ސްވިމިން އެސޯސިއޭޝަންގެ ރައީސަކަށް ކުރިމަތިލެއްވީ ސައްތާރު އެކަނި

May 13, 2024, 9:20 AM
ސްވިމިން އެސޯސިއޭޝަންގެ ރައީސަކަށް ކުރިމަތިލެއްވީ ސައްތާރު އެކަނި

އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު، ރައީސަކަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެކަނި ކަމަށް ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

މިދިޔަ ތިން ދައުރުގައި ވެސް ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވި ސައްތާރު، އެންމެ ފަހުން، 2020 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ ހަމައެކަނި ކެންޑިޑޭޓުގެ ހައިސިއްޔަތުން، ނެގި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

Advertisement

ސްވިިމިން އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު 13:00 އަށް ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ.

އެ ގޮތުން، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ވެސް ރައީސް، ސައްތާރު ކުރިމަތިލެއްވިއިރު، ނައިބު ރައީސަކަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމު ފުރުއްވަމުން އަންނަ، އިސްމާއިލް އަލީ އެވެ.

ދެން ހުޅުވާލި މަގާމުތަކަށް ބަލާއިރު، ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް ކުރިމަތިލެއްވިއިރު، ފަރުދީ މެމްބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެމްބަރަކަށް ނަން ހުށަހެޅީ މުހައްމަދު ނައްވާރު އިބްރާހިމް އެވެ. ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރުކަމަށް ކުރިމަތިލީ، ހަސަން ސިރާރު އެވެ. އަދި ކޯޗުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ފިރާސް އަފީފް ކުރިމަތިލެއްވިއިރު، ހަޒާންދާރަކަށް ކުރިމަތިލީ، އަލީ ޝަމީމް އެވެ.

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި ކުލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރުމަށް އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައިނުވެ އެވެ. އެހެންވެ، ސްވިމިން އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޯޑުގެ 2 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފޯމު ހުށަހެޅުމުގެ ދެ ވަނަ ފުރުސަތު، މާދަމާ އިން ފެށިގެން ހުޅުވާލާނެ އެވެ. އަދި އެ ފުރުސަތުގެ ސުންގަނޑި ހަމަވާނީ، މި މަހު 16 ވަނަ ދުވަހު، 13:00 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox