ސްވިމިން އެސޯސިއޭޝަންގެ ރައީސް ކަމަށް ހަތަރު ވަނަ ދައުރަކަށް ސައްތާރު

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ސައްތާރު.--- ފޮޓޯ: އަދަދު

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ސައްތާރު.--- ފޮޓޯ: އަދަދު

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު މިއަދު ކުރިއަށްގެންދިޔައިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެންމެ ފަރާތެއް ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ގޮތުން، މީގެ 12 އަހަރު ކުރިން، އެންމެ ފުރަތަމަ ސްވިމިން ރައީސަކަށް އިންތިހާބުވި، ސައްތާރު، ހަތަރު ވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ، މިއަދުގެ ވޯޓުގައި ބައިވެރިވި، 66 މެމްބަރުންގެ ތެރެއިން 64 ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދިނެވެ.

Advertisement

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސައްތާރު، މި ފަހަރު މަގާމަށް ހޮވިވަޑައިގެންނެވީ، ކުރިން ފަހަރަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލި 96.97 ޕަސެންޓް ވޯޓު ސައްތާރަށް ލިބިވަޑައިގެންނެވި އެވެ.

މިއަދު ބޭއްވި ސްވިމިންގެ އިންތިހާބީ ޖަލްސާގައި ސައްތާރު ވާހަކަ ދައްކަވަނީ،--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސަކަށް އިންތިހާބުވީ، މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ، އިސްމާއިލް އަލީ އެވެ. އޭނާ އަށް ވޯޓުގައި ބައިވެރިވި، 66 މެމްބަރުންގެ ތެރެއިން 63 ވޯޓު ލިބުނެވެ.

ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް އިންތިހާބުވި މެމްބަރުންނަށް ބަލާއިރު، ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް، ފަރުދީ މެމްބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެމްބަރަކަށް މުހައްމަދު ނައްވާރު އިބްރާހިމް، ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރުކަމަށް ހަސަން ސިރާރު އެވެ.

މީގެ އިތުރުން، ކޯޗުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ފިރާސް އަފީފް، އަދި ހަޒާންދާރަކަށް، އަލީ ޝަމީމް ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ދެ ވަނަ ފަހަރަށް ކުރިމަތިލާން ހުޅުވާލައިގެން، ކެންޑިޑެސީ ހުށަހަޅައި، އިންތިހާބުގައި ވާދަކޮށް ކްލަބް ރިޕްރެޒެންޓްކުރާ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ، އަލީފް އަބްދުﷲ ނަސީމް އެވެ.

ހަޒާންދާރަކަށް ޝަމީމް އިންތިހާބުވީ، 66 މެމްބަރުންގެ ތެރެއިން 63 ވޯޓު ހޯދައިގެންނެވެ. ކްލަބް ރިޕްރެޒެންޓްކުރާ މެމްބަރަކަށް އަލީފް އިންތިހާބުވީ، ވޯޓުގައި ބައިވެރިވި ހަތަރު މެމްބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.

ސްވިިމިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް އިންތިހާބުވި މެމްބަރުން: ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރު، ސިރާރު މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވީ، މުބާރާތެއްގެ މަސައްކަތުގައި ރަށުންބޭރުގައި ހުންނެވުމުން ކަމަށް، އެސޯސިއޭޝަނުން ވަނީ މައުލޫމާތުދީފައި.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ކޯޗުންގެ ރިޕްރެޒެންޓްކުރާ ފަރާތަކަށް، ފިރާސް އިންތިހާބުވީ، 14 މެމްބަރުންގެ ތެރެއިން 13 ވޯޓު ހޯދައިގެންނެވެ. ޓެކްނިކަލް އޮފިޝަލުން ރިޕްރެޒެންޓްކުރާ މެމްބަރަކަށް ސިރާރު ހޮވުނީ، ވޯޓުލި 13 މެމްބަރުންގެ ވެސް ތާއީދާ އެކުގަ އެވެ.

ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރަކަށް ރަހީމާ އިންތިހާބުވީ، 62 މެމްބަރުންގެ ތެރެއިން 60 ވޯޓު ހޯދައިގެންނެވެ. އަދި ފަރުދީ މެމްބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެމްބަރަކަށް ނައްވާރު އިންތިހާބުވީ، 62 މެމްބަރުންގެ ތެރެއިން 59 ވޯޓު ހޯދައިގެންނެވެ.

އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ ހަތަރު އަހަރުގެ ދައުރު ފަށާނީ އަންނަ މަހުގެ 25 އިން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox