ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވައިފި

ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތަށް ހޮވުން -- ފޮޓޯ: ހޮޓެލް އޭޝިއާ

ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތަށް ހޮވުން -- ފޮޓޯ: ހޮޓެލް އޭޝިއާ

ހޮޓެލް އޭޝިއާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި، ކަލިނަރީ ޗެލެންޖުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އެވޯޑު ދީފި އެވެ.

ކަލިނަރީ ޗެލެންޖުގައި ޖުމްލަ 25 މުބާރާތެއް ހިމެނުނުއިރު، އެއްވަނައާއި ދެވަނަ އަދި ތިންވަނަ ވެސް ވަނީ ހޮވާފަ އެވެ.

މުބާރާތުގައި އެންމެ ގިނައިން ވަނަވަނައަށް ގޮސްފައި ވަނީ ސްރީލަންކާ އަދި އިންޑިއާ ޝެފުންނެވެ. އަދި ބައެއް ވަނަތަކަށް ރާއްޖެއާއި ނޭޕާލް އަދި ބަންގްލަދޭޝްގެ ޝެފުން ވެސް ގޮސްފައިވެ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ތިންވަނަ ޒުވާން ޝެފުކަން އެމްއެންޔޫގެ ފާތިމަތު ޒުމްޔާއަށް ލިބުނުއިރު، އޭނާއަށް ވަނީ އެންމެ އުންމީދީ ރާއްޖޭގެ ޝެފުކަން ވެސް ލިބިފަ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ޝެފަކަށް ހޮވުނީ ލަކްސްގެ ބަރުން ކުމާރު އެވެ. އަދި އެންމެ މޮޅު ޕޭސްޓްރީ ޝެފަކަށް ހޮވުނީ ހުވަފެންފުށީގެ ކަސުން މަދުޝަންކާ އެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތަށް ހޮވުން -- ފޮޓޯ: ހޮޓެލް އޭޝިއާ
ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތަށް ހޮވުން -- ފޮޓޯ: ހޮޓެލް އޭޝިއާ

ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް ދިޔަ ފަރާތްތަށް ހޮވުން -- ފޮޓޯ: ހޮޓެލް އޭޝިއާ

މުބާރާތުގެ އެންމެ މޮޅު ކަލިނަރީ އެސްޓަބްލިޝްމަންޓް "އަލަން ޕާމާ ޗެލެންޖް ޓްރޮފީ" ލިބުނީ ވެލައްސަރު މޯލްޑިވްސްއަށެވެ. އަދި ބެސްޓް އާޓިސްޓް އެވޯޑު ލިބުނީ ރީތި ބީޗުގެ ސިސިރާ ކުމާރާއަށެވެ.

މުބާރާތުގައި ކެޓަގަރީތަކުގެ ތެރެއިން ރާއްޖެއަށް އެއްވަނަ ލިބުނީ ލޯވް ވޭސްޓް ކެޓަގަރީއިން އިސްމާއިލް ތަހުސީންއަށެވެ. އޭނާއަށް ވަނީ މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ޝެފްގެ އެވޯޑު ވެސް ލިބިފަ އެވެ.

މުބާރާތުގައި ރާއްޖޭގެ ހޮޓް ކުކިން - ޕޯލްޓްރީ މުބާރާތުން ވަލްޑޯފް އެސްޓޯރިއާގައި މަސައްކަތްކުރާ ރާއްޖޭގެ މުހައްމަދު މުއާޒް ވަނީ ދެވަނަ ހޯދާފަ އެވެ. އަދި ޑެޒާޓްސް މުބާރާތުގެ ތިންވަނަ ފޯ ސީޒަން ކުޑަހުރާގެ އަލީ ސަމާއު ސައީދު ވަނީ ހޯދާފަ އެވެ.

މީގެއިތުރުން ޓީމް ޗެލެންޖުގައި ވޯލްޑަފް އެސްޓޯރިއާ ޓީމުގައި ހިމެނުނު މުއާޒުގެ ޓީމުން ވަނީ އެ އިވެންޓުން ދެވަނަ ހޯދާފަ އެވެ. އަދި މޯލްޑިވިއަން ޑިޝް މުބާރާތުގައި ރާއްޖޭގެ އިސްމާއިލް ތަހުސީން ވަނީ ތިންވަނަ ހޯދާފަ އެވެ.

އެބައިން އެއްވަނަ ހޯދީ ލަންކާގެ ޝެފެއް ކަމަށްވާއިރު، ދެވަނަ ހޯދީ ބަންގްލަދޭޝް ޝެފެކެވެ.

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox