ފައިސާ ދެއްކިޔަސް ކިންގްސްޓަންއިން ސައިކަލް ނުދީ އަށް މަސް!

ސައިކަލް ނުލިބި ތިބި މީހުން ކިންގްސްޓަން ފިހާރައިގެ ތެރޭގައި ތިބިއިރު، އެތަނުގެ ވެރިޔަކާ ފުލުހުން ވާހަކަ ދައްކަނީ. -- ފޮޓޯ: އަދަދު

ސައިކަލް ނުލިބި ތިބި މީހުން ކިންގްސްޓަން ފިހާރައިގެ ތެރޭގައި ތިބިއިރު، އެތަނުގެ ވެރިޔަކާ ފުލުހުން ވާހަކަ ދައްކަނީ. -- ފޮޓޯ: އަދަދު

މާލޭގައި ސައިކަލް ވިއްކާ ފިހާރައެއް ކަމުގައިވާ ކިންގްސްޓަން މޯލްޑިވްސްއަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ސައިކަލް ނުލިބި އަށެއްކަ މަސް ވެއްޖެ ކަމަށާއި، ސައިކަލް ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް، އެ މަޅީގައި ޖެހިފައިވާ ބައެއް މީހުން ބުނެފި އެވެ.

ސައިކަލް ގަންނަން ފައިސާ ދެއްކި ގިނަ ބަޔަކު މިއަދު މެންދުރު ފަހުން ފެށިގެން އިރު އޮއްސެންދެން ކިންގްސްޓަން ފިހާރަ ތެރޭގައި ތިބެ، ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ކިންގްސްޓަން ފިހާރަ ހުންނަނީ ކެނެރީ ކޯޅީގަ އެވެ.

އެތަނުގައި ހުރި އަންހެނަކު ބުނީ އޭނާގެ ސައިކަލަކީ އުފަން ދުވަހުގެ ހަދިޔާއަކަށް ލިބުނު އެއްޗެއް ކަމަށެވެ.

"އެ ސައިކަލް ހޯދަން އުޅޭތާ އެތައް ދުވަހެއް. އެ ބާތުޑޭ ހަދިޔާ އަކަސް އަތުނުޖެހޭ، ޖެހޭނެ ދުވަހެއް ނޭނގޭ،" ފެންކަޅިވެފައި އިން އެ އަންހެން މީހާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާ ސައިކަލަށް ފައިސާ ދެއްކީ ނަގުދު ފައިސާ ކަމަށާއި ނަމަވެސް އެ ލިބޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

"މިއޮތީ ސްލިޕް، ބުނި މިދިޔަ މާޗު މަހު ސައިކަލް ލިބޭނެ ކަމަށް ބުނީ. އެކަމަކު ވެސް ލިބުނު،" ނަސީދު ދައްކާލަމުން ބުންޏެވެ.

ކިންގްސްޓަންގެ އިސް އޮފިޝަލަކު ބުނީ ސައިކަލްތައް ހަވާލުނުކުރެވުނީ ޝިޕްމެންޓު ޑިލޭވެގެން ކަމަށާއި ނުދެވި ހުރި ސައިކަލްތަކުގެ އަދަދު 60 އަށް އަރާނެ ކަމަށެވެ. އެ ތަކެތީގެ ވެރިންނަށް ސައިކަލް ފޯރުކޮށް ދިނުމަށް ނޫނީ ފައިސާ ދޫކުރަން ވިސްނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox