑާ ހަަމަކޮށްފި އެވެ.

މީގެ ކުރިން އޮލިމްޕިކްސްގައި، އަންހެން އެތުލީޓުންގެ ތެެރެއިން، އެންމެ ގިނަ ރަން މެޑަލް ހޯދުމުގެ ރެކޯޑް ހަމައެކަނި އޮތީ، ސޯވިއެޓް ޔޫނިއަންގެ ޖިމްނާސްޓިކް އެތުލީޓު، ލަރީސާ ލަޓީނީނާ އަތުގަ އެވެ. ޖުމްލަ އެކު، އޭނާ އަތުގައި، އޮލިމްޕިކްސްގެ ނުވަ ރަން މެޑަލް ހިމެނޭ ގޮތަށް، 14 މެޑަލް އެބައޮތެވެ.

މި ފަހަރު އޮލިމްޕިކްސްގެ 800 މީޓަރު ފްރީސްޓައިލް އިވެންޓް، ލެޑެކީ ފުރިހަމަ ކުރީ އަށް މިނިޓް، 11.04 ސިކުންތުންނެވެ. މިއާ އެކު، އޮލިމްޕިކްސްގެ މި އިވެންޓުން އެކަނި ވެސް ލެޑެކީ މި ވަނީ ހަތަރު ވަނަ ފަހަރަށް ރަން މެޑަލް ހޯދައިފަ އެވެ. ލެޑެކީ، އަކީ އެމެރިކާގެ ތަރި، މައިކަލް ފެލްޕް އަށް ފަހު އެއް އިވެންޓުން ހަތަރު ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓެވެ.

ލެޑެކީ، 27، ބުނީ ހަތަރު ފަހަރު އެއް އިވެންޓަކުން ރަން މެޑަލް ހޯދުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި ފަހުރުވެރިވެވޭނެ ބޮޑު ކާމިޔާބެއް ކަމަށެެވެ.

އޭނާ ބުނީ، 3 އޮގަސްޓް، 2012 އަކީ ފުރަތަމަ ފަހަރަށް އެ މެޑަލް ހޯދި ދުވަސް ކަމަށާއި މި ފަހަރު ވެސް އެ ތާރީހާ ދިމާކޮށް މެޑަލް ހޯދުމަކީ، ކުރިއަށް ފިޔަވަޅުތަކެއް އެޅޭ ކަމުގެ ހެއްކެއް ކަމަށެވެ.

އޮލިމްޕިކްސްގައި އެންމެ ގިނަ މެޑަލް ހޯދުމުގެ ރެކޯޑް އޮތީ އެމެރިކާގެ ލެޖެންޑަރީ ފެތުންތެރިޔާ، ފެލްޕްސް އަތުގަ އެވެ. އޭނާ ވަނީ ޖުމްލަ އެކު، 28 މެޑަލް ހޯދައިފަ އެވެ. އޭގެތެރެއިން 23 މެޑަލަކީ ރަން މެޑަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox