ފަންނުވެރިންގެ ޝަކުވާ؛ ހިލޭ ސާބަހަށް ފަންނުވެރިންގެ މަސައްކަތްތައް ދެއްކުން ހުއްޓާލަންޖެހޭ

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމް. އޭނާގެ އިތުރުން ވެސް ބައެއް އެހެން ފަންނާނުން ވަނީ އެމީހުންގެ އުފެއްދުންތައް އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމް. އޭނާގެ އިތުރުން ވެސް ބައެއް އެހެން ފަންނާނުން ވަނީ އެމީހުންގެ އުފެއްދުންތައް އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް ބޭނުން ކުރާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ފަންނުވެރިންނަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް އެމީހުންގެ އުފެއްދުންތައް ޓީވީތަކާއި ރޭޑިއޯއިން ބޭނުންކުރުން ނިމުމަކަށް ގެނެސް، ފަންނުވެރިންނަށް ރޯޔަލްޓީއެއް [ބޭނުންކުރާ ކޮންމެ ފަހަރަކަށް ކޮންމެވެސް މިންވަރެއްގެ އަގެއް] ލިބޭ ގޮތަށް އުސޫލު ބަދަލު ކުރަން ފަންނުވެރިން ގޮވާލައިފި އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލްމީޑިއާގައި ފުރަތަމަ ހިޔާލު ފާޅުކުރީ މޯލްޑިވިއަން އައިޑޯލްއިން މަޝްހޫރުކަން ހޯދި ޒުވާން ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމް އެވެ. އޭނާގެ ފޭސްބުކް ޕޯސްޓުގައި ގޮވާލައިފައި ވަނީ ހިލޭ ސާބަހަށް ފަންނުވެރީންގެ މަސައްކަތްތައް ދައްކާދެއްކުން ނިމުމަކަށް ގެންނަންވެއްޖެ ކަމަށެވެ.

"ޓީވީ އަދި ރޭޑިއޯއިން އަޅުގަނޑުމެން ފަންނުވެރީން ހަދާފައި ހުންނަ އޯޑިއޯ ވީޑިއޯ ކޮންމެ ޕްލޭއަކަށް 5ރ. [ނުވަތަ އެ ކަނޑައެޅިފައި އޮންނަ އަގެއް] އިނގިރޭސި ބަހުން ނަމަ [ރޯޔަލްޓީ] ނަގަން އެބަޖެހޭ. އަދި އެހެނިހެން ކޮމާޝަލް ބޭނުމަށް ބޭނުން ކުރާ ނަމަވެސް ރޯޔަލްޓީ ލިބެންޖެހޭ،" ޝަލަބީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

Advertisement

ދިވެހި އެހެން ފަންނާނުން ވެސް ޝެއާކޮށްފައިވާ އެ ޕޯސްޓުގައި ޝަލަބީ ލިޔެފައި ވަނީ ސަރުކާރުތައް ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް ފަންނުވެރިންގެ އުފެއްދުންތައް ބޭނުން ކުރާއިރު، އެމީހުންނަަށް މަންފާއެއް ނުކުރާނަމަ ފަންނުވެރީން ކުރި ނާރާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަންނުވެރިންގެ އުފެއްދުންތައް ޓީވީ ޗެނެލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ބޭނުން ކުރާއިރު ފަންނުވެރިންނަށް އޭގެން މަންފާ ކުރާ ކަމަށެވެ.

"ހިލޭ ސާބަހަށް ފަންނުވެރީންގެ މަސައްކަތްތައް ދައްކާދެއްކުން ނިމުމަަށް ގެންނަންވެއްޖެ،" ޝަލަބީ ލިޔެފައިވެ އެވެ.

ފަންނުވެރިންގެ އުފެއްދުންތައް ބޭނުން ކުރާއިރު، އެމީހުންނަށް އެއްވެސް ވަރެއްގެ މަންފާއެއް ނުވާކަމުގެ ޝަކުވާއަކީ މީގެ ކުރިން ވެސް ފަންނުވެރިން ކުރާ ޝަކުވާ އެކެވެ. ނަމަވެސް އެކަމަށް ފާއިތުވި ދުވަސްތަކުގައި އެއްވެސް ވަރެއްގެ ހައްލެއް ގެނެވިފައެއް ނުވެ އެވެ.

ރާއްޖޭގައި ކޮޕީރައިޓުގެ ގާނޫނެއް މިހާރު ވެސް އޮވެ އެވެ. އެއީ 2010 ގައި ފާސްކުރި އެ ގާނޫނުގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތް ކޮށްދިނުމާއި އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެ ނަމަ ކަނޑައަޅާނެ އަދަބުތައް ހިމަނައިފައިވެ އެވެ.

ރާއްޖޭގެ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުޗާޓެއް އެކުލަވައިލައްވައިފަ އެވެ. އެ މަގުޗާޓުގެ ދަށުން ކޮޕީރައިޓު ގާނޫނު އިސްލާހު ކުރުމަކީ މި ސަރުކާރުން ފުރަތަަމަ 14 ހަފުތާގެ ތެރޭގައި ފުރިހަމަ ކުރަން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮޕީރައިޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވައިލުމުގެ މަސައްކަތަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވެރިކަމާ ހަވާލުވިތާ 10 ވަނައަށް ވީ ދުވަހު އިކޮނޮމިކް މިނިސްޓަރީން ހުޅުވައި ވެސްލި އެވެ. އެއަށްފަހު އެކަމުގެ އެއްވެސް ހަބަރެއް ނުވެ އެވެ.

ދެހާހުގެ ކުރީކޮޅު ފަންނުވެރިންގެ ތެރެއިން ހާއްސަކޮށް ލަވަކިޔާ މީހުންނާއި މިއުޒިކު ހަދާ މީހުންގެ އުފެއްދުންތަކަށް ފައިސާ ހޯދަމުންދިޔައީ ކެސެޓު ރޯލު ވިއްކައިގެންނެވެ. ނަމަވެސް ރާއްޖެއަށް އިންޓަނެޓު ތައާރަފުވެ، ކެސެޓު، ސީޑީއަށް ބަދަލުވުމާއެކު މަޑުމަޑުން އެ މާކެޓު ގެއްލި، ފަންނުވެރިންނަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެގެންދިޔަ އެވެ.

ޒަމާނާއެކު އާމްދަނީ ލިބޭ ދޮރުތައް ބަންދުވަމުން އައިސް މިހާރު ފަންނުވެރިންނަށް އާމްދަނީއެއް ލިބޭ ހަމައެކަނި މަގަކަށްވެފައި އޮންނަނީ ތަނެއްގައި މިއުޒިކު ހުށަހަޅައިދީގެންނެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމުގައި ވީނަމަވެސް އެކަށީގެންވާ މިންވަރަށް ދިވެހި ފަންނާނުންނަށް އެތަންތަނުން ފުރުސަތު ނުލިބޭކަމުގެ ޝަކުވާ ވެސް ބޮޑެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކަށް މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ބޭރުން ގެންނަ މައްސަލަ ބޮޑުވެގެން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކަން މަނާ ވެސް ކުރި އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރިސޯޓަކުން އެ ނިންމުމަށް ބޮލެއް ނުލަނބަ އެވެ.

އެކަމާ ގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް އެ ކަންބޮޑުވުމަށް ބެލުމެއް ނެތި ބައެއް ރިސޯޓުތަކުގައި މިހާރު ވެސް ދަނީ އިން-ހައުސްކޮށް ބޭރު މިއުޒިޝަނުން އަގުހެޔޮކޮށް ބައިތިއްބައިގެން ހިދުމަތް ދެމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox