ކްރިސްޓިއާނޯ ރޮނާލްޑޯ

Jun 14, 2024, 9:17 AM
ކްރިސްޓިއާނޯ ރޮނާލްޑޯ

ނަން: ކްރިސްޓިއާނޯ ރޮނާލްޑޯ

އުފަން ތާރީހް: 5 ފެބްރުއަރީ 1985 (33)

ޤައުމު: ޕޯޗުގަލް

Advertisement

މަގާމް: ފޯވަޑް

ކްލަބް: އަލް ނަސްރު (ސައުދީ އަރަބިއްޔާ)

ގައުމީ ޓީމަށް ކުޅެން ފެށީ: 2003 ވަނަ އަހަރު

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިނަލްއަޤްވާމީ ކެރިއަރުގައި މި އަހަރުގެ ޔޫރޯ އަކީ 11 ވަނަ މުބާރާތެވެ. އަދި މިއީ އޭނާ ޔޫރޯގައި ކުޅޭ ހަ ވަނަ ފަހަރެވެ.

މިހާރު އުމުރުން 39 އަހަރުވެފައިވާ ރޮނާލްޑޯގެ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެންފެށީ 2003 ވަނަ އަހަރެެވެ. ބައިނަލްއަޤްވާމީ ކެރިއަރުގެ ފުރަތަމަ މުބާރާތަކީ 2004 ވަނަ އަހަރު ޕޯޗުގަލްގައި އޮތް ޔޫރޯ އެވެ. އޭރު ރޮނާލްޑޯގެ އުމުރުން 19 އަހަރެވެ. އެ މުބާރާތުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކުރި ނަމަވެސް، ޕޯޗުގަލް އަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

އޭގެ ފަހުން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 150 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. އަދި ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ ލަނޑު ޖަހައި، ރޮނާލްޑޯ އަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ އަކީ 2008 ވަނަ އަހަރުން ފެށިގެން ޕޯޗުގަލްގެ ކެޕްޓަނެވެ. ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް އިން ވަނީ ދެ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2019 ވަނަ އަހަރު ނޭޝަންސް ލީގުގެ ތައްޓެވެ.

ރޮނާލްޑޯގެ ކްލަބު ކެރިއަރު އޭނާ ފެށީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިންނެވެ. ސްޕޯޓިންގެ ޔޫތު ޓީމުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު މޮޅު ކުޅުމާ އެކު، އުމުރުން 16 އަހަރުގައި އޭނާ އަށް ސްޕޯޓިންގެ ސީނިއާ ޓީމުން ޖާގަ ލިބުނެެެވެ. ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަންގައި ރޮނާލްޑޯ ފުރަތަމަ މެޗު ކުޅުނީީ 2002 ވަނަ އަހަރެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަަސަންގެ ލޮލުގައި ރޮނާލްޑޯ އަޅައިގަތީ 2003 ވަނަ އަހަރު ސްޕޯޓިން އާއި ޔުނައިޓެޑް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. ޔުނައިޓަޑަށް ކުޅުމަށްފަހު ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށްކުޅެފައެވެ. މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށެވެ.

ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯގެ ފަހު ޔޫރޯއަށް މި އަހަރު މުބާރާތްވުމަކީ ގާތްކަމެކެވެ. އެހެންކަމުން މި މުބާރާތުގެ ހާއްސަކަން ރޮނާލްޑޯއަށް ބޮޑުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox