މާސްކް އަޅައިގެން ކުޅެން އެމްބާޕޭ އަށް ވަރަށް އުނދަގޫ

Jul 1, 2024, 6:12 AM
މާސްކް އަޅައިގެން ކުޅެން އެމްބާޕޭ އަށް ވަރަށް އުނދަގޫ

މިއުނިކް (ޖުލައި 1) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނޭފަތުގެ ކަށިގަނޑަށް ލިބިފައިވާ އަނިޔާއަކާ ހެދި އޮޕަރޭޝަން ކުރެވެންދެން، ކީލިއަން އެމްބާޕޭ، މާސްކެއް އަޅައިގެން ކުޅެން ޖެހިފައިވާއިރު، އެ ގޮތަށް ހުރެ ކުޅެން އުނދަގޫ ކަމަށް އޭނާ ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި، އޮސްޓްރިއާއާ ދެކޮޅަށް، އެމްބާޕޭގެ ނޭފަތު ކަށިގަނޑަށް ލިބުނު އަނިޔާއާ ހެދި އެ މެޗުގައި އޭނާ ބަދަލުކުރި އެވެ. ގިނަ ޓެސްޓްތަކެއް ހެދިއިރު، އެމްބާޕޭގެ ނޭފަތު ކަށިގަނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ކަށަވަރުވި ނަމަވެސް އޭނާ ވަނީ ޔޫރޯ އަށް ފަހު އެކަން ކުރަން ނިންމައިފަ އެވެ.

ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ދެ ވަނަ މެޗުގައި، ނެދަލެންޑްސްއާ ދެކޮޅަށް އެމްބާޕޭ، 25، ބޭނުމެއް ނުކުރެ އެވެ. އެކަމަކު، ފަހު މެޗުގައި އެމްބާޕޭ ވަނީ ޕޮލެންޑާ ދެކޮޅަށް ކުޅެ ލަނޑު ޖަހައިފަ އެވެ.

Advertisement

ފްރާންސް އިން ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބެލްޖިއަމްއާ ބައްދަލުކުރާނެ އެވެ. އެ މެޗުގެ ކުރިން އެމްބާޕޭ ވަނީ މާސްްކް އަޅައިގެން ކުޅެން ޖެހުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"މާސްކް އެއް އަޅައިގެން ކުޅެން ވަރަށް އުނދަގޫ، މި ޖެހެނީ މާސްކް އަވަސް އަވަހަށް ބަދަލުކުރަން. ކޮންމެ ފަަހަރަކު އާ އުނދަގުލެއް ތަހައްމަލުކުރަން އެބަޖެހޭ،" އެމްބާޕޭ ބުންޏެވެ.

"ދެން، އިތުރު ޗޮއިސް އެއް ނެތް. އަޅައިގެން ކުޅެން ޖެހޭ މުއްދަތުގައި އެކަން ކުރަން ޖެހިފައި މި އޮތީ. ކިތަންމެ އުނދަގޫ ވިޔަސް މި ހާލަތުގައި އޮތީ މި ގޮތަށް ކުރިއަށް ދިއުން،"

އެމްބާޕޭ، ކުޅުމަށް އެނބުރި އަންނަން މާސްކެއް އަޅަން ނިންމިއިރު، އޭނާ ބޭނުންކުރަން ފުރަތަމަ ފަރުމާކުރި މާސް އަޅަން ހުއްދަ ނުލިބުނެވެ. ޔުއެފާގެ ގަވާއިދު ބުނާގޮތުން މެޑިކަލް ކަމެއްގައި ކުޅުންތެރިއަކު ބޭނުންކުރާ މާސްކް ފަދަ އެއްޗެއް ހުންނަން ޖެހޭނީ އެއް ކުލައެއްގަ އެވެ. އެކަމަކު، އެމްބާޕޭ މާސްކް ހެދީ ފްރާންސްގެ ދިދައިގެ ތިން ކުލަޔާއި އޭނާގެ ބްރޭންޑް ނަން ހިމަނައިގެންނެވެ. އެ މާސްކް ބޭނުންކުރަން ޔުއެފާ އިން ހުއްދަ ނުދިނުމުން، އެމްބާޕޭ އެޅީ އެއްކޮށް ކަޅު ކުލައިގެ މާސްކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox