ގެއަށް ބަދަލުކުރަން އެދުނީ ރައީސް މުއިއްޒެއް ނޫން، އެކަމަށް އިހުލާސްތެރި ނިޔަތެއް ވެސް ނެތް: ޔާމީން

ޔާމީން ގެއަށް ބަދަލުކުރި ދުވަހު އެމަނިކުފާނުގެ ފަހަތުގައި އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ވިއްދާފައި. މިނިވަން ކުރުމުގެ ނިތަޔެއް ނެތް ކަމަށް ޔާމީން ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

ޔާމީން ގެއަށް ބަދަލުކުރި ދުވަހު އެމަނިކުފާނުގެ ފަހަތުގައި އޭރުގެ އިންތިހާބީ ރައީސް މުއިއްޒު ވިއްދާފައި. މިނިވަން ކުރުމުގެ ނިތަޔެއް ނެތް ކަމަށް ޔާމީން ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

ސެޕްޓެމްބަރު 30, 2023, ގައި އޮތް ރިޔާސީ އިންތިހާބަށް ފަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް އަދި މިނިވަން ކުރުމަށް ވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

އިންތިހާބު ނިމުނުއިރު ޔާމީން ހުންނެވީ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގަ އެވެ. ނަމަވެސް ޖެހިގެން އައި އޮކްޓޯބަރު އެކެއްގައި އެމަނިކުފާނު ގެއަށް ބަދަލުކުރި އެވެ.

ޔާމީން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސް މުއިއްޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެކަމަށް އެދިވަޑައިގެންފައި ނުވެ އެވެ.

"މުއިއްޒު ވޯޓުން ހޮވިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ދިޔައިރު އެ މީޓިންގައި ތިބީ ހަތަރު މީހުން. މުއިއްޒުއާ އެކީގައި ދިޔައީ އަބްދުއްރަހީމް. އަނެއްކޮޅުން ސޯލިހު އާއި ރައީސް އޮފީހުގެ އިސް ބޭފުޅެއް. އެ މީޓިންގައި ވެސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ, ޔާމީން މިނިވަން ކޮށްދޭށޭ މުއިއްޒުއެއް ނުބުނޭ," ޕީއެންއެފް އޮފީހުގައި ރޭ ޔާމީން ވިދާޅުވި އެވެ.

ޔާމީން މިނިވަން ކުރުމަށް ސޯލިހުގެ އަރިހުން ބައްދަލުވުމުގައި އެދިވަޑައިގެންނެވި ކަމަށް ވަރަށް ގިނަ ޕޯޑިއަމްތަކުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެ ވާހަކަތައް ދޮގު ކުރައްވައި ޔާމީން ވަނީ އެމަނިކުފާނު ރޭ ހިއްސާކުރެއްވީ ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވެގެން ވެރިކަމަށް ހޮވުނު ފަހުން އަޅުގަނޑުމެން ގޭދޮށުގައި މުޒާހަރާ ކުރާ ކުރުން ވެސް ހުއްޓުވާލީ އެހެންވެ. އެއްވެސް ކަހަލަ އިހުލާސްތެރި ނިޔަތެއް ނެތް އަޅުގަނޑު ގެއަށް ބަދަލުކުރާކަށް ވެސް. މި ދެންނެވީ ހޮވުނީމައި އެ ލިބުނު ފުރުސަތުގައި ވެސް ނެތޭ ރިކުއެސްޓް ކޮށްފައެއް ގެއަށް ބަދަލުކުރާކަށް," ޔާމީން ވިދާޅުވި އެވެ.

ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި ކައިރިއަށް ވަޑައިގެން މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭރު ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީން ގެއަށް ބަދަލުކުރުމަށް އެމަނިކުފާނު އަމިއްލައަށް ސޯލިހުއަށް ދެންނެވި އެވެ.

"އަޅުގަނޑުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފަ މިއައީ ދެއްވި ފުރުސަތުގަ. މިކަން ފާހަގަކޮށް އަޅުގަނޑު ދެންނެވިން މިވާހަކަ. މި ގައުމުގެ ރައްޔިތުން ބަސް އިއްވީމާ އެކަމުގެ ހަމަ ގޮތް ނިންމެވީ ކަމަށް ގައުމުގެ މަސްލަހަތު އިސްކުރައްވާފައި،" ޔާމީން ގެއަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ޔާމީންގެ ބައިވެރިވުން ރައީސް މުއިއްޒުގެ ސަރުކާރުގައި އޮންނާނެ ކަމަށް އެ ދުވަހު ބެލެވުނު ނަމަވެސް ވެރިކަމުގެ ހުވާ ކުރައްވައި ރައީސް އާ ސަރުކާރު އެކުލަވާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީއާ ފެއަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox