ޕޮލެންޑް

Jun 14, 2024, 10:31 AM
ޕޮލެންޑް

ޕޮލެންޑަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާާރާތުގެ ފަހު ތިން ޖާގައިގެ ތެރެއިން އެއް ޖާގަ ހޯދި ޓީމެވެ. ޕޮލެންޑުން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ފުރުސަތު ހޯދީ ޕްލޭއޮފްގައި ވޭލްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ޕޮލެންޑުން އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 2008 ވަނަ އަހަރު އެވެ.

ޔޫރޯގައި މިހާތަނަށް ޕޮލެންޑްގެ ރެކޯޑަށް ބަލާއިރު، އެ ޓީމު ވާދަކުރި ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި ކެޓީ، ގްރޫޕް ސްޓޭޖުންނެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ކުއާޓާގައި އެ ޓީމު ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އަތުންނެވެ.

ޕޮލެންޑުގެ ކޯޗަކަށް ހުރީ އެ ގައުމުގެ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކުޅެ، 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު، މައިކަލް ޕްރޮބިއާޒް އެވެ. ޕްރޮބިއާޒް، ޕޮލެންޑްގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ޕޯޗުގަލްގެ ކުރީގެ ކޯޗު، ފެނާންޑޯ ސަންޓޯސް ވަކިކުރުމަށް ފަހު އެވެ.

ޕްރޮބިއާޒް ޓީމާ ހަވާލުވެ، މި އަހަރު މާޗް މަހު ކޮލިފައިން ޕްލޭއޮފްގައި ޕޮލެންޑް މޮޅުކޮށްދިނީ ވޭލްސް އަތުން ޕެނަލްޓީގަ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް ހިމެނެނީ، ނެެދަލެންޑްސް އާއި އޮސްޓްރިއާ އަދި ފްރާންސާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުން ޕޮލެންޑަށް ކުރިއަށްދެވެން އޮތީ، ފްރާންސް ނޫނީ ނެދަލެންޑްސް ބަލިކޮށްގެން ނޫނީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ޕޮއިންޓް ހޯދައިގެންނެވެ.

ޕޮލެންޑަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެ ޓީމުގެ އެންމެ ތަފާތު ކުޅުންތެރިއަކީ، ރޮބަޓް ލެވަންޑޯސްކީ އެވެ. ދެން، އެ ޓީމުން ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންނަށް ބަލާއިރު، އާކަންޑިއުޒް މިލިކް އާއި ޕިއޮޓްރޭ ޒިއެލިންސްކީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox